Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރާއްޖޭގައި އިންޑިއާ މީހުން އާބާދު ކުރަން އުޅޭ ވާހަކައަކީ "ރޯ ބުހުތާނު ދޮގެއް"!

ދިޔަރެސް ނޫހުން ފަތުރާފައިވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ހޫދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 ޖުލައި 2020 | އާދީއްތަ 14:10
ހއ. ދައްޕަރުގައި ޕިކްނިކް ގޮސް އުޅޭ ބަޔަކު މޫދަށް އެރި؛ މި ރަށުގައި އިންޑިއާ މީހުން އާބާދުކުރާ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފައި

ހއ. ދައްޕަރުގައި ޕިކްނިކް ގޮސް އުޅޭ ބަޔަކު މޫދަށް އެރި؛ މި ރަށުގައި އިންޑިއާ މީހުން އާބާދުކުރާ ވާހަކަ ސަރުކާރުން ވަނީ ދޮގުކޮށްފައި

އެކި ސަރުކާރުތަކުން ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަމުން އަންނަ އިރު އެއިރެއްގައި އޮންނަ ސަރުކާރަކުން ރައްޔިތުންގެ މަންފާއަށް ކަންކަން ކޮށްދެވޭތޯ ބަލައެވެ. އެގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އަޑީގައި އިދިކޮޅު ތިބެގެން ނޫސްވެރިން ލައްވާ "ރޯ ބުހުތާނު ދޮގު" ހަބަރު ލިޔުމަކީ ވެސް އާންމު ކަމެކެވެ. ނަމަވެސް ގައުމުގެ އެންމެ އިސް މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި ތަނަކު އަޑެއް އިވޭ އިރަށް އެކަމުގެ ހަގީގަށް ބަލާނުލާ ލިޔާ ކޮންމެ ވާހަކައަކީ ހަބަރެއް ނޫނެވެ. އެއީ ފިތުނަ އުފެއްދުމެވެ.

ރާއްޖޭގައި ބޭރު މީހުން އާބާދުކުރާ ވާހަކައަކީ ނޫސްވެރިން އެވާހަކައެއް ދައްކާ ސުވާލު އުފެއްދުމުގެ ކުރިން ވެސް އިދިކޮޅުން އެވާހަކަ ދައްކާ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ވާހަކައެކެވެ. ނަމަވެސް ކަމުގެ ހަގީގަތް އޮތީ ކިހާވަރަކަށްތޯ ބަލާލުން މުހިންމެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ހިތި ގޮތަކަށް ނިމުނު ފަހުން ރާއްޖޭގައި އަލަށް ހަބަރުތައް އާންމުންނާ ހަމައަށް ގެންނަ ފެށި އަދި ތެދު ދޮގު ނުބަލާ ހަބަރުތައް ފަތުރަންފެށި "ދިޔަރެސް" ނޫހުން މިވަނީ ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހު ވެސް މިނިވަންކަމާއި ގުޅުންހުރި ރޯ ބުހުތާނު ދޮގެއް ހަދާފައެވެ. ލިޔުނު ނޫސްވެރިއެއްގެ ނަން ނުފެންނަ ގޮތައް ލިޔެފައިވާ ލިޔުމުގައި ބުނެފައިވަނީ ހއ. ދައްޕަރުގައި އިންޑިއާ މީހުން އާބާދު ކުރުމަށް އިންޑިއާ ސަރުކާރުން ދިވެހިރާއްޖޭގެ ސަރުކާރަށް ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު އެ ނޫހަށް ލިބިފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ މައުލޫމާތު އެންމެ އެކަށޭނެ ގޮތަކަށް ލިޔެފައި ނުވާ އިރު، ފޮރިން މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ އެންމެ ބަހެއް ލިޔެފައިވެއެވެ. ނަމަވެސް ކަމުގެ ހަގީގަތެއް ބަޔާންކޮށްފައި ނުވެއެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެއީ ރޯ ބުހުތާނު ދޮގެއް ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރު މީހުން އާބާދު ކުރުމުގެ އެއްވެސް ވިސްނުމެއް އެއްވެސް އިރަކު ސަރުކާރުން ގެންގުޅުފައި ނުވާނެ ކަމަށާއި، އެއީ ދުވަހަކު ކުރާނެ ކަމެއް ވެސް ނޫން ކަމަށެވެ.

ނޫހުގެ އަސާސަކަށް ވެފައިވަނީ އިމިގްރޭޝަންގެ ގާނޫނާއި ގުޅިގެން މަޝްވަރާކުރެވުނު މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ދެއްކެވި ވާހަކައަށެވެ. އެ ބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒު ވިދާޅުވެފައިވަނީ ފައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އާއްމުން ދިރިނުއުޅޭ ރަށްތަކުގައި މި ޕްރޮގްރާމް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައްޔާޒް ވަނީ ޕްރޮގްރާމް ހިންގުމަށް މަގުފަހިކުރުމަށްޓަކައި 'ރެޒިޑެންސީ ގާނޫނެއް' އެކުލަވާލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމް ހިންގާ ރަށްރަށުގައި ގާއިމުކުރެވޭ ވިލާތަކާއި އެޕާޓްމެންޓްތަކަށް އިންވެސްޓުކުރުމުން ވިޒާ ދޫކުރެވޭނެ ކަމަށާއި އެހެންނަމަވެސް، އިންވެސްޓު ކުރަންޖެހޭ އަދަދު ކުޑަވާނެ ކަމަށެވެ.

ކޮމިޓީގައި ވެސް އިންޑިއާގެ ވާހަކަ ދެކެވުނެވެ. އިންޑިއާގެ އިންވެސްޓަރުން އައުމުން އާންމުންގެ މެދުގައި އުފެދިދާނެ ސުވާލަކާއި މެދު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިއީ އިންވެސްޓްމަންޓުގެ އުސޫލުން ކުރެވޭ ކަމެއް ކަމަށާއި ގާނޫނެއް މިކަމަށް އެކުލެވޭ ކަމަށެވެ. ހަމަ އެހެންމެ ވަކި ގައުމެއްގެ ބަޔަކު ރާއްޖެއަށް އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި މަގްސަދަކީ ރާއްޖެ ތަރައްގީކުރުން ކަމަށެވެ. އަދި ސެކަންޑް ހޯމް ޕްރޮގްރާމްއަކީ ގިނަ ގައުމުތަކުގައި ވަރަށް ކާމިޔާބުކޮށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

ދިޔަރެސް ނޫހުގައި ހުރި ބައެއް ވާހަކަތަކާއި، މިނިސްޓަރ ފައްޔާޒު ވިދާޅުވިކަމަށް ބުނެ އެ ނޫހުގައި ލިޔެފައިވާ ވާހަކަތަކަށް ރައްދު ދެއްވަމުން ހޫދު ވިދާޅުވެފައިވަނީ ކަމުގެ ހަގީގަށް ފޮރުވާ އޮޅުވާލުމުގެ މޭރުމަކުން ނޫހުގައި ހަބަރު ފަތުރާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ސިއްރު އެޖެންޑާއެއް ބޭރު މީހުން އާބާދު ކުރުމުގައި ގެންގުޅޭކަމަށް ބުނެފައިވާ އިރު އެއީވެސް ކަން ހިނގަމުންދާ ގޮތް ނޫން ކަމަށާއި، އިންޑިއާގެ ރައްޔިތުން އާބާދު ކުރާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ.

މިނިސްޓަރ ފައްޔާޒް ވެސް ވަނީ ދިޔަރެސް ނޫހުން ފަތުރަމުން ގެންދާ ދޮގު ވާހަކަތައް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. މިނިވަން ދުވަހާ ގުޅުވާ މި ވާހަކަތައް ދެއްކެވި ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ އަދި އެ ނޫހުން ފަތުރާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއްތޯ ކަނޑައަޅަަން، ރައްޔިތުންގެ މަޖިލީހަށާއި ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅުއްވާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ރައްޔިތުން އާބާދު ނުކުރާނެ ކަން ސާބިތުވާ އެއް ހެއްކަކީ މަޖިލީހުގައި މިނިސްޓަރ ފައްޔާޒު ދެއްކެވި ވާހަކައެވެ. މިނިސްޓަރ ދެއްކެވީ ރާއްޖޭގައި އެކަމަށް ހާއްސަ ކުރެވިގެން ތަރައްގީ ކުރާ ރަށަކުން އެޕާޓްމަންޓާއި ވިލާތައް ގަންނަ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅެން ރެޒިޑެންސީ ވިޒާ ދޭ ވާހަކައެވެ. ބަޔަކަށް އޮޅުވާލަން ގައުމުގެ ރަށްވެހިކަން ދޭން އުޅޭ ކަމަށް ދައްކާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތް އޮޅުވާލުމެވެ.

މި ރެޒިޑެންސީ ވިޒާ ލިބުމުން އެއީ އެއްގޮތަކަށް ވެސް ބިން މިލްކޮށް ދިނުން ނޫން ކަމަށް ފައްޔާޒު އެ ދުވަހު ވެސް ވިދާޅުވިއެވެ. އަދި ސިޓިޒަންޝިޕް (ރަށްވެހިކަން) ދިނުމެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ. އިތުރަށް ސާފު ކޮށްލަން ބޭނުން ވަނީނަމަ ދެން ވިދާޅުވީ، ރައްޔިތުން ނުރުހޭ ކަމެއް ނުކުރެވޭނެ ކަމަށެވެ.

އެގޮތުން ޑިމޮކްރަސީގައި ވެރިކަން ހިނގަން ދަތިވާނެ ކަމަށާއި އެކަމަކު ވެސް ރައްޔިތުންގެ ރުހުން ނެތި އެއްވެސް ކަމެެއް ސަރުކާރުން އަދި މަޖިލީހުން ވެސް ނުކުރާނެ ކަމަށް ވިދާޅުވިއެވެ، އެހެން ނޫން ނަމަ، އެ ދެވެނީ ހުދުމުހުތާރު ކަމާ ދިމާލަށް ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނަމަވެސް ރައްޔިތުން ނޭދޭ ނަމަ ސަރުކާރުން އެ ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ފައްޔާޒްގެ ވާހަކަ އަޑުއަހާ މީހަކަށް ލިބޭނެ ކަން ޔަގީނެވެ.

މި މަސައްކަތް ކުރުމަށް ބަޔަކާއި ވާހަކަ ދައްކަމުންދާ ކަމަށާއި، އެކަމުގެ އަޑީގައި އިންޑިއާގެ ކުންފުންޏެއް މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވާއިރު މިކަމަށް ރައްދު ދެއްވަމުން ހޫދު ވިދާޅުވީ ސެކަންޑް ހޯމް ކޮންސެޕްޓަރީ އަދި ވާހަކަ ދެކެވެމުން އަންނަ ހިޔާލެއް ކަމަށާއި، މި މަސައްކަތް ކޮންޓްރެކްޓަރަކާއި އަދި ފަންޑު ކުރާނެ ބައެއް ވެސް ނިންމާފައި ނުވާ ކަމަށެވެ. އަދި ބޭރު މީހުންނޭ ބުނެވެނީ އިންޑިއާ މީހުންނަށް އެކަނި ނޫން ކަމަށާއި، ދުނިޔޭގައި 192 ގައުމު އޮންނަ އިރު މި ޕްރޮގްރާމްގެ ދަށުން އެކި ގައުމުތަކުގެ މީހުން އިންވެސްޓް ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާއިން އެގައުމުގެ މީހުން އާބާދު ކުރަން އުޅޭކަމަށް އަސްލެއް ނެތް ވާހަކަދައްކާފައިވާ ކަމަށާއި، އެއީ ރޯ ބުހުތާނު ދޮގު ކަމަށެވެ.

ސަރުކާރުން އަދި މި މަސައްކަތް ފެށުމުގެ ވާހަކަތަކެއް ދައްކަން ފަށާފައިވާ އިރު މަޖިލީހުގެ ކޮމިޓީގައި މިކަމާއި ގުޅިގެން ވާހަކަ ދެއްކެވި އިރުވެސް މިނިސްޓަރ ފައްޔާޒުގެ ވާހަކަތައް ހުރީ ޔޫރަޕް ފަދަ ބޮޑެތި އިގްތިސާދުތަކަށެވެ. ނަމަވެސް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް އިންޑިއާ މީހުން ލޭބަލް ކޮށްގެން ނޫހުގައި ނަމެއް ނެތް ގޮތަށް ލިޔެފައިވާ ވާހަކައަކީ އިދިކޮޅުގެ ރާގުކަން ވަރަށް ސާފުކޮށް އެނގެން އެބަހުއްޓެވެ.

މީގެ ކުރިން ވެސް ނޫސްވެރިކަމުގެ ނަމުގައި ގައުމީ ސަލާމަތާއި ގުޅުންހުރި މުހިންމު ކަންކަމުގައި މި ނޫހުން ވާހަކަ ދައްކާފައިވާއިރު، އިދިކޮޅުން މި ނޫހަށް "ބެކިން" ދިނުމަކީ ވެސް ލިޔާ ލިޔުންތަކުގައި ނޫސްވެރިންނަށް ވުރެ ބޮޑަށް ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން މަސައްކަތް ކުރާ އިދިކޮޅުގެ ރާގާއި ލަވަ ފެންނަން އަދި އަޑު އިވެން ހުރި ކަމެއްގެ ގޮތުގައި ސާފުވެގެންދެއެވެ.

ރާއްޖޭގައި އެހެން ގައުމެއްގެ ބައެއް ގެންނަ ނަމަ އަދި އާބާދު ކުރާނަމަ ރައްޔިތުންގެ މަޖިލީހުން އެކަން ބަލާނެއެވެ. ރައްޔިތުން ތަމްސީލުކުރާ 87 މެންބަރުން އެކަމަށް ފާރަވެވެރިވެ ވާހަކަ ދައްކާނެއެވެ. ސުވާލު ކުރާނެއެވެ. އަދި މަޖިލީހުން އެކަން ފާސްކުރާ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލީހުން އިދިކޮޅު މެންބަރުން، ސިފައިން ލައްވާ ފާރުމަތިން ބޭރުކޮށްލި ގޮތަށް ބޭރު ނުކޮށް އިދިކޮޅު މެންބަރުންނަށް ވެސް އެކަމަށް ބަހުސް ކުރުމުގެ ފުރުސަތު ދީގެން އެކަން ކުރިއަށް ގެންދާނެއެވެ.

ދަންވަރު މަޖިލިސް ހުޅުވައިގެން ސިފައިން ބައިތިއްބައިގެން މަޖިލިސް ނުގެންދާނެއެވެ. ސަރުކާރުން ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ ދެފުށްފެންނަ ގޮތަށެވެ. ކުރީ ސަރުކާރުން ޗައިނާއަށް ދަރާވިކުނު ފަދަ ޅަ އެއްޗެއް މި ސަރުކާރުން ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

މިހާރު އެންމެ "ހިޓު" ވާހަކައަކީ ފައްތާހާއި ނަހުލާގެ ކޯޅުންގަނޑު!

12 އޮކްޓޯބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު