Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރު ޖާބިރުގެ ސިޓީ

މައުމޫނުގެ ތެދުވެރިކަން ނެތްކަން ކޯލިޝަނަށް ސާބިތުކޮށްދޭނަން: ޖާބިރު

7 ޖުލައި 2020 | އަންގާރަ 12:33

މައުމޫން އަކީ ވައުދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އިތުރުފުޅާއި ހީލަތް ހައްދަވާ ބޭފުޅެއް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 7 ޖުލައި 2020 | އަންގާރަ 12:33
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)، ސަރުކާރު ކޯލިޝަަނުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނު ދުވަސްވަރު، ޖާބިރު އަތުން ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށައަޅުއްވާފައެވެ. ނަމަވެސް އެފަދަ އެއްވެސް މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫން އަށް ފޮނުއްވެވި ސިޓީއެއްގައި ޖާބިރު ވިދާޅުވީ، 30 އަހަރުގެ ވެރިކަމެއް ކުރެއްވި ބޭފުޅަކު، ވެވަޑައިގެންފައިވާ ވައުދުތަކަށް އިހްތިރާމް ނުކުރައްވާ އެއްވެސް ފައިސާއެއް ނުނަންގަވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އަދި މައުމޫން ވަނީ، އޭނާގެ ހައްގުތަކަށް އަރައިވަޑައިގެންފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

29 މިލިއަން ރުފިޔާ ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައާ ގުޅުވައި ޖާބިރު ވިދާޅުވީ، މައުމޫން އަކީ ވައުދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އިތުރުފުޅާއި ހީލަތް ހައްދަވާ، ބަހުގައި ތެދުވެރިކަން ނެތް ބޭފުޅެއްކަމަށެވެ. އަދި އެކަން ކޯލިޝަންގެ އެންމެހާ ޕާޓީތަކަށް ސާބިތުކޮށް ދެއްވާނެ ކަމަށެވެ. ޑީއާރްޕީގެ ލީޑަރު ވިދާޅުވީ، ދިވެހި ސަރުކާރު އެކުލެވިފައިވާ ކޯލިޝަނުން މައުމޫންގެ އެމްއާރްއެމް ވަކި ކުރަން ކުރަންޖެހޭ މަސައްކަތް، އެ ޕާޓީން ފަށާފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި މެމްބަރު ޖާބިރު ވިދާޅުވީ އެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ޑިމޮކްރެސީ އަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓްރެސްޓާއި އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރު އަށް ދެއްވާނެ ކަމުގެ ޔަގީންކަން އެރުވިކަމަށް ޖާބިރު ވަނީ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ރައީސް މައުމޫނުގެ އާދޭސް! ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ނުދޭތި!

04 މެއި 2017
ރައީސް މައުމޫނުގެ އާދޭސް! ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ނުދޭތި!
19 އެޕްރީލު 2017

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ

19 އެޕްރީލު 2017
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓްގެ ޕާސްޕޯޓް ކެންސަލްކޮށް، ހޯދުމަށް އިންޓަޕޯލްގައި އެދިއްޖެ
13 އެޕްރީލު 2017

ޒައިދުގެ މައްސަލައިގައި ރައީސް މައުމޫނުގެ ފާޑުކިއުން އެޗްއާރުސީއެމަށް

13 އެޕްރީލު 2017
ޒައިދުގެ މައްސަލައިގައި ރައީސް މައުމޫނުގެ ފާޑުކިއުން އެޗްއާރުސީއެމަށް
10 އެޕްރީލު 2017

ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް ޞަފްވާން ހޯދުމަށް ފުލުހުން އިއުލާންކޮށްފި

10 އެޕްރީލު 2017
ރައީސް މައުމޫނުގެ ޕާސަނަލް އެސިސްޓެންޓް ޞަފްވާން ހޯދުމަށް ފުލުހުން އިއުލާންކޮށްފި
04 އެޕްރީލު 2017

ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ

04 އެޕްރީލު 2017
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
31 މާރިޗު 2017

ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި

31 މާރިޗު 2017
ތަޅު ހަލާކުކޮށްލުމަށް ފަހު، ރައީސް މައުމޫނުގެ އޮފީހުގެ ނަން ބޯޑާއި ދިދަ ފުލުހުން ނަގައިފި
30 މާރިޗު 2017

ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި

30 މާރިޗު 2017
ޕީޕީއެމްގެ ރައީސް މައުމޫނުގެ އޮފީސް ބަންދުކުރުމަށް ފުލުހުންނަށް އަމުރުކޮށްފި
24 މާރިޗު 2017

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
18 ފެބުރުއަރީ 2017

ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި

18 ފެބުރުއަރީ 2017
ދެ މިލިއަން ރުފިޔާ ހޯދަން ރައީސް މައުމޫނުގެ ހަތަރު ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް