Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތައުލީމާބެހޭ ބިލަށް އާންމުންގެ ޙިޔާލު ހޯދުން

ސްޓޫޑެންޓް- ޓީޗަރ ރޭޝިއޯއެއް ތައުލީމީ ބިލުގައި ހިމެނުމަށް ފަސްޓްލޭޑީގެ ޙިޔާލުފުޅެއް!

ތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބައްދަލުވުމެއް ވަނީ ބާއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖުލައި 2020 | އަންގާރަ 02:00
އާދިއްތަ ދުވަހުގެ ރޭ މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމުގައި މެޑަމް ފަޒްނާ އަޙުމަދު ވާހަކަދައްކަވަނީ

އާދިއްތަ ދުވަހުގެ ރޭ މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމުގައި މެޑަމް ފަޒްނާ އަޙުމަދު ވާހަކަދައްކަވަނީ

ތައުލީމާބެހޭ ބިލު ޤާނޫނަކަށް ވެގެން އަންނައިރު، ސްޓޫޑެންޓް- ޓީޗަރ ރޭޝިއޯއެއް (ޓީޗަރަކަށް ޙަވާލު ކުރެވޭނެ ދަރިވަރުންގެ ވަކި އަދަދެއް) ހިމެނުމަށް ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ހިޔާލު ހުށައަޅުއްވައިފިއެވެ.

ތައުލީމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް އާދިއްތަ ދުވަހުގެ ރޭ މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމުގައި ޙިޔާލު ހުށައަޅުއްވަމުން ފަޒްނާ ވިދާޅުވީ، ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ކަމަށާއި، މިއީ އެކަމަނާއާ ވަރަށް ގާތް ދާއިރާއެއް ކަމަށެވެ.

އޭގެ އިތުރުން، ސްޓޫޑެންޓް-ޓީޗަރ ރޭޝިއޯއެއްގެ މުހިއްމުކަން ފާހަގަ ކުރައްވައި ފަޒްނާ ވިދާޅުވީ، ބައެއް ފަހަރު ސްކޫލަށް ކުދިން ވައްދަން އެދުމުން ޖާގަ ނެތް ކަމަށް ބުނާ ކަމަށެވެ. އަދި އެކަން ޙައްލު ކުރުމަށް އެފަދަ ރޭޝިއޯއެއް ޤާއިމުކޮށް، ރޭޝިއޯގައި ވާ އަދަދު ފުރިހަމަ ވުމުން އެހެން ކްލާހެއްގައި ދަރިވަރުންނަށް ބައިވެރިވެވިދާނެ ގޮތް ހެދިދާނެ ކަމަށެވެ.

މެޑަމް ފަޒްނާ ހުށައެޅުއްވި ޙިޔާލަކީ ތައުލީމީ ބިލުގެ ކޮލިޓީ ހިފެހެއްޓުމަށް ބިލުގައި ހިމަނަން ޖެހޭ ޕޮއިންޓެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވެސް ފާހަގަ ކުރެއްވިއެވެ. އަދި ތައުލީމީ ބިލުގައި އެފަދަ ޕޮއިންޓެއް ހިމެނުމަށް މިނިސްޓްރީން ވަނީ ތާއީދު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ބިލް ހުށަހެޅުއްވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު މުމްތާޒް އާއި، ބާރަށު ދާއިރާގެ މެމްބަރ އަހުމަދު އަބްދުﷲ އެވެ. އަދި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން ޑރ އަބްދުﷲ ރަޝީދު އަހުމަދު އާއި އެމްއެންޔޫގެ ލެކްޗަރަރ ލީލާ އަހުމަދުގެ އިތުރުން އިބްރާހީމް އިސްމާއީލް (އިބްރާ) ވެސް މި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ތައުލީމުގެ ބިލުގައިވާ ގޮތުން އުމުރުން ހަތަރު އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ތައުލީމު ލާޒިމުވާ އުމުރުގެ ކުއްޖެކެވެ. ބިލުގައި ޕްރީ ސްކޫލް ތައުލީމާއި ސާނަވީ ތައުލީމާއި މަތީ ސާނަވީ ތައުލީމު ހިލޭ ކޮށްދިނުމުގެ އުސޫލުތައް ބަޔާން ކޮށްފައިވެއެވެ. އަދި ދަރިވަރުންގެ ހައްގުތަކާއި ބެލެނިވެރިންނާއި ޓީޗަރުންނާއި ސަރުކާރުގެ ޒިންމާތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ދަރިވަރަކާ ބަދްއަޚުލާޤީ ޢަމަލު ހިންގި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި

16 އެޕްރީލު 2017
ދަރިވަރަކާ ބަދްއަޚުލާޤީ ޢަމަލު ހިންގި ބިދޭސީ ޓީޗަރަކު ހައްޔަރުކޮށްފި
15 އެޕްރީލު 2017

ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި

15 އެޕްރީލު 2017
ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
20 ފެބުރުއަރީ 2017

ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި

20 ފެބުރުއަރީ 2017
ސްޓެލްކޯއިން ކެއަރ ސޮސައިޓީއަށް ޓީޗަރަކު ހަމަޖައްސައިދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު