ކ. މާލެ
|
31 ޖުލައި 2020 | ހުކުރު 11:08
ޓެކްސަސްގެ މެޑިކަލް ސެންޓަރެއްގައި ސިއްހީ ޚިދުމަތްތެރިން ހަރަކާތްތެރި ވަނީ
ޓެކްސަސްގެ މެޑިކަލް ސެންޓަރެއްގައި ސިއްހީ ޚިދުމަތްތެރިން ހަރަކާތްތެރި ވަނީ
ރޮއިޓަރސް
ކޮވިޑް19-އެމެރިކާގެ ހާލަތު
އެމެރިކާއިން 24 ގަޑީއިރު ތެރޭގައި ކޮވިޑް ބަލީގެ 1،379 މަރު
 
ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު 151,826ށް

ފާއިތުވި 24 ގަޑީއިރުގެ ތެރޭގައި ކޮވިޑް ބަލި ޖެހިގެން އެމެރިކާގައި 1,379 މީހުން މަރުވެއްޖެ ކަމަށް ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ރެކޯޑްތަކުން ހާމަވެއްޖެއެވެ.

މި އަދަދާ އެކު ފާއިތުވި 3 ދުވަހު، ކޮންމެ ދުވަހަކު އެމެރިކާގައި 1,200 މީހުންނަށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާކަން ވަނީ ރެކޯޑް ކުރެވިފައެވެ.

މިހާރު ބަލި ފެތުރުން އެންމެ ބޮޑު ވެފައިވާ ފްލޮރިޑާ އިން އެކަނިވެސް ބުރާސްފަތި ދުވަހު 253 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ.

ކޮވިޑް ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 151,826 (އެއް ލައްކަ ފަންސާސް އެއް ހާސް އަށް ސަތޭކަ ސައްބީސް)ށް ވަނީ އަރާފައެވެ. މިއާ އެކު މިހާތަނަށް މި ބަލީގައި އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އެމެރިކާ ވަނީ ވެފައެވެ.

ބުރާސްފަތި ދުވަހު އެކަނި އެމެރިކާގައި 72238 މީހުންނަށް ކޮވިޑް ޖެހުނު ކަމަށް ރަސްމީ ގޮތުން ރެޖިސްޓަރ ކުރެވިފައިވެއެވެ.

އެމެރިކާގައި ބަލި ފެތުރެން ފެށިފަހުން މަދުވެގެން 4.5 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ފެންނަ އިރު 1.4 މިލިއަން މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް