Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން 50ގެ ކޮރަޕްޝަން

މިނިވަން 50 އާގުޅޭ 83 މައްސަލައިގެ ތެރެއިން 37 މައްސަލަ ނިންމައިފި

27 ޖުލައި 2020 | ހޯމަ 10:32

މިނިވަން ފަންސާހާ ގުޅޭ ބޮޑެތި މައްސަލަތަކެއް ވެސް އެބަހުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 ޖުލައި 2020 | ހޯމަ 10:32
ކުރީގެ ރައީސް ޔާމީން އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް (މުންދު): މިނިވަން 50ގެ ޖާފަތް ބަޔަކަށް ދިނުމަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ

ކުރީގެ ރައީސް ޔާމީން އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުހައްމަދު ހުސައިން ޝަރީފް (މުންދު): މިނިވަން 50ގެ ޖާފަތް ބަޔަކަށް ދިނުމަށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ

މިނިވަން 50 ގެ ހަރަކާތްތަކާއި ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ 83 މައްސަލައިގެ ތެރެއިން 37 މައްސަލަ ނިންމާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، މިނިވަން ފަންސާހުގެ ހަރަކާތްތަކާއި ގުޅިގެން 83 މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅި ބަލަމުން ދިޔަ ކަމަށެވެ. އެގޮތުން، މިހާތަނަށް ތަހުގީގު ނިންމާލެވިފައިވަނީ 37 މައްސަލައެއް ކަމަށާއި، ބާކީ ހުރި މައްސަލަތަކުގެ ތަހުގީގުތައް ވެސް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

Advertisement - newsAdvertisement

މައްސަލަތަކުގެ އިތުރު ތަފްސީލެއް ޝިއުނާ ހާމަ ނުކުރައްވައެވެ.

މިނިވަން 50ގެ ހަރަކާތްތަކުގައި ކޮރަޕްޝަން ހިމެނޭކަން ހާމަކޮށްފައިވަނީ ވެސް ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެގޮތުން 2015 ވަނަ އަހަރު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތެރެއިން، އެމްއެމްޕީއާރުސީގެ ހިޔާނާތާއި، މިނިވަން ފަންސާހުގެ ކޮރަޕްޝަނުގެ މައްސަލަތަކާއި، ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ގިނަ "ޖަރީމާ"ތައް ފެންމަތިވެ، އެމަނިކުފާނުގެ ސަރުކާރަށް، ރާއްޖެއިންނާއި ބޭރު ދުނިޔެއިން ވަރަށް ބޮޑަށް ފާޑު ކިޔުންތައްވެސް އަމާޒުވިއެވެ.

ރައީސް ޔާމީނަށް ވަފާތެރި، އޭރު އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި އެކޮމިޝަނުން ވަނީ، މިނިވަން ފަންސާހާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

އެގޮތުން، މިނިވަން 50 ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ކޭޓަރިން ނިއުޕޯޓް ރެސްޓޯރެންޓާ ހަވާލުކުރި މައްސަލަ ވެސް އެ ކޮމިޝަނުން ބެލި އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނިއުޕޯޓް ރެސްޓޯރެންޓާ ޖާފަތުގެ މަސައްކަތް ހަވާލުކުރި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ފޮނުވި އެވެ.

މުންދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ކުށުގެ ދައުވާ ކުރަން ފޮނުވުމުން، ހަފްތާއެއްގެ ތެރޭގައި، އޭރުގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް ވަނީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފަ އެވެ.

އޭސީސީން ބުނެފައި ވަނީ ނިއުޕޯޓަކީ އެފަދަ ޖާފަތެއް ތައްޔާރުކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތް ބަޔަކަށް ވާއިރު އެ މީހުން ގާބިލްކަމަށް ވެސް ނުބަލާ އެ ޕްރޮޖެކްޓް އެފަރާތާ ހަވާލުކުރަން މުންދު އަންގާފައި ވަނީ، ރައީސް ވިދާޅުވެގެން ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށެވެ. އަދި އެއީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާނެ ގޮތަކަށް އަމަލު ކުރުން ކަމަށް އޭސީސީގެ ތަހުގީގުގައި ވަނީ ނިންމައިފަ އެވެ.

މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ނުފޫޒުން ނިއުޕޯޓަށް މިނިވަން ފަންސާހުގެ ކޭޓަރިންގ އަށް 8 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައި ވެއެވެ. އެއީ ބޮލަކަށް 8000ރ ގެ ރޭޓެކެވެ.

މިނިވަން ފަންސާހާއި ގުޅިގެން ހިންގުނު ޕްރޮޖެކްޓްތަކުގެ ތެރެއިން 2 ޕްރޮޖެޓަކުން ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ވަތް މައްސަލަތަކެއްވެސް އޭސީސީން ދަނީ ތަޙުގީގުކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް