Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލޭގައި ބިދޭސީން ކުރި މުޒާހަރާ

އައިލެންޑް އެކްސްޕަރޓް މައްސަލައިގައި ހިމެނޭ ބިދޭސީން ޑީޕޯޓްކޮށްލައިފި ކަމަށް ތުހުމަތުކޮށްފި

ކުންފުނީގެ ފަރާތުން އެނާއަށް ލިބެންޖެހޭ 44000 ރުފިޔާ ހުންނާނެ ކަމަށް ބަޔާނުގައިވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 31 ޖުލައި 2020 | ހުކުރު 13:35
ހަމަ ނުޖެހުން ހިންގި ބައެއް ބިދޭސީން

ހަމަ ނުޖެހުން ހިންގި ބައެއް ބިދޭސީން

އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޑެޓް ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް މުޒާހަރާކޮށް، ފުލުހުންނާ ކުރިމަތިލައި، ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ރޮނީގެ ގާނޫނީ ވަކީލްގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ 14 ޖުލައި 2020 ގައި އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވުނު އޮންލައިން މަޖްލީސްގައި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވުނު ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓާފައި ހުރީ ދޫނިދޫ ޑިޓެންޝަން ސެންޓަރގައެވެ.

Advertisement - newsAdvertisement

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޭނާގެ މުވައްލިކް (އެމްޑީ ރޮނީ) ގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް އޭނާ ފުރަތަމަ ރާއްޖެ އައުމަށްފަހުވެސް މަސައްކަތް ކުރީ އައިލެންޑް އެކްސްޕަރޓްގައެވެ. އަދި އޭނާ އަތުން ފައިސާ ނެގިކަމަށާއި ކުންފުނީގެ ފަރާތުން އެނާއަށް ލިބެންޖެހޭ 44000ރ. އާއި ނުލިބިވާ މަސްމަހުގެ މުސާރަ ހުންނާނެ ކަމަށާއި، ހަމަ އެހެން މީހުންނަށް ވެސް މިގޮތަށް ލިބެންޖެހޭ ފައިސާ އެ ކުންފުނީގައި ހުންނާނެ ކަމަށެވެ.

ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ވަނީ މިގޮތަށް ކަންތައްތައް އޮތުމާއި އެކު ކަމާބެހޭ މުއައްސަސާތަކަށް ހުށައެޅުމަށް ޕަވަރ އޮފް އެޓަރނީ ތައްޔާރުކޮށް މުވައްކިލު ލައްވާ ސޮއިކުރުމަށްޓަކައި އޭނާއާ ބައްދަލުކުރުމަށް ޖުލައި މަހުގެ 27 ވަނަ ދުވަހު ފުލުހަށް ހުށައެޅި ކަމަށެވެ. ނަމަވެސް، 25 ޖުލައިގައި އެމްޑީ ރޮނީ އިމިގްރޭޝަންއާއި ހަވާލުކޮށްފައިވާކަމަށް އެ ދުވަހު ކަސްޓޯޑިއަލްގެ ފަރާތުން މައުލޫމާތު ދިން ކަމަށެވެ. އަދި އޭނާ އިމިގްރޭޝަންއާއި ހަވާލުކޮށްފައިވަނީ ގާނޫނީ ވަކީލަށް އެނގުމެއް ނެތި ކަމަށާއި މިކަމުން ބެލެވެނީ ހައްޔަރުކުރެވުނު 40 މީހުންވެސް ޑީޕޯޓުކޮށްލަން އުޅޭ ކަމަށެވެ.

މި މައުލޫމާތު ލިބުމައި އެކު މުވައްކިލްއާ ބައްދަލުކުރުމަށް އެކި ގޮތް ގޮތުން މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށް ވިދާޅުވެ، ބަޔާނުގައި ވަނީ މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށައެޅުމުން، މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެފަރާތަތއް އިމިގްރޭޝަންއާއި ހަވާލު ކުޔރި ކަމެއް ނުވަތަ ޑީޕޯޓުކުރިކަމެއް ޔަގީންކަމާއި އެކު ބުނަން ނޭނގޭ ކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް ކުރި މަސައްކަތުން މި މައްސަލައިގައި ބަންދުކުރެވުނު މީހުން ޑީޕޯޓުކޮށްފައިވާކަން ސާފުވެފައިވާކަން ފާހަގަކޮށް ގަނޫނީ ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

13 ޖުލައިގައި ހުޅުމާލޭގައި ބިދޭސީންތަކެއް ކުރި މުޒާހަރަ ހަމަނުޖެހުމަކަށް ބަދަލުވެ ގަލާއި އެހެނިހެން އެއްޗެހި އުކުމުގެ ތެރޭގައި ބައެއް ފުލުހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން ފުލުހުންގެ ވެހިކަލްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވެއެވެ. އަދި އެ ސަރަހައްދުގައި ހުރ ފިހާރައެއްގެ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައިވެއެވެ.މުޒާހަރާ ކުރި ބިދޭސީން ގޮވަމުން ދިޔައީ އެމީހުންގެ މުސާރަ ދިނުމަށާއި، އަނބުރާ ގައުމަށް ފޮނުވައިދިނުމަށެވެ. މުޒާހަރާގެ ބައިވެރިން ހިފައިގެން ތިބި ބޯޑުތަކުގައި ފަސް މަސް ވަންދެން މުސާރަ ނުދޭ ކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު