Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް19-އިންޑިއާ

އިންޑިއާ އަށް އެތެރެވާ އެންމެން 14 ދުވަހު ކަރަންޓީން ވުން މަޖުބޫރު ކުރަނީ

ފުރަތަމަ 7 ދުވަހު ހުންނަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި، ޚަރަދު ކުރަންޖެހޭނީ އަމިއްލަ އަށް

ރާއްޖެ އެމްވީ | 31 ޖުލައި 2020 | ހުކުރު 08:34
ދިއްލީގެ އިންދިރާގާނދީ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރުން ހަރަކާތްތެރި ވަނީ..

ދިއްލީގެ އިންދިރާގާނދީ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފަސިންޖަރުން ހަރަކާތްތެރި ވަނީ..

އިންޑިއާ އަށް އެތެރެވާ ކޮންމެ މީހަކު 14 ދުވަހުގެ މުއްދަތައް ކަރަންޓީން ވުން މަޖުބޫރު ކުރުމަށް އިންޑިއާ އިން ނިންމައިފިއެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނެފައިވަނީ، އިންޑިއާ އަށް ދަތުރު ކުރުމަށް ފްލައިޓަށް އެރުމުގެ ކުރިން، ކޮންމެ ފަސިންޖަރަކުވެސް އިންޑިއާ އަށް އައުމާ އެކު 14 ދުވަހުގެ މުއްދަތައް ކަރަންޓީން ވުމަށް އެއްބަސްވާން ޖެހޭނެ ކަމުގައެވެ.

މި 14 ދުވަހުގެ ތެރޭން ފުރަތަމަ ހަތް ދުވަހު ހުންނަން ޖެހޭނީ އިންޑިއާ ސަރުކާރުން ކަނޑައަޅާ ތަނެއް ގައެވެ. މި ގޮތުން ހުންނަ ހުރުމުގައި ޚަރަދު ހަމަ ޖައްސަން ޖެހޭނީ ފަސިންޖަރަކު އަމިއްލަ އަށް ކަމަށް ވެސް ބުނެފައިވެއެވެ.

ދެވަނަ ހަފްތާގައި އެމީހަކު އެދޭ ތަނެއްގައި ކަރަންޓީންގެ ބާކީ މުއްދަތު ހަމަ ކުރާގޮތައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މުއްދަތުގެ ތެރޭގައި އެމީހަކު އަމިއްލަ އަށް ސިއްހީ ހާލަތު މޮނިޓަރކުރަން ޖެހޭނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މި އުސޫލު މިހެން އޮތް ނަމަވެސް ވަރަށް ޚާއްސަ ހާލަތެއްގައި މުޅި ސާދަ ދުވަސް ހޯމް ކަރަންޓީނަށް ދޫކުރެވިދާނެ ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވެއެވެ. ނަމަވެސް މި ގޮތައް ދޫކުރާ މީހުން އުޅޭ ނޫޅޭ ގޮތް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ޚާއްސަ އެޕްލިކޭޝަނެއް ކަމަށްވާ "އަރޮގްޔާ ސެޓޫ" ޑައުންލޯޑް ކުރަން ޖެހޭނެއެވެ.

އޮގަސްޓް 1 ގައި އިންޑިއާގެ ވައިގެ ބަނދަރުތައް ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުމަށް ތައްޔާރުވަމުން ދިއުމާއެކު އެ ތާރީޚުގެ ފަހުން ގިނަ އަދަދެއްގެ ބަޔަކު އެކި ގައުމުތަކުން އިންޑިއާ އަށް ދަތުރު ކުރާނެ ކަމަށް ވަނީ ބެލިފައެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރެފައިވާ ގަވައިދުގައިވާ ގޮތުން އިންޑިއާ އަށް އަންނަ ކޮންމެ ފަސިންޖަރެއްގެ ފިނިހޫނު މިން އެއަރޕޯޓުތަކުން ބަލަމުން ދާނެއެވެ. ކޮވިޑް ބަލީގެ ނިޝާނެއް ފެނިއްޖެނަމަ އެމީހަކު ވަގުތުން އެކަހެރިކޮށް ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން ޖެހޭ ގޮތައް ސިވިލް އޭވިއޭޝަނުން ނެރުނު ގަވައިދުގައި ވަނީ ކަނޑައަޅާފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

28 ޖެނުއަރީ 2017
އިންޑިއާގައި ގެރި ކަތިލުން މަނާ ކުރާ ޕެޓިޝަން ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު