Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖޭގެ ފުޓްބޯޅަ ސީޒަން

ފުޓްބޯޅަ ސީޒަން ހަތަރު ފަސް އަހަރު އެއްގޮތަކަށް ކުރިއަށް ގެންދަން ޖެހޭ: ސުޒޭން

15 ޖުލައި 2020 | ބުދަ 07:25

ދެ އަހަރަށް ދެމިގެންދާ ގޮތަށް ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދިޔަ ފުރަތަމަ އަހަރު އެހާ ކާމިޔާބެއް ނޫން

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް | 15 ޖުލައި 2020 | ބުދަ 07:25
ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހަތަރު ފަސް އަހަރު އެއްގޮތަކަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، އެ ނޫން ގޮތަކަށް ދިވެހި ފުޓްބޯޅައަށް ސަޕޯޓަރުންނާއި ސްޕޮންސަރުންގެ އިތުބާރު ހޯދަން ފަސޭހަ ނުވާނެ ކަމަށް މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ދެ އަހަރަށް ދެމިގެންދާ ގޮތަށް ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދިޔަ ފުރަތަމަ އަހަރު އެހާ ކާމިޔާބު ނޫން ކަމަށާއި އެ ގޮތަށް އެކަން ދިމާވީ ރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން ގިނަ ބަދަލުތައް ގެންނަންޖެހުމުން ކަމަށެވެ.

ދިވެހި ފުޓްބޯޅަ ސީޒަނަކީ އެއްމެންނަށް ފަރިތަ ސީޒަނަކަށް ވެގެންދާނީ އެއްގޮތަކަށް ސީޒަން ހިފެހެއްޓިގެން ކަމަށާއި އެހެން ނަމަވެސް މީގެ ކުރިން ފެނިފައިވަނީ އަވަސް އަވަހަށް ބަދަލުވާ ސީޒަންތަކެއް ކަމަށްވެސް ސުޒޭން ވިދާޅުވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށްފަހު ކުރިއަށް އޮތް ދައުރުގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރާނެ އެއް ކަމަކީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުން ކަމަށް ބައްސާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ބައްސާމް ވިދާޅުވީ އެ މަސައްކަތްކުރަން އެކުލަވާލާ ޕްލޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ސުޒޭނާއި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު ކަމަށެވެ.

ސުޒޭން ބުނީ މުޅި ރާއްޖޭގައި ތާފތު ހަތަރު ފަސް ދަނޑުތަކެއްގައި މެޗުތައް ކުޅެމުން ދިޔުމަކީ ބައްސާމުގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި، އެއީ ދިވެހި ފުޓްބޯޅަ އާއިލާގެވެސް ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

ފުޓްބޯޅަ ސީޒަން ގައުމީ ފުޓްބޯޅަ ދަނޑު ދޫކޮށް މުޅި ރާއްޖެއަށް ފެތުރިގެންދާނެ ގޮތަކަށް ކުރިއަށް ގެންދިޔުމަށް މިހާރު ފަށާފައިވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، އެކަން ކުރިއަށް ގެންދިޔުމަށް މުޅި ރާއްޖެ އާއި ދިވެހި ފުޓްބޯޅައިގެ ހުރިހާ ފަރާތްތަކެއްގެ ލަފާ ހޯދާނެކަން ސުޒޭން ފާހަގަކުރިއެވެ. އަދި އެންމެން އަތުގުޅާލައިގެން މަސައްކަތް ކޮށްފިނަމަ، މިކަން ކާމިޔާބުވާނެ ކަމަށްވެސް ސުޒޭން ބުންޏެވެ.

މީގެ ކުރިން އެފްއޭއެމުން ވަނީ ކޮވިޑް-19ގެ ސަބަބުން 2019-2020 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގެ ބާކީބައި ކެންސަލް ކޮށްފައެވެ. މި ސީޒަންގެ ބާކީބައި އެފްއޭއެމުން ކެންސަލް ކުރީ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށްފަހުއެވެ.

އައު ސީޒަން ޖޫން މަހު ފަށަން ކަލަންޑަރުގައި ހިމަނާފައި އޮތް ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ސީޒަން ފެށުން ލަސްވާނެއެވެ. ބައްސާމް މީގެ ކުރިން ވިދާޅުވީ ފުޓްބޯޅަ ސީޒަން އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، އެފްއޭއެމުން ވިސްނުން ގެންގުޅެނީ ޑިސެމްބަރު މަހު ފުޓްބޯޅަ ސީޒަން އަލުން ފެށުމަށް ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް