Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަހުރުވެރި އާއިލާގެ މަޝްވަރާތައް

ފަޚުރުވެރި ޢާއިލާއާ ގުޅޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

ޢާއިލީ ގުޅުންތައް ބަދަހިކޮށް ޢާއިލީ ދުޅަހެޔޮކަން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 ޖުލައި 2020 | ބުރާސްފަތި 13:38
ފަހުރުވެރި އާއިލާއާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ނައިބް ރައީސް ފައިސަލް ނަސީމް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ފަހުރުވެރި އާއިލާއާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ނައިބް ރައީސް ފައިސަލް ނަސީމް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގައި ހިމެނޭ "ފަޚުރުވެރި ޢާއިލާ،" މި ދާއިރާގެ ދަށުން ކުރިއަށްގެންދާ ބައެއް ކަންކަމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި "ފަޚުރުވެރި ޢާއިލާ،" މި ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން، ތަފާތުކުރުންތައް ނައްތައިލުމާއި ހަވާސާވެފައިވާ އާބާދީތަކާއި ގުޅިގެން އިސްކަންދޭ ގިނަ ކަންތައްތަކަށް އަލިއަޅުއްވައިލެއްވިއެވެ.

ސަރުކާރުގެ ކަމާބެހޭ އެކި ވުޒާރާތަކުގެ ވަޒީރުންނާއި، ޢާއިލާއާއި ބެހޭ ކޯޓުގެ އިސްވެރިންގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި، ޢާއިލީ ދުޅަހެޔޮކަމާއި މުޅި މުޖަތަމަޢުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތަކާއި، ޢާއިލާ ރޭވުމާއި، ދަރިންނަށް ލިއްބައިދޭންޖެހޭ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ކަންކަމާމެދު މަޝްވަރާކުރެއްވިއެވެ. އަދި، ޢާއިލީ ގުޅުންތައް ބަދަހިކޮށް ޢާއިލީ ދުޅަހެޔޮކަން އިތުރުކުރުމާއި، ޢާއިލާތައް ރޫޅުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް މަދުކުރުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކުގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމަށް އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގައި ޢާއިލީ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގައި ކަމާބެހޭ އިދާރާތަކާއި މަދަނީ ޖަމުޢިއްޔާ އަދި ޖަމާޢަތްތައް ގުޅިގެން މަސައްކަތްކުރަން ޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު