Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި އެއްވުންތައް ބޭއްވުން

އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި: ހޯމް މިނިސްޓްރީ

14 ޖުލައި 2020 | އަންގާރަ 07:31

މީގެ ކުރިން ވެސް އެއްވުންތައް ބޭއްވެނީ އެ ސަރަހައްދުގައި އެކަނި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖުލައި 2020 | އަންގާރަ 07:31
ވޮއިސް އޮފް ޗިލްޑްރެން (ވީއޯސީ) އިން ރޭޕް އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ވޮއިސް އޮފް ޗިލްޑްރެން (ވީއޯސީ) އިން ރޭޕް އާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިން

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލެސިޓީގައި އެއްވެސް ބާވަތެއްގެ އެއްވުންތައް ބޭއްވޭނީ ހެންވޭރު ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ބުނެ އެކަން ރައްޔިތުންގެ ސަމާލު ކަމަށް ހޯމް މިނިސްޓްރީން ގެނެސްފިއެވެ.

ހޯމް މިނިސްޓްރީން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ "ސުލްހަވެރިކަމާ އެކު އެއްވެއުޅުމާ ބެހޭ" ގާނޫނުގެ 24 ވަނަ މާއްދާގެ ޅ ގެ ދަށުން، އުޅަނދު ބުރުތަކާއި އެއްވުންތައް އަދި ހިނގާލުންތައް މާލޭގައި ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ލިޔުމުން ދޭ ހުއްދަ ފިޔަވާ މާލޭގައި އެއްވުންތައް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައަޅާފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުންނެވެ. މިއީ އޭރު ޕީޕީއެމްގެ މަޖިލިސް މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހެކެވެ. އެ އިސްލާހު ފާސްވީ ޔާމީން ސަރުކާރަށް ތާއީދު ކުރި މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

އޭރުގެ އިދިކޮޅު އެމްޑީޕީން ވަނީ މިކަމާއި ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އަދި އެ ބިލަށް އޭރު ދެކޮޅު ހަދާ އެމްޑީޕީއަށް ތާއިދުކުރާ މެމްބަރުން ވިދާޅުވެފައިވަނީ އެއްވެ އުޅުމުގެ ހައްގަކީ ދައުލަތުގެ ހުއްދަ ނެތި ވެސް ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްގަކަށްވާއިރު އެ އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

މާލޭގައި މިފަހަކަށް އައިސް ބާއްވާ އެއްވުންތައް ގިނައެވެ. އެގޮތުން އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައާ ދެކޮޅަށް އަމިއްލަ ޖަމިއްޔާތަކުން އަންނަނީ އެއްވުންތައް ބާއްވާ މިފަދަ މައްސަލަތަކުގައި އިންސާފު ޤާއިމުކޮށްދިނުމަށް ގޮވާލަމުންނެވެ. އަދި މިގޮތުން ހުށަހެޅޭ ގިނަ މައްސަލަތައް އެތައް ދުވަހެއްވަންދެން ދިގުލައިގެން ގޮސް، އެ ކުށްކުރާ މީހަކު މުޖުތަމައަށް ދޫވެފައި ހުރުމަކީ ވެސް އެ ޖަމިއްޔާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުވާހާ ހިނދަކު މިފަދަ އިޖްތިމާއީ މައްސަލަތަކަށް ހައްލެއް ލިބިގެން ނުދާނެ ކަމަށް ގިނަ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ

22 މާރިޗު 2017
އިނގިރޭސި ޕާލިމެންޓް ސަރަހައްދުގައި ދިން ހަމަލާގައި މިނިސްޓަރ ސައީދކަށް ގެއްލުމެއް ނުލިބޭ
20 މާރިޗު 2017

މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ

20 މާރިޗު 2017
މިނިވަން 50 ތަހުގީގަށް ލިޔެކިޔުންތަކެއް ހޯދުމަށް އޭސީސީން ހޯމް މިނިސްޓްރީއަށް ވަދެއްޖެ
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް