Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގަލޮޅު ދަނޑުގެ މަސައްކަތް

ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ނުފެށޭނެ: ވަޒީރު

1947 ވަނަ އަހަރު ކުޅެން ފެށި ގަލޮޅު ދަނޑަކީ އޭރު ގަލޮޅު އަވަށު ދަނޑު

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 5 ޖުލައި 2020 | އާދީއްތަ 16:37
ގަލޮޅު ދަނޑު: މިއަހަރު މަސައަކަތް ނުފެށޭނެ ކަމަށް ވަޒީރު ވިދާޅުވި

ގަލޮޅު ދަނޑު: މިއަހަރު މަސައަކަތް ނުފެށޭނެ ކަމަށް ވަޒީރު ވިދާޅުވި

ރާއްޖޭގެ ރަސްމީ ފުޓްބޯޅަ ދަނޑު ކަމަށްވާ ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ނުފެށޭނެ ކަމަށާއި އެހެން ކަމުން މިހާރު އޮތް ހައްލަކީ ހުރި ގޮތަށް އެ ސްޓޭޑިއަމް ބޭނުން ކުރުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގެ މަސައްކަތް މި އަހަރު ފެށިދާނެތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ވަޒީރު ވިދާޅުވީ ކުރިން ޕްލޭނުކޮށްފައި އޮތީ ދަނޑުގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށާއި އެކަމަށް ހުއްދަވެސް ރައީސް އޮފީހުން ލިބިފައިވާ ކަމަށެވެ. އެކަމަކު މިހާރު ކުރިމަތިވެފައިވާ ހާލަތާއެކު ބޮޑު ހޭދައެއްކޮށް, އެ މަސައްކަތް ނުކުރެވޭނެކަން ޔަގީންވާ ކަމަށެވެ.

ގަލޮޅު ދަނޑަކީ ދިވެހިންގެ ހިތާއި ގުޅިފައިވާ ފުޓްބޯޅައިގެ ހުރިހާ ހަނދާންތަކެއް އެ ތަނެއްގައިވާ ތަނަކަށްވުމާއެކު އެތަނުގައި އަބަދުވެސް ފުޓްބޯޅަ ކުޅޭތަން ފެންނަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ބައިނަލްއަގުވާމީ މެޗުތައް މިހާރު ކުޅެން ޖެހުނަސް އެކަން ކުރަން ޖެހޭނީ އެއޮތް ހާލަތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި އޮތް ވިނަގަނޑު ތަރައްގީކޮށް ލައިޓިން ސިސްޓަމެއް ގާއިމު ކުރުމަށް 25 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށާއި ހަމައެކަނި ލައިޓިންނަށް އެކަނިވެސް 12 މިލިޔަން ޚަރަދުވާއިރު، މިހާރުގެ ހާލަތުން އެ މަސައްކަތް ނުކުރެވޭނެކަން ޔަގީންވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން ކުރިން ބުނެފައިވަނީ އައު ސީޒަނުގެ މެޗުތައް ދެ ދަނޑެއްގައި ކުޅެން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލެ ދަނޑުގައި މެޗުތައް ކުޅުމަށް ނިންމާފައިވީ ނަމަވެސް، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ވިސްނުން ގެންގުޅޭއިރު، ހުޅުމާލެ ދަނޑުގެ މަސައްކަތް ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށް ދެވަނަ ދައުރަކަށް އިންތިޚާބުވުމަށް ފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

އަދި މިހާރުގެ ހާލަތަށް ބަލާއިރު ހުޅުމާލޭ އޮންނަ ދަނޑު އަވަސް ކޮށްލައިގެން ތައްޔާރުކުރުން މަޖުބޫރު ނޫން ކަމަށާއި، ޑިސެމްބަރު މަސް އަންނަންވާއިރަށް ވިލިމާލޭގައި ހަދަމުންދާ ދަނޑު ނިމޭނެ ކަމަށް ބެލެވޭއިރު ސީޒަނުގެ ބައެއް މެޗުތައް ވިލިމާލޭ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓު ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިންގ މިނިސްޓްރީން އަންގާފައިވާތީ، މިދިޔަ އަހަރު އެތަން ބަންދުކުރުމާއި ގުޅިގެން ބައިނަލްއަގުވާމީ މެޗުތައް ކުޅެފައި ވަނީ ވެސް މަދު އަދަދެއްގެ ޓިކެޓު ވިއްކައިގެންނެވެ.

ބަންދުކުރި ދެ ސިޑިބަރީގެ ތެރެއިން ސަހަރާ ފަޅީގެ ސިޑިބަރި އެއްކޮށް ހަދާނިމިފައި ވަނީ 90ގެ އަހަރުތަކުގެ ކުރީކޮޅުއެވެ. ސަހަރާ ފަޅީގެ ސިޑިބަރި ދަށުގައި، އެކޮމަޑޭޝަން ބްލޮކުގެ ކޮޓަރިތަކާއި ހޭންޑްބޯލް އެސޯސިއޭޝަނާއި ކެރަމް އެސޯސިއޭޝަނުގެ އޮފީސް އަދި ކެރަމް ހޯލް ހުންނައިރު، ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް ގުދަން ވެސް ހުރެއެވެ.

1947 ވަނަ އަހަރު ކުޅެން ފެށި ގަލޮޅު ދަނޑަކީ އޭރު މާލޭގައި ހަތަރު އަވަށުގެ ހަތަރު ކްލަބަށް ގާއިމު ކުރެވުނު ދަނޑުތަކުގެ ތެރެއިން ދަނޑެކެވެ. މި ގޮތުން ގަލޮޅު ދަނޑާއެކު މިހާރު އޭޑީކޭ ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި އޭރުގެ ވައިލެޓް ފެހި އެއީ ހެންވޭރު ދަނޑު ކަމުގައި ހަމަޖެހުނުއިރު، ޖަމާލުއްދީން ސްކޫލް ހުރި ތާނގައި މައްޗަންގޮޅި ދަނޑު އަދި މާފަންނު ބިސްބުރު އިރުން މާފަންނު ދަނޑު ހެދިގެން ދިޔައެވެ. އޭރުގެ ރަސްމީ ފުޓްބޯޅަ ދަނޑަކީ މިހާރުގެ ހެންވޭރު ދަނޑެވެ. ގަލޮޅު ދަނޑު ރަސްމީ ފުޓްބޯޅަ ދަނޑަކަށް ހަމަޖައްސާފައި ވަނީ 1974 ވަނަ އަހަރުއެވެ. އެހެންކަމުން ގަލޮޅު ދަނޑު ރަސްމީ ފުޓްބޯޅަ ދަނޑުގެ ގޮތުގައި އޮންނަތާ މިހާރު 46 އަހަރު ވަނީ ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

ފާއިތުވި އަހަރުގެ އެންމެ މޮޅު ބިލިއަޑް ކުޅުންތެރިޔާގެ މަގާމު ޝަރީ އަށް

25 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު