Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ހައްޖު 1441

ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޙައްޖުގައި އުއްމަތާ މުޚާޠަބު ކުރައްވައި ވަރަށް ފުރިހަމަ އަސަރުން ފުރިގެންވާ ޚުޠުބާއެއް ދެއްވި

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 29 ޖުލައި 2020 | ބުދަ 17:17
1953 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިއަ ހައްޖާޖީން  - ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޙައްޖުގައި އުއްމަތާ މުޚާޠަބު ކުރައްވައި އަސަރުން ފުރިގެންވާ ޚުޠުބާއެއް ދެއްވި

1953 ގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ދިއަ ހައްޖާޖީން - ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޙައްޖުގައި އުއްމަތާ މުޚާޠަބު ކުރައްވައި އަސަރުން ފުރިގެންވާ ޚުޠުބާއެއް ދެއްވި

ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ޙައްޖުގައި އުއްމަތާ މުޚާޠަބު ކުރައްވައި ވަރަށް ފުރިހަމަ އަސަރުން ފުރިގެންވާ ޚުޠުބާއެއް ދެއްވިއެވެ. އުއްމަތައް ބޭނުންތެރި ވަޞިއްޔަތްތަކެއް ކުރެއްވެވިއެވެ. އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަންނަވަން ވެއްޖެކަމުގެ ޚަބަރު ދެއްވައި އުއްމަތަށް އަލްވަދާޢު ކިއުއްވެވިއެވެ. ޚުޠުބާގައި ނަޞޭޙަތުގެ ސިފައިގައި ވިދާޅުވި ރަންމުތީތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

اَلْحَمْدُ لِلَّهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَتُوبُ إِلَيْهِ وَنَعُوذُ بِاللهِ مِنْ شُرورِ أَنْفُسِنَا وَمِنْ سَيِّئَآتِ أَعْمَالِنَا مَنْ يَهْدِ اللهُ فَلاَ مُضِلَّ لَهُ ومَنْ يُضَلِلْ فَلاَ هَادِيَ لَهُ وَأَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ. أَمَّا بَعْدُ!

އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައި މީހުން ﷲއަށް ބިރުވެތިވެ އުޅުމަށް ވަޞިއްޔަތް ކުރައްވަމެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް ބޯލެނބުމަށާއި ކިޔަމަންތެރިވެ އުޅުމަށް އިލްތިމާސް ކުރައްވަމެވެ. އަދި މާދަމާއިން ލިބެނިވި ސުވަރުގެ ހޯދޭނެ މަގު ހުޅުއްވައި ދެއްވަމެވެ.

އޭ މީސްތަކުންނޭވެ! ތިމަން ކަލޭގެފާނު ވިދާޅުވާ އެއްޗެއް ރަނގަޅަށް ކަނުލައި އަހާށެވެ. މިއަހަރަށް ފަހު ދެން މިމަޤާމުގައި ތިޔަބައިމީހުންނާއި ބައްދަލުވެ ވަޑައިގަންނަވާފާނެ ކަމަކަށް ތިމަން ކަލޭގެފާނަށް ހީފުޅުވެވަޑައި ނުގަންނަވައެވެ.

އޭ މީސްތަކުންނޭވެ! ދަންނާށެވެ! ތިޔަބައިމީހުންްގެ ފުރާނައާއި މުދަލާއި އަބުރަކީ ތިމާމެންގެ ވެރި އިލާހުގެ ޙަޟުރަތަށް ދެވެންދެން ޙުރުމަތްތެރި ވެގެންވާ އެއްޗެއްސެވެ. އެތަކެތި ޙުރުމަތްތެރި ވެގެންވަނީ ތިޔަބައިމީހުންނަށްޓަކައި މިބަރަކާތްތެރި މައްކާގައި މިޙުރުމަތްތެރި ޙައްޖުމަހުގައި މިޢަރަފާތް ދުވަސް ޙުރުމަތްތެރި ކުރެވިގެންވާ ފަަދައިންނެވެ. ދަންނާށެވެ! ތިމާމެންގެވެރި އިލާހުގެ ޙަޟުރަަތަށް ދުރުނޫން ވަގުތެއްގައި ދާންޖެހޭކަން ކަށަވަރެވެ. އެއިރުން ތިމާމެން ކޮށްފައި ހުރި ޢަމަލުތަކާމެދު ސުވާލު ކުރެވޭނެއެވެ. މިއަދު ތިމަން ކަލޭގެފާނު ތިޔަބައި މީހުންނަށް އެކަން މިއަންގަވަނީއެވެ.

ހަނދުމަ ބަހައްޓާށެވެ! އެއްވެސް މީހެއްގެ އަތުގައި އަމާނަތެއް ބެހެއްޓިފައި ހުރިނަމަ އޭގެ ވެރިފަރާތަށް އެއަމާނާތް ރައްދުކޮށްދޭށެވެ. އަދި ދަންނާށެވެ! ބަދަލަކާނުލައި މުދަލުގެ ރައުސުމާލަށް އިތުރުކުރާ ކޮންމެ އިތުރު ކުރުމަކީ ރިބާއެވެ. ތިޔަބައިމީހުންނަށް އެއިން ހުއްދަވާހުށީ ހަމައެކަނި ރައުސްމާލެވެ. (އެބަހީ ވިޔަފާރީގެ ކެޕިޓަލެވެ.) އޭރަކުން ތިޔަބައިމީހުން އަނެކުންނަށް އަނިޔާވެރިވާ ބަޔަކުކަމުގައި ނުވާނޫއެވެ. އަދި ތިމާމެން އަމިއްލަ ނަފްސަށް ވެސް އަނިޔާވެރިކަން ތަޙައްމުލު ކުރާކަށް ނުޖެހޭނެއެވެ. މާތްﷲ ވަނީ ރިބާގެ މުޢާމަލާތް ނުކުރުމަށް ޙުކުމް ކުރައްވާފައެވެ. ހަމަކަށަވަރުން ރިބާގެ ގޮތުގައި ޢައްބާސް އިބްނި ޢަބްދުލް މުއްޠަލިބަށް ލިބެންވާ މުދަލަކީ އެންމެ ފުރަތަމަ މަނާކުރެވުނު ބާޠިލް މުދަލެވެ. ޖާހިލިއްޔަ ގޮތުގައި ޤިޞާޞް ހިފުމާއި ދިޔަ ހޯދުމެއްނެތި ބަދަލު ހިފުމުގެ ގޮތުން ލޭއޮހޮރުވައި އުޅުނު ކަންތައް ހުއްޓާލެވިއްޖެއެވެ. އެންމެފުރަތަމަ ތިޔަބައިމީހުންގެ ތެރެއިން އޮހޮރުވާލެވުނު ލެއަކީ ތިމަން ކަލޭގެފާނުންގެ ޢާއިލާއިންނެވެ. އެއީ ޢަބްދުލް މުއްޠަލިބުގެ ފުތް ޙާރިޘް ފުތް ރަބީޢާގެ ފުތް އިޔާސްގެ ލެއެވެ. ޖާހިލިއްޔަ އެންމެހައި ފަޚުރުވެރިކަމެއް ތިމަން ކަލޭގެފާނުންގެ ފައިންޕުޅު ދަށަށްލެވި ފުނޑާލެވިއްޖެއެވެ. ގެފުޅަށް ޚިދުމަށް ކުރުމާއި ޒަމްޒަމް ފެން ބޯންދިނުން ފިޔަވައެވެ.

އަދި ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މިބިމުގައި އަޅުކަން ކުރަމުން ދާނަމަ ޝައިޠާނާ ނާއުއްމީދު ކުރާނެއެވެ. އެހެނަސް އެނޫންކަން ކަންތައްތަކަށް ތަބާވާނަމަ އެކަންކަމާ އެސޮރު ރުހި އުފާކުރާނެެއެވެ. އަދި ތިޔަބައިމީހުން ތިމާމެންގެ ދީނުގެ ޢަމަލުތަކާމެދު ފަރުވާކުޑަކުރާ މިންވަރަކަށް އެސޮރު އެކަމާ އުފާކުރާނެއެވެ. ވުމާއެކު ތިމާމެންގެ ދީނުގެ ކަންކަމަށް ފަރުވާތެރިވެ، ރައްކައުތެރިވާށެވެ.

އޭމީސްތަކުންނޭވެ! މާތްﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކެއް ވެއެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވަނީ މިފަަދައިންނެވެ. ﴿إِنَّمَا النَّسِيءُ زِيَادَةٌ فِي الْكُفْرِ ۖ يُضَلُّ بِهِ الَّذِينَ كَفَرُوا يُحِلُّونَهُ عَامًا وَيُحَرِّمُونَهُ عَامًا لِّيُوَاطِئُوا عِدَّةَ مَا حَرَّمَ اللَّـهُ فَيُحِلُّوا مَا حَرَّمَ اللَّـهُ ۚ زُيِّنَ لَهُمْ سُوءُ أَعْمَالِهِمْ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ﴿٣٧﴾ މާނައީ: ދަންނާށެވެ! ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތައް އިސްފަސް ކޮށްލުމަކީ ތިމާމެންގެ ކާފިރުކަން އިތުރު ކުރުމެކެވެ. އެކަމުގެ ސަބަބުން ކާފިރުވި މީހުން ދާނީ އިތުރަށް މަގުފުރެދިގެންނެވެ. އެއުރެންގެ ޢަމަލު ހުންނަ ގޮތަކީ އެއްއަހަރު އެއްމައްސަރުގެ ޙުރުމަތް ކަނޑާލައެވެ. އަނެއް އަހަރު އެ މައްސަރު ޙުރުމަތްތެރި ކޮށްލައެވެ. އެމީހުން ދެކޭގޮތުގައި މިގޮތަށް ކަންތައްކުރުމުން ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޢަދަދު ހަމަކޮށްލެވެނީއެވެ. ޙަޤީޤަތުގައި އެއީ ﷲ ޙުރުމަތްތެރި ކުރައްވާފައިވާ މައްސަރުތަކުގެ ޙުރުމަތް ކަނޑާލުމެވެ. އެބައިމީހުންގެ ނަޒަރުގައި އެއުރެންގެ އެނުބައި ޢަމަލުތަކަކީ ރަނގަޅު ކަންތައްތަކެވެ. ކާފިރުކަންމަތީ ދެމިތިބި ބަޔަކަށް ﷲގެ ޙަޟުރަތުން ޙައްޤުގޮތް ނުދައްކަވާނެތެވެ.

ހަމަކަށަވަރުން ޒަމާނަކީ ﷲ އުޑުތަކާއި ބިން އުފެއްދެވީއްސުރުން އޭގެ މަދާރުގައި ހިނގަމުން އަންނަ އެއްޗެކެވެ. ﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً﴾ އަދި އޭރުއްސުރެން ﷲ ކަނޑައަޅުއްވާފައިވަނީ މައްސަރުތަކުގެ ޢަދަދަކީ ބާރަ މަސް ކަމަށެވެ. އޭގެ ތެރޭން ﷲ ޙުރުމަތްތެރި ކުރެއްވީ ހަތަރު މައްސަރު ވެއެވެ. މިހަތަރު މައްސަރުގެ ތެރެއިން ތިން މަސް އަންނަނީ ވިދިވިދިގެންނެވެ. މުޟަރު ޤަބީލާގެ މީހުން މާބޮޑަށް ޙުރުމަތްތެރިކުރާ ރަޖަބު މަސް އަންނަނީ ވަކިން ޖުމާދައްޘާނީއާއި ޝަޢުބާންމަހާ ދެމެދަށެވެ.

އަދި ދަންނާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން އަނބީންނާ މުޢާމަލާތް ކުރުމުގައި ﷲ އަށް ބިރުވެތިވާށެވެ. ތިޔަބައިމީހުން އެކަނބަލުން ހޯދާފައިވަނީ ﷲގެ ޙަޟުރަތުން އަމާނަތެއްގެ ގޮތުގައެވެ. އެކަނބަލުންނާއެކު އެއްދާން ކުރުން ހުއްދަކޮށްފައި ވަނީ ﷲގެ ނަންފުޅުގައެވެ. ވުމާއެކު ދަންނާށެވެ! ތިޔަބައިމީހުންގެ އަނބީންނަށް ޓަކައި ތިޔަބައިމީހުންގެ މައްޗަށް ޙައްޤުތަކެއް ވެއެވެ. ހަމައެހެންމެ އެކަނބަލުންގެ މައްޗަށްވެސް ތިޔަބައިމީހުންނަށްޓަކައި ޙައްޤުތަކެއް ވެއެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްޤުތަކަކީ އެކަނބަލުންގެ ފިރިންގެ ރުހުމާއި ނުލައި އެއްވެސް މީހަކު ގެއަށް ނުވެއްދުމާއި ފިރިމީހާ ނުރުހޭ އެކަކަށްވެސް ގެއަށް މަރްޙަބާ ނުކިއުމެވެ. އަދި ތިމާމެންގެ ބަހުންނާއި ޢަމަލުން ހަޑިހުތުުރު ކަންކަން ނުކުރުމެވެ. ދެންފަހެ ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން ކަމެއް ކޮށްފިނަމަ އެކަމުގެ އަދަބުގެ ގޮތުން ﷲ ހުއްދަ ދެއްވާފައިވާ އެއްކަމަކީ ވަގުތީގޮތުން އޭނާއާއެކު ނުނިދުމަށެވެ. އެގޮތުންވެސް އިޞްލާޙު ނުވެއްޖެނަމަ އަދަބު ދިނުމުގެ ގޮތުން ހާނިއްކައެއް ނުވާގޮތަށް ތެޅިއަސް އެންމެ ރަނގަޅެވެ. ދެން އެކަނބަލުން އިސްލާޙު ވެއްޖެނަމަ ތިޔަބައިމީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާނާއާއި އަންނައުނު ފޯރުކޮށްދިނުމެވެ.

އަންހެނުންނާމެދު ހެޔޮކޮށް ހިތުމުގައި ތިމަން ކަލޭގެފާނުންގެ ވަޞިއްޔަތެއް ކަމުގައި ދެކި އެކަން ޤަބޫލުކުރާށެވެ. އެކަނބަލުންނަކީ ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ ބައެކެވެ. ތިޔަބައިމީހުންނަކަށް އެކަނބަލުންގެ މައްޗަށް އިތުރު ބާރެއް ފޯރުވުމުގެ އިޚްތިޔާރެއް ނެތެވެ.

އޭ މީސްތަކުންނޭވެ! އެންމެހައި މުސްލިމުންނަކީ އަޚުންނާއި އުޚްތުންނެވެ. އެއްވެސް މީހަކަށް ތިމާގެ އަޚާގެ މުދާ އޭނާގެ ހެއުހިތުން ދީގެން މެނުވީ ހުއްދަ ނުވާނެެއެވެ. ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ﴾ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘުކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ﴾ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ހެކިވެ ވޮޑިގަންނަވާނދޭއެވެ. ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހުން ތިޔަބައިމީހުން ކާފިރުންގެ ޢަމަލު ހުންނަފަދައިން ތިމާމެން އެއްބަޔަކު އަނެއްބަޔަކަށް ދެކޮޅުވެރިވެ ޤަތުލު ކުރަމުންދާ ބަޔަކު ކަމުގައި ނުވާށެވެ. ދަންނާށެވެ! ތިމަން ރަސޫލާ ތިޔަބައިމީހުންގެ ތެރެއަށް ދޫކުރަށްވާފައި ވަޑައިގަންނަވާ އުޞޫލުގައި ބާރަށް ހިފަހައްޓައިފިނަމަ (އެބަހީރަނގަޅަށް ތަބާވެއްޖެނަމަ) އެބަޔަކު ދުވަހަކުވެސް މަގުނުފުރެދޭނެއެވެ. އެއީ ﷲގެ ފޮތެވެ. އަދި ދަންނާށެވެ! ތިމަން ކަލޭގެފާނުންގެ ވަންހަފުޅަކީ ތިމަން ކަލޭގެފާނުންގެ ޢާއިލާގެ ބޭފުޅުންނެވެ. ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ﴾ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ﴾ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ހެކިވެ ވޮޑިގަންނަވާނދޭއެވެ.

އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ރައްބަކީ އެއްކައުވަންތަ އެކެކެވެ. ތިޔަބައިމީހުންގެ ބައްޕައަކީ އެކެކެވެ. ތިޔަބައިމީހުން އެންމެން ނިސްބަތްވަނީ އާދަމުގެފާނަށެވެ. އާދަމުގެފާނު އުފައްދަވާފައިވަނީ މަށީންނެވެ. ހަމަކަށަވަރުން ﷲގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެން އެންމެ މާތްމީހަކީ އެންމެ ތަޤްވާވެރިވި މީހާއެވެ. އެހެންކަމުން ތަޤްވާވެރި ކަމުގެ ޒަރީޢާއިން މެނުނީ ޢަރަބި ނޫން މީހެއްގެ މައްޗަށް ޢަރައްބަކަށް ވިއަސް މަތިވެރި ކަމެއް ލިބިގެނެއް ނުވެއެވެ. ﴿أَلاَ هَلْ بَلَّغْتُ أَلاَ هَلْ بَلَّغْتُ﴾ ކޮބާ! ތިމަން ކަލޭގެފާނަށް މިވާހަކަފުޅު ފޯރުކޮށް ދެއްވިއްޖެ ނޫންހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީޘު ކުރެއްވިއެވެ. ﴿اَللَّهُمَّ اشْهَدْ﴾ އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! މިކަމަށް ތިޔަ އިލާހު ހެކިވެ ވޮޑިގަންނަވާނދޭއެވެ. އެއަށްފަހު ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ. ޙާޟިރުވެ ހުރިމީހާ ޙާޟިރުވެ ނެތްމީހާއަށް މިބަސްފުޅުތައް ފޯރުކޮށްދޭށެވެ.

وَالسَّلاَمُ عَلَيْكُمْ وَرَحْمَةُ اللَّهِ

(ނޯޓް:މިހިސާބުން ކީރިތި ރަސޫލާގެ ޚުޠުބާ ނިމުނީއެވެ. މިޚުޠުބާގައިވާ ޢިބާރާތްތަކަކީ ޙަދީޘުގެ އެކި ފޮތްތަކުން ނަގާފައި އެއްކޮއްލެވުނު ޢިބާރާތްތަކެވެ. ވަކި އެއްފޮތަކަށް ބަރޯސާ ނުކޮށެވެ. އެހެންކަމުން މިޚުޠްބާގެ ބައެއް ޢިބާރާތްތައް ކުރީގައި ބަޔާންވެދިޔަ މުސްލިމުގެ ޙަދީޘުގެ ޢިބާރާތްތަކާ ކުޑަކޮށް ތަފާތުވެފައިވާކަން ފާހަގަ ކުރެއްވެވޭނެއެވެ.)

ކޮމެންޓް

އިތުރަށް ކިޔާލަން

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

ކީރިތި ރަސޫލާއަކީ މީސްތަކުންނަށްވާ ނަމޫނާއެއް

24 އެޕްރީލު 2022
ކީރިތި ޤުރުއާން އަލްބާޒީ ސްޓައިލަށް ޗާޕުކުރުން

ކީރިތި ޤުރުއާން އަލްބާޒީ ސްޓައިލަށް ޗާޕުކުރުން

23 އެޕްރީލު 2022
ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

ކުޑަކުދިންނަށް ކީރިތި ޤުރުއާނުގައިވާ ރިވެތި ވާހަކަތައް ކިޔައި ދިނުން މުހިންމު

18 އެޕްރީލު 2022
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

15 ޖުލައި 2018

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު