Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުން

މާސްކް އެޅުން މަޖުބޫރުކުރަން ޖެހިދާނެ: މިނިސްޓަރ އަމީން

މާސްކް އެޅުން މަޖުބޫރު ކުރަން މިހާރުވެސް ވިސްނަވަމުން ގެންދަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖުލައި 2020 | ބުދަ 18:02
ހެލްތް މިނިސްޓަރ އަމީން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމަށް އިންޓަރވިއު ދެއްވަނީ

ހެލްތް މިނިސްޓަރ އަމީން ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމަށް އިންޓަރވިއު ދެއްވަނީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުން މަޖުބޫރުކުރަން ޖެހިދާނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މާސްކް އެޅުން މަޖުބޫރު ނުކުރެވޭނެ ސަބަބެއް މިވަގުތު ނެތް ކަމަށާއި، މާސްކް އެޅުން މަޖުބޫރު ކުރަން މިހާރުވެސް ވިސްނަވަމުން ގެންދަވާ ކަމަށެވެ. އަދި މާސްކް އެޅުމަށް މިހާރުވެސް ގައިޑްލައިންތަކެއް އެކަށަ އެޅިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، މާސްކް އެޅުން މަޖުބޫރު ކުރަން ނުޖެހޭ ޙާލަތެއް މިވަގުތު އޮތް ކަމަށް އަމިއްލަފުޅަށްވެސް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައްވެސް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރޮގްރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ދެވަނަ ވޭވްއަކަށް ތައްޔާރުވުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެވަނަ ވޭވްއަކަށް ތައްޔާރުވާއިރުވެސް ބަލަނީ ވަކި "އިންޑިކޭޓަރސް" ތަކަކަށް ކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ހޮސްޕިޓަލުގައި އެޑްމިޓް ކުރެވޭ މިންވަރާއި، ފަރުވާދޭ މިންވަރަށް ބަލައިގެން އެކަން ދުރާލާ ދެނެގަނެވިދާނެ ކަމަށެވެ. އަދި ދެވަނަ ވޭވްއަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެ އިންޑިކޭޓަރސްތަކަށް ބެލުމަށްފަހު އަޅުއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު