Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ އިގްތިޞާދު

ކޮވިޑްގެ ހާލަތާއެކު ފެނިގެންދިޔައީ ރާއްޖޭގެ އިގްތިޞާދު ބައްޓަންވެފައި ވަނީ ގޯސްކޮށްކަން: އިކޮނޮމިކް މިނިސްޓަރު

13 ޖުލައި 2020 | ހޯމަ 12:08

ރާއްޖޭގެ 90 އިންސައްތަ ވިޔަފާރިއަށް ދެ މަސްދުވަސް ހިފަހައްޓާނުލެވުނު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 ޖުލައި 2020 | ހޯމަ 12:08
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ކޮވިޑްގެ ހާލަތާއެކު ފެނިގެންދިޔައީ ރާއްޖޭގެ އިގްތިޞާދު ބައްޓަން ވެފައިވަނީ ގޯސްކޮށްކަމަށް އެކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަހަކަށް އައިސް ބިދޭސީން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލައަށް މެމްބަރުން ބަހުސްކުރައްވަމުން ގެންދަވަނިކޮށް އެކޮނޮމިކް މިނިސްޓަރ ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

Advertisement - newsAdvertisement

އެގޮތުން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މެމްބަރުންނަށް ވަނީ މައުލޫމާތު އަރުއްވާފައެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން ރާއްޖޭގެ އިގްތިޞާދަށް ވަކިން ޚާއްސަކޮށް ވިޔަފާރިތަކަށް ކޮށްފައިވާ އަސަރުތަކަށްވެސް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އޮތީ ވިޔަފާރިތަކަށް ހުޅުވާލާފައިވާ އިގްތިޞާދެއް ކަމަށެވެ. އަދި މިސަރުކާރަކީ ޒަމާނީ، އިންސާނީ ހައްގުތަކާއި އާންމު ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ހިމާޔަތް ކޮށްދީ ،ސަރުކާރެއްގެ ފަރާތުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އައިސްފައިވާ ސަރުކާރެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ވިޔަފާރިތަކަށް އޮތް ފުރުސަތު ފުޅާކޮށް ގެންދަން ބޭނުންފުޅުވާ ކަމަށާއި ވިޔަފާރިތައް ލައްވާ ވިޔަފާރި ކުރުވައިގެން އޭގެން ޓެކްސް ހޯދައިގެން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ދޭން ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ނަމަވެސް ވިޔަފާރިތަކަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 90 އިންސައްތަ ވިޔަފާރިއަށް ދެ މަސް ދުވަސް ހިފަހައްޓާ ނުލެވުނު ކަމަށެވެ. މިއީ މައްސަލައެއް ކަމަށާއި ނަމަވެސް އެއީ ވިޔަފާރީގެ މައްސަލައެއްތޯ ނުވަތަ ސަރުކާރުގެ ނިޒާމުގެ މައްސަލައެއްތޯ ބައްލަވާ އެކަންކަން ރަނގަޅުކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމުގައި އޮތް އެންމެ ބޮޑު މައްސަލައެއް ކަމަށް ގަބޫލުކުރައްވަނީ ރާއްޖޭގެ މާލީ ނިޒާމު އޮތްގޮތް ކަމަށާއި ނިޒާމު ބަދަލު ކޮށްގެން ނޫނީ ހުރިހާ ކަމެއްގެ ހައްލެއް ނުހޯދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ކުރައްވާނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުސާރަ ނުދެވޭ މައްސަލައަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ މުސާރަ ނުދެވުމަކުން، އެ ވިޔަފާރިވެރިޔާގެ މުދާތައް ނަގައި ނުވަތަ ވިއްކާލައިގެން މުސާރަ ދިނުމުގެ ޤާނޫނީ ބާރެއް ލިބިފައި ނޯންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިކަންކަމުގައި ސިޔާސީ މަންފާއެއް ހޯދުމަށް ވެސް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށެވެ.

ކޮވިޑް ރޯގާއާ ގުޅިގެން ރާއްޖޭގެ ގިނަ އިގްތިސާދީ ހަރަކާތްތަކެއް ހުއްޓުމަކަށް އަންނަން މެދުވެރިވިއެވެ. ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުއިތަކެއް ދިނުމުގެ ގޮތުން ސަރުކާރުން އިކޮނޮމިކް ރިލީފް ޕްރޮގްރާމެއް ފަށައިގެން އަންނަނީ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދެމުންނެވެ.

ނަމަވެސް މި ރިލީފް ޕްރޮގްރާމްގެ ތެރެއިން، އަލަށް ފަށައިގެން އައި ގިނަ ވިޔަފާރިތަކަށާއި އަލަށް ހިނގައި ގަންނަން ފެށި ބައެއް ވިޔަފާރިތައް ބަގުރޫޓުވެފައިވާ ކަމަށް އެ ވިޔަފާރިތަކުން ވަނީ ބުނެފައެވެ. އަދި މިހެން ދިމާވާން މެދުވެރިވީ، ސަރުކާރުން އެކުލަވާލި ޕްރޮގްރާމްގެ ޝަރުތުތައް މިފަދަ ބައެއް ވިޔަފާރިތަކަށް ފުރިހަމަ ނުވުމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް