Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިލީގެ އެއްބަސްވުން އާކުރުން

މާޒިޔާގެ އެއްބަސްވުން ލިލީ އާކޮށްފި

18 ޖުލައި 2020 | ހޮނިހިރު 09:22

މާޒިޔާގެ އެއްބަސްވުން ލިލީ އާކުރީ ކުރިއަށް އޮތް 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ޖުލައި 2020 | ހޮނިހިރު 09:22
މާޒިޔާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު އަޙުމަދު އަބްދުﷲ (ލިލީ)

މާޒިޔާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ޑިފެންޑަރު އަޙުމަދު އަބްދުﷲ (ލިލީ)

މާޒިޔާ ސްޕޯޓްސް އެންޑްރެކްރިއޭޝަނާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އެއް އަހަރަށް ތަޖުރިބާކާރު ޑިފެންޑަރު އަޙުމަދު އަބްދުﷲ (ލިލީ) އާކޮށްފިއެވެ.

މިދިޔަ އަހަރުގެ މާޗު މަހު މާޒިޔާއާ ގުޅުނު ލިލީ، އެޓީމުގެ އެއްބަސްވުން ކުރިއަށް އޮތް 2020-2021 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އާކޮށްފައިވާކަން އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.

މިދިޔަ ސީޒަނުގެ މާޒިޔާގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރި ލިލީ ވަނީ އެ ކްލަބާއެކު މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ވަނީ މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދިއިރު، ކޮލިފައިންގ ބުރުގައި މާޒިޔާއިން ކުޅުނު މެޗުތަކުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ޅ. ހިންނަވަރަށް އުފަން ލިލީ އޭނާގެ ކެރިއަރު ފަށާފައިވަނީ 2009 ވަނަ އަހަރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ނިއުރޭޑިއަންޓް ދޫކޮށް 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާ ގުޅުނު ލިލީ ވަނީ 2017 ވަނަ އަހަރު އަލުން ނިއުރޭޑިއަންޓަށް ބަދަލުވެ، އެޓީމުގައި ދެ އަހަރު ހޭދަކޮށްފައެވެ.

ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެދީފައިވާ ލިލީ ވަނީ ނިއުރޭޑިއަންޓާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފައެވެ.

މާޒިޔާގެ އެއްބަސްވުން ލިލީ އާކުރިއިރު، ދާދި ފަހުން މާޒިޔާއަށް ކުޅެމުން އަންނަ ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ވެސް ވަނީ އަންނަ ސީޒަނުގެ ނިޔަލަށް އެއްބަސްވުން އާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ލަސްވެފައިވާއިރު، ޑިސެމްބަރު މަހުގެ ތެރޭގައި ފުޓްބޯޅަ ސީޒަން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް