Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިފަރުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައް

ނައިފަރުގެ ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ދެން ކުރާނީ އެމްޑަބްލިއުއެސްސީން

ކޮންޓްރެކްޓު ޓަރމިނޭޓް ކޮށްފައިވަނީ 2020 ވަނަ އަހަރު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 15 ޖުލައި 2020 | ބުދަ 07:39
ޅ. ނައިފަރު : ނަރުދަމާގެ މަސައްކަތް ނިންމާނީ އެމްޑަބްލިއުއެސްސީން

ޅ. ނައިފަރު : ނަރުދަމާގެ މަސައްކަތް ނިންމާނީ އެމްޑަބްލިއުއެސްސީން

ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ދެން ކުރާނީ މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީން) ކަމަށް މިނިސްޓަރު އޮފް ޕްލޭނިންގް ހައުންސިންގް އެންޑް އިންފްރާންސްޓްރަކްޗަ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިގޮތަށް ވިދާޅުވެފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު، އެ ރަށުގެ ނަރުދަމާގެ ނިޒާމާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. މެމްބަރު ކުރެއްވި ސުވާލަކީ ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް 2017 ގައި ބަޔަކާ ޙަވާލުކުރެވި، އެ މަސައްކަތުގެ %90 ނިމިފައި ވަނިކޮށް އެއް މަސައްކަތްކުރުމަށް ވެފައިވާ އެއްބަސްވުން 23 ޖަނަވަރީ 2020 ގައި އުވާލާ، ރައްޔިތުންނާ ސީދާ ގުޅުން ހުރި މިފަދަ މުހިންމު އަސާސީ ޚިދުމަތެއް ޙައްލެއް ނުހޯއްދަވައި ހުއްޓާ ލެއްވީ ކީއްވެތޯއެވެ. އަދި މި އަހަރު ރަމަޟާން މަހުގެ ކުރިން މި މަސައްކަތް ނިންމާނެކަމަށް ކޮންޓްރެކްޓަރ އަންގާފައިވަނިކޮށް، ރައްޔިތުންގެ ޚިޔާލު ނުހޯއްދަވައި މި މަސައްކަތް ހުއްޓާލެއްވީ ކީއްވެތޯއެވެ.

Advertisement - newsAdvertisement

މި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް އިންޑިއާގެ ލަކީ އެކްސްޕޯޓު ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު، 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހަށް މި މަސައްކަތް ނިންމަން ޖެހޭކަމަށް ކޮންޓްރެކްޓުގައި އޮތް ނަމަވެސް، މަސައްކަތްތައް ލަސްވުމުގެ ސަބަބުން ތިން ފަހަރެއްގެ މަތިން ކޮންޓްރެކްޓަރަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓު އުވާލާނެ ކަމުގެ އިންޒާރު 2019 ވަނަ އަހަރު ކޮންޓްރެކްޓަރަށް ދީފައިވާނެ ކަމަށާއި އެހެންނަމަވެސް މަސައްކަަތަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓުގައިވާ އުސޫލުން ކޮންޓްރެކްޓު ޓަރމިނޭޓް ކޮށްފައިވަނީ 2020 ވަނަ އަހަރު، އެޓަރނީ ޖެނެރަލްގެ ވެސް ލަފާ ހޯދުމަށް ފަހު ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ނައިފަރުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރަނީ އައިޑީބީ އަދި އޮފިޑުގެ އެހީގެ ދަށުން ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ފަރާތްތަކާއި ވެސް މަޝްވަރާކޮށް، މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެރަށުގެ ނަރުދަމާގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އެމްޑަބްލިއުއެސްސީ އާއިި ހަވާލުކޮށްގެން ކަމަށާއި އެ ކުންފުނިން ޖުލައި މަހުގެ 9 ވަނަ ދުވަހު ޕްރޮޕޯސަލް އެއް ހުށަހަޅާފައިވާކަމަށެވެ. މަޝްވަރާ ކުރަންޖެހޭ ބައެއް ކަންތައްތައް ޕްރޮޕޯސަލްގައި ހުރި ނަމަވެސް މި މަސައްކަތް އަލުން ފަށާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު