Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާ ފްލެޓް މަޝްރޫއު

ޖުލައި މަސް ނިމޭ ހިސާބުގައި ފްލެޓްތައް ލިބޭ ފަރާތްތައް އިއުލާން ކުރަމުންދާނެ: އަސްލަމް

ފްލެޓަށް އެދި 25،243 އެޕްލިކޭޝަން ހުށަހަޅާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 6 ޖުލައި 2020 | ހޯމަ 11:02
ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް

ޕްލޭނިންގ އެންޑް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް

މި ހިނގާ ޖުލައި މަސް ނިމޭ ހިސާބުން ފެށިގެން، ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތައް ލިބޭ، ފަރާތްތަކުގެ ތެރެއިން، މަސައްކަތް ނިމޭ ކެޓަގަރީތައް އިއުލާން ކުރަމުންދާނެ ކަމަށް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ޞާލިހު އުފައްދަވާފައިވާ ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމެޓީއާ ހަވާލާ ދެއްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ ޖުލައި މަސް ނިމޭ ހިސާބުން ފެށިގެން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާއްމު ކުރަމުން ގެންދަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޞާލިހު، ފްލެޓުގެ މައްސަލަ ބެލުމަށް ކޮމެޓީއެއް އުފެއްދެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކުރި ފްލެޓްތައް ދީފައި ވަނީ އެންމެ ހައްގުވެރިންނަށްކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކުތައް އުފެދި، ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ނެވެ. ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ، ރައީސް ޔާމީންގެ ސަރުކާރުން ހިޔާ ފްލެޓް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވަނީ، ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުގެ ހާލަތަށް ނުބަލާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދިފައިވަނީ 25،243 އެޕްލިކޭޝަން ފޯމް ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭގެ ތެރެއިން 21،000 އެޕްލިކޭޝަން ފޯމް ބަލާ ނިމިފައިވާއިރު، 3243 އެޕްލިކޭޝަން ފޯމް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދަށް ދިއުމާ ގުޅިގެން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވި ނަމަވެސް މިހާރު މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ފްލެޓަށް އެދި ހުށަހެޅި ފޯމުތައް ބަލާ، ޗެކްކުރަމުންދާ ކޮމެޓީން، 40 ޕަސެންޓް ގޭގެއަށް ޒިޔާރަތްކޮށް، ހާލަތު ބަލާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 60 ޕަސެންޓްގެ ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވަނީ، ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި މިސަރުކާރުން ހިފަހައްޓާ މިންވަރުގައި ހިފަހައްޓަވާނެ ކަމަށާއި، 7،000ރ ރުފިޔާއަށް ވުރެ ބޮޑުނުވާނެ ކަމަށެވެ. އދި ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި، ހިޔާ މަޝްރޫއިން ފްލެޓް ލިބޭ ފަރާތްތަކަށް އެފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. ފްލެޓްތަކަށް ބޭނުންވާ ފެނާއި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދީ ނިންމުމަށް 8 މަސް ދުވަސް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު