Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގ ޓްރެކުގެ މަސައްކަތް

"ސްވިމިންގ ޓްރެކުގެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ"

15 ޖުލައި 2020 | ބުދަ 14:29

ސްވިމިންގ ޓްރެކުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 ޖުލައި 2020 | ބުދަ 14:29
މާލޭ ސްވިމިންގ ޓްރެކުގެ މަސައްކަތް ކުރިއަށްދަނިކޮށް

މާލޭ ސްވިމިންގ ޓްރެކުގެ މަސައްކަތް ކުރިއަށްދަނިކޮށް

މާލޭ ސްވިމިންގ ޓްރެކުގެ މަސައްކަތް ދެ މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާލޭ އިރު ދެކުނު ފަރާތުގައި ގާއިމުކޮށްފައިވާ ސްވިމިންގ ޓްރެކުގައި ސިޑިބަރިއާއެކު ފާހަނާ އާއި ފެންވަރާނެ ވަސީލަތްތައް ގާއިމުކޮށްދިނުމުގެ މަސައްކަތް މާޒިޔާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

އެފަހަރު މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު ދިރާސާތަކެއް ކުރަން ޖެހުމުން މީގެ ކުރިންވެސް މަސައްކަތް ލަސްވިއިރު، ކޮވިޑް-19 އާ ގުޅިގެންވެސް މަސައްކަތް ވަނީ ލަސްވެފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ މަސައްކަތް ލަސްވުމާ ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށެވެ. އެކަމަކު މިހާރު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިމިގެންދާނެ ކަމަށެވެ. އަދި އޭގެ ފަހުން އޮންނާނީ އެ ތަން ހިޔާކުރުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އިސްމާއިލް އަލީ ވިދާޅުވިއެވެ.

ސްވިމިން ޓްރެކު ސަރަހައްދުގައި ސިޑިބަރި އާއި ފާހާނާ އާއި ފެންވަރާނެ ވަސީލަތުގެ އިތުރުން އަންހެން އަދި ފިރެހެން ފެތުންތެރިންނަށް ވަކިން ބޭނުން ކުރެވޭނެ ވަސީލަތް ސިޑިބަރި ދަށުގައި ގާއިމު ކުރެވިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިހާރު ޓްރެކުގައި މުބާރާތްތައް ބާއްވާއިރު އެ ސަރަހައްދުގައި ހުންނަނީ ވަގުތީ ޓެންޓްތަކެއް ޖަހާ ހިޔާކޮށްފައެވެ. އެހެންކަމުން އެ ސަރަހައްދު ތަރައްގީކުރެވިގެން ދިޔުމުން މުބާރާތްތައް ބޭއްވުމަށް ވަރަށް ބޮޑު ލުޔެއް ލިބި، ފެތުންތެރިންނާއި އެ ސަރަހައްދު ބޭނުންކުރާ މީހުންނަށް ރައްކާތެރިކަން ލިބިގެންދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް