Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު: ހާލަތު ދެނެގަތުން

"ހިޔާ މަޝްރޫއު"ގެ ދަށުން، ހާލަތު ދެނެގަތުމަށް ފޯނަށް ނުގުޅި ހުރި ފަރާތްތަކުގެ ނަންތައް ހާމަކޮށްފި

7 ޖުލައި 2020 | އަންގާރަ 06:34

މިހާތަނަށް ދިރިއުޅުމުގެ ހާލަތު ބެލިފައިވަނީ 40 ޕަސެންޓް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 7 ޖުލައި 2020 | އަންގާރަ 06:34
ހިޔާ މަޝްރޫއުގެ ފްލެޓްހުރި ޓަވަރުތަކެއް: 25 ބުރީގެ 16 ޓަވަރުގައި 6720 ފްލެޓް ހިމެނޭ

ހިޔާ މަޝްރޫއުގެ ފްލެޓްހުރި ޓަވަރުތަކެއް: 25 ބުރީގެ 16 ޓަވަރުގައި 6720 ފްލެޓް ހިމެނޭ

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމަށް ގޭގެއަށް ޒިޔާރަތް ކުރުމުގެ ކުރިން އެ ފަރާތްތަކާއި ފޯނުން ގުޅައި ކަށަވަރު ކުރުމުގެ މަސައްކަތްތަކުގެ ދަށުން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން ނުގުޅޭ ބައެއް ފަރާތްތަކުގެ ނަންތައް ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އަންގާރަ ދުވަހު، ގެޒެޓް ކުރައްވާފައިވާ މި ލިސްޓްގައި ހިމެނޭ ފަރާތްތަކަކީ، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ،H5 ،H6 ،H8 އަދި H10 މި ކެޓެގަރީތަކުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތަކެވެ. މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި މުޅިން ނިމިފައި ނުވާތީ، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީން ނުގުޅޭ ފަރާތްތަކުގެ ލިސްޓްތައް ވެސް ޢާންމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި، މިއީ ފްލެޓް ލިބުނު ފަރާތްތަކުގެ ފައިނަލް ލިސްޓުތައް ނޫން ކަމަށް ވެސް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފާހަގަ ކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ޢާންމުކުރި ލިސްޓުގައި ހިމެނޭ ފަރާތްތަކުން 14 ޖުލައި 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން،https://hcc.presidency.gov.mvމި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެދިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ފްލެޓުގެ މައްސަލަ ބެލުމަށް ކޮމެޓީއެއް އުފެއްދެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓްތައް ދީފައި ވަނީ އެންމެ ހައްގު ވެރިންނަށްކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކުތައް އުފެދި، ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ. ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވަނީ، ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުގެ ހާލަތަށް ބެލުމެއްނެތި ކަމަށެވެ.

ރައީސް ޞާލިޙު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ހޯމަ ދުވަހު ވަނީ ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ރައީސް ޞާލިހު އުފައްދަވާފައިވާ ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމެޓީއާ ހަވާލާ ދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ޖުލައި މަސް ނިމޭ ހިސާބުން ފެށިގެން، ކެޓަގަރީތައް ނިމޭވަރަކުން، އެ ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމު ކުރަމުން ގެންދަވާނެ ކަމަށެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް އެއްކޮށް ނިންމާލެވޭވަރު ވާނީ ސެޕްޓެމްބަރު މަހާ ހިސާބަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން، ފްލެޓް މައްސަލަ ބަލާ ކޮމެޓީއާ ހަވާލާ ދެއްވައި، މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ފްލެޓަށް ފޯމް ލާފައިވާ މީހުންގެ ތެރެއިން މިހާތަނަށް ދިރިއުޅުމުގެ ހާލަތު ބެލިފައިވަނީ 40 އިންސައްތަ މީހުންގެ ކަމަށެވެ. އަދި ބާކީ އޮތް 60 އިންސައްތަ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
25 ފެބުރުއަރީ 2017

މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް

25 ފެބުރުއަރީ 2017
މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ހިންގާ އާ ޕްރޮޖެކްޓެއް ނެތް: މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު ނާޒިމް
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
16 ފެބުރުއަރީ 2017

ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން

16 ފެބުރުއަރީ 2017
ޙައްގުތަށް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ: ރައީސް ޔާމީން
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް