Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާކުރުން

މާސްކު ނާޅާ އުޅުނު 4 މީހެއް ޖޫރިމަނާކޮށްފި

116 މީހަކަށް ނަސޭހަތްތެރިވެފައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 1 އޯގަސްޓު 2020 | ހޮނިހިރު 21:16
މާލެ ލޮކްޑައުން ކުރިއިރު މަގުމަތީގައި މަނާ ވަގުތުތަކުގައި ހަރަކާތްތެރިވާ މީހުން ބަލާ ފުލުހުން ނަން ނޯޓް ކުރަނީ

މާލެ ލޮކްޑައުން ކުރިއިރު މަގުމަތީގައި މަނާ ވަގުތުތަކުގައި ހަރަކާތްތެރިވާ މީހުން ބަލާ ފުލުހުން ނަން ނޯޓް ކުރަނީ

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް ފާއިތުވި ދެ ހަފްތާ ތެރޭގައި އިތުރުވަމުންދާތީ އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރު ކަމަށް ނިންމާފައިވާއިރު، މާސްކު ނާޅާ އުޅުނު 4 މީހެއް ޖޫރިމަނާކޮށްފައިވާ ކަމަށް އެޗްއީއޯސީން ހާމަކޮށްފިއެވެ.

މަގުމަތީގައި އުޅޭ ފަރާތްތައް މާސްކު އަޅައިގެން އުޅޭތޯ ކަށަވަރުކުރުމަށް ފުލުހުން މަސައްކަތްކުރާއިރު، ހޮނިހިރު ދުވަހަކީ މިކަން ތަންފީޒުކުރި ފުރަތަމަ ދުވަހުއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ހޮނިހިރު ދުވަހުގެ މެންދުރު 1 ން ރޭގަނޑު 9 އަކަށް 116 މީހަކަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި 4 މީހަކު ޖޫރިމަނާވެސް ކޮށްފައިވާ ކަމަށެވެ. އާންމު ތަންތަނުގައި މާސްކް ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޑރ. ނަޒްލާ ވަނީ މާސްކު އެޅުމުގެ އިތުރުން، އެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތަތަކަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން، ގައިދުރުކަން ބެހެއްޓުމަށާއި، ދެ އަތް ސާފުކޮށް ބެހެއްޓުމަށާއި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ފްލޫ ކްލިނިކަށް ދިއުމަށް އިލްތިމާސްކުރެއްވިއެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރާ މީހުން، ހުން އައިސް ނޭވާލާން އުނދަގޫވާނަމަ އަވަހަށް ފްލޫކްލިނިކަށް ދެއްކުމަކީ މުހިއްމުކަމެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު