Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަވީ އަލް ސާދުގައި މަޑުކުރުން

އަލް ސާދުގެ އެއްބަސްވުން ޒަވީ އާކޮށްފި

6 ޖުލައި 2020 | ހޯމަ 13:35

އަލް ސާދުގެ އެއްބަސްވުން ޒަވީ އާކުރީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ޖުލައި 2020 | ހޯމަ 13:35
އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭސް: އޭނާ ހޯދަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުން

އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭސް: އޭނާ ހޯދަން ބާސާއިން އަންނަނީ މަސައްކަތް ކުރަމުން

ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް ގަތަރުގެ އަލް ސާދުގެ އެއްބަސްވުން ޒަވީ ހެނާންޑޭސް އާކޮށްފިއެވެ.

އަލް ސާދުގެ އެއްބަސްވުން ޒަވީ އާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ވަނީ ޒަވީއަށް ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވެވޭނެކަން ހިމަނާފައެވެ.

ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން ޒަވީ އާކުރިއިރު، ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަމަޖެއްސުމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.

މިދިޔަ ޖެނުއަރީ މަހުވެސް ބާސާގެ ކޯޗުގެ މަގާމުން އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ޒަވީ ގެންދަން އެޓީމުން މަސައްކަތްކުރިއެވެ. އެކަމަކު އެފަހަރު ޒަވީ ހުށަހެޅި ކަންތައްތަކަށް ކްލަބުގެ ވެރިން އެއްބަސް ނުވުމުން، ޒަވީ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ.

އަންނަ ސީޒަނުގައި ބާސާގެ ކޯޗުގެ މަގާމަށް ޒަވީ ހަމަޖައްސަން އުޅޭ ކަމަށް ރިޕޯޓުތައް ބުނިއިރު، ބާސާގެ ކޯޗުގެ މަގާމާ މި ސީޒަނުގެ މެދުތެރެއިން ހަވާލުވި ކިކޭ ސެޓިއެން، މި ސީޒަން ނިމުމުން މަގާމުން ދުރުކުރާނެ ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ. އެގޮތުން މި ސީޒަނުގައި ކުރިއަށް ހުރި މެޗުތަކުގައި ބާސާގެ މެނޭޖްމަންޓުން ބޭނުންވާ ފަދަ ކުޅުމެއް އެޓީމުގެ ފަރާތުން ނުފެނިއްޖެ ނަމަ، ސެޓިއެން މަގާމުން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލް ސާދާއެކު އެއްބަސްވުން އައު ކުރުމަށް ފަހު ޒަވީ ބުނީ އެ ޓީމަށް ކާމިޔާބު ހޯދައިދޭން އިތުރު އަހަރެއް ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށާއި، ކުޅުންތެރިއެއްގެ ގޮތުގައި ކުރި ޚިދުމަތަށް ވުރެން ކޯޗެއްގެ ގޮތުގައި ކާމިޔާބު މަސައްކަތެއް ކުރަން ބޭނުންވާ ކަމަށެވެ.

ސްޕެއިންގެ އިތުރުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ޒަވީ އަލް ސާދަށް ބަދަލުވީ 2015 ވަނަ އަހަރެވެ. އެ ޓީމަށް ކުޅެދިނުމަށް ފަހު ޒަވީ ކޯޗެއްގެ ރޯލުގައި އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. ޒަވީގެ އިރުޝާދުގެ ދަށުން އަލް ސާދު ވަނީ ގަތަރު ކަޕާއި ގަތަރު ސުޕަ ކަޕްގެ ތަށި އުފުލާލާފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް