Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލެސްޓާ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު

މެގުއާގެ އިންޒާރު އޭނާގެ ކުރީގެ ކްލަބު ލެސްޓާއަށް

އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ޔުނައިޓެޑަށް ގަދަ ހަތަރަކުން ޖާގަ ލިބޭނެ

އަތޫފް އާތިފް
އަތޫފް އާތިފް | 26 ޖުލައި 2020 | އާދީއްތަ 10:53
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ | ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗު އެއްވަރުވެގެން ނިމުމުގެ ފުރުސަތު ނުދޭނެ ކަމަށް ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ބުނެފިއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗު އެއްވަރު ކޮށްލައިގެން ޔުނައިޓެޑަށް ގަދަ ހަތަރަކުން ޖާގަ ލިބޭނެއެވެ. އަދި މި މެޗުން ބަލިވެގެން ޔުނައިޓެޑަށް ގަދަ ހަތަރަކަށް ވަދެވޭނީ ޗެލްސީ އާއި ވުލްވްސް ބައްދަލުކުރާ މެޗުން ޗެލްސީ ބަލިވެއްޖެނަމައެވެ.

މެޗުގެ ކުރިން މެގުއާ ބުނީ ލެސްޓާގެ ދަނޑުގައި ކުޅޭ މެޗަށް ޔުނައިޓެޑުން ދާނީ މެޗު އެއްވަރުވާން ނޫން ކަމަށާއި، ޔުނައިޓެޑުން ދާނީ މޮޅަކާއެކު ތިން ޕޮއިންޓް ހޯދާ ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރުމަށް ކަމަށެވެ. އަދި ސީޒަން ފެށުނުއިރު ޔުނައިޓެޑްގެ އަމާޒަކަށްވީ ގަދަ ހަތަރެއް ކަމަށާއި، އެކަމަކު ޔުނައިޓެޑްގެ މިހާރުގެ އަމާޒަކީ ލީގުގެ ތިންވަނަ ކަމަށް މެގުއާ ބުންޏެވެ.

މެގުއާ އިތުރަށް ބުނީ އޭނާ ޔުނައިޓެޑާ ގުޅުނީ ބޮޑެތި ކާމިޔާބީތައް ހޯދުމުގެ އަޒުމުގައި ކަމަށާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމަކީ ހާއްސަ ކަމެއް ކަމަށެވެ. އަދި ޔުނައިޓެޑްގެ އަމާޒަކީ ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރުން ކަމަށްވެސް މެގުއާ ބުންޏެވެ.

އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ލީގުގައި ޔުނައިޓެޑުން މިހާރު ދައްކަމުން އަންނަ ކުޅުމާ އަޅާބަލާއިރު، ލީގުގައި ޔުނައިޓެޑް އޮންނަން ޖެހޭނީ ތިންވަނައިގައި ކަމާމެދު ޝައްކެއް ނެތް ކަމަށާއި، ބޭނުންވަނީ މޮޅަކާއެކު ގަދަ ހަތަރެއްގެ ޖާގަ ޔަގީންކުރަން ކަމަށެވެ.

މި މެޗަށް ނުކުންނައިރު ޔުނައިޓެޑުން ޕްރިމިއާ ލީގުގެ ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 63 ޕޮއިންޓާއިއެކުގައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވެސް 37 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ގަދަ ހަތަރަކަށް އެރުމަށް މަސައްކަތް ކުރަމުން އަންނަ ލެސްޓާ ފަސްވަނައިގައި އޮތީ ކުޅުނު 37 މެޗުން 62 ޕޮއިންޓް ލިބިގެންނެވެ.

ލީގުގެ ފަހު މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 20:00 ގައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު