Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަޖިލިސް ކްލަބް

މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓަކާއި ޖިމެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

22 ޖުލައި 2020 | ބުދަ 08:34

މަޖިލީހުގެ އިދާރާއިން ވަނީ ފަރިއްކޮޅުގެ ހިދްމަތް ދިނުން ހުއްޓާލާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 22 ޖުލައި 2020 | ބުދަ 08:34
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: މަޖިލީހުގެ ކްލަބްގެ ހަރަކާތްތައް އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު: މަޖިލީހުގެ ކްލަބްގެ ހަރަކާތްތައް އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓް/ކެފޭ އަކާއި، ފިޓްނެސް ސެންޓަރެއް (ޖިމެއް) ހިންގުމަށް ޝައުގުވެރިވާ ފަރާތްތަށް ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓް/ކެފޭއެއް ހިންގުމަށް ކޮށްފައިވާ އިއުލާންގައި ވަނީ، މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ ޓެރަސް ފްލޯގައި ރެސްޓޯރަންޓް/ކެފޭއެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 5 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 14:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އަދި އެ ބައްދަލުވުމުގައި ދެވޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގައެވެ.

މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރެއް ގާއިމުކުރުމަށް ކޮށްފައިވާ އިއުލާންގައި ވަނީ، މަޖިލީހުގެ އިދާރާގެ 13 ބުރި ޢިމާރާތުގެ 12 ވަނަ ފްލޯގައި ފިޓްނެސް ސެންޓަރއެއް ހިންގުމަށްޓަކައި ކުއްޔަށްހިފަން ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ 05 އޮގަސްޓް 2020 ވާ ބުދަ ދުވަހުގެ 13:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. އަދި އެ ބައްދަލުވުމުގައި ދެވޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 16 އޮގަސްޓް 2020 ވާ އާދީއްތަ ދުވަހުގެ 11:00 ގައެވެ.

އެ ދެ އިއުލާނާ ގުޅޭ، މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެކަމަށްވެސް އިއުލާނުގައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ރެސްޓޯރަންޓް/ކެފޭ އަކާއި ފިޓްނަސް ސެންޓަރެއް ހިންގުމަށް ނިންމާފައިވާއިރު، މިކަން ކުރަމުންދަނީ މަޖިލީހުގެ ކްލަބުގެ ބެލުމުގެ ދަށުންނެވެ.

މަޖިލީހުގައި ރެސްޓޯރަންޓް/ކެފޭ ހިންގަން ފެށުމުން، މަޖިލީހުގެ އިދާރާއިން ކުރިން ދެމުންދިޔަ ފަރިއްކޮޅާއި ސައިގެ، ހިދްމަތް ނުދޭން މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ. ނަމަވެސް ކޮފީއާއި ސައި، އަދި ބިސްކޯދުފަދަ ތަކެތި ލިބެން ހުރެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

22 ޖުލައި 2024

ގިނަ ވަގުތު ޚިދުމަތް ލިބޭ ޖިމެއް، ''އާރްޑީ ފިޓްނަސް'' ހުޅުވައިފި

22 ޖުލައި 2024
ގިނަ ވަގުތު ޚިދުމަތް ލިބޭ ޖިމެއް، ''އާރްޑީ ފިޓްނަސް'' ހުޅުވައިފި
07 ޖެނުއަރީ 2021

ހުޅުމާލޭ ފޭސް ދޭއްގައި ފިއުލް ޝެޑް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި

07 ޖެނުއަރީ 2021
ހުޅުމާލޭ ފޭސް ދޭއްގައި ފިއުލް ޝެޑް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި
22 ޖުލައި 2020

ހުޅުމާލެ ފޭސް 1 ގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ

22 ޖުލައި 2020
ހުޅުމާލެ ފޭސް 1 ގައި ގާއިމުކޮށްފައިވާ ވަގުތީ މަސްމާރުކޭޓު ހިންގާނެ ފަރާތެއް ހޯދަނީ
15 މާރިޗު 2018

ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި

15 މާރިޗު 2018
ފުޑް ކޯޓުތައް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް