Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުވެންޓަސްގެ ޒުވާން ޓީމާ ޕިރްލޯ ހަވާލުވުން

ޕްރިމިއާ ލީގާއި އިޓާލިއަން ލީގުން ހުށަހެޅުންތަކެއް ލިބުނު: ޕިރްލޯ

ޕިރްލޯ ވަނީ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމާ ހަވާލުވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2020 | ހޮނިހިރު 08:17
ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އަންދްރޭ ޕިރްލޯ

ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އަންދްރޭ ޕިރްލޯ

އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކްލަބުތަކުން ހުށަހެޅުންތަކެއް ލިބުނު ކަމަށް ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އަންދްރޭ ޕިރްލޯ ބުނެފިއެވެ.

ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ޕިރްލޯ ހަވާލުވިއިރު، މިއީ 2017 ވަނަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި ޔުވެންޓަސްގެ ކުރީގެ ކެޕްޓަން ޕިރްލޯ ކޯޗެއްގެ ގޮތުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޕިރްލޯ ވަނީ ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ރަސްމީކޮށް ހަވާލުވެފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕިރްލޯ ބުނީ ޕްރިމިއާ ލީގާއި އިޓާލިއަން ލީގުގެ ބައެއް ކްލަބުތަކުން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅުންތަކެއް ލިބުނު ކަމަށާއި، އެކަމަކު ޔުވެންޓަސްގެ ޒުވާން ޓީމާ ހަވާލުވުމަށް ނިންމީ، މި ޓީމަކީ އޭނާގެ ކޯޗިންގ ކެރިއަރު ފަށަން އެންމެ ރަނގަޅު ޓީމު ކަމަށް ދެކޭތީ ކަމަށެވެ. އަދި ކޯޗިންގ ކެރިއަރު އަލަށް ފަށާއިރު، އޭނާއަށް މިހާތަނަށް ބައެއް ތަޖުރިބާކާރު ކޯޗުންގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި، އުންމީދަކީ ޔުވެންޓަސްގެ ޒުވާން ޓީމާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުން ކަމަށްވެސް ޕިރްލޯ ބުންޏެވެ.

ޔުވެންޓަސްގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުގެ މަގާމާ ޕިރްލޯ ހަވާލުވީ އެޓީމުގެ ކޯޗު ފަބިއޯ ޕެކިއާ މަގާމު ދޫކޮށްލުމާ ގުޅިގެންނެވެ. ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލުމުގެ ކުރިން ޕެކިއާގެ ކޯޗުކަމުގައި ޔުވެންޓަސްގެ ޒުވާން ޓީމުން ވަނީ އިޓަލީގެ ތިންވަނަ ޑިވިޝަންގެ ކަޕް މުބާރާތް ކާމިޔާބުކޮށްފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރު ކަމަށްވާ ޕިރްލޯ 22 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލީ 2017 ވަނަ އަހަރުއެވެ.

އިޓަލީގެ 21 އަހަރުން ދަށުގެ ޓީމާ އެކު 2000 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޕިރްލޯ ވަނީ އިޓަލީން 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔަބުކުރިއިރު މޮޅު ކުޅުމެއް ދައްކާއެވެ.

އިންޓަ މިލާނާއި، އޭސީ މިލާންގެ އިތުރުން ޔުވެންޓަސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕިރްލޯ ވަނީ ކްލަބު ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް އެއްވަނައިގައި ޗެލްސީ އަށް 13 ޕޮއިންޓްގެ ލީޑެއް

04 ފެބުރުއަރީ 2017
އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ޗެމްޕިއަންސް ލީގުން ބެންގްލޫރް އެފްސީ އަށް ފުރުސަތު ގެއްލިއްޖެ

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު