Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚަބަރު ސިޓީ

އެމްޑީޕީގެ "ޚަބަރު ސިޓީ" ނެރެންފަށައިފި

މި މަޖައްލާ އަލުން ނެރެން ފަށާފައިވަނީ ޕާޓީގެ 15 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 4 ޖުލައި 2020 | ހޮނިހިރު 07:49
އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަނެއްކާ ވެސް އެ ޕާޓީގެ ނޫސް މަޖައްލާ "ޚަބަރު ސިޓީ" ނެރެން ފަށައިފިއެވެ.

އެމްޑީޕީގެ 15 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ޚަބަރު ސިޓީ" އަލުން ނެރެން ފަށާފައިވާއިރު، މި ނޫހުގެ އެޑިޓަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މި މަޖައްލާގެ ފުރަތަމަ އަދަދު ޚާއްސަކޮށްފައިވަނީ އެމްޑީޕީގެ އަމާޒާއި ޕާޓީ އުފެއްދުމަށް ކުރި މަސައްކަތްތަކާއި ވެދިޔަގޮތުގެ މައްޗަށް ކަމަށެވެ.

މި މަޖައްލާ ނެރެފައި މިވަނީ ވަރަށް ޚާއްސަ ލިޔުންތެރިންގެ ލިޔުންތަކާއި އެކުގައި ކަން ވަނީ ފާހަގަ ކުރައްވާފައެވެ. 1990 ވަނަ އަހަރު ނުކުތް މަޝްހޫރު "ސަންގު” މަޖައްލާގައި ހިމަނާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި، ރައީސް މުހައްމަދު ނަޝީދު ލިޔުއްވާފައިވާ ލިޔުންތައް މި އަދަދުން ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛު ޙަސަން ލަތީފް ލިޔުއްވާފައިވާ ޤާނޫނީ ދާއިރާއާ ގުޅުންހުރި ގިނަ ލިޔުންތައް ވެސް ފެނިގެންދެއެވެ. މި މަޖައްލާ ނެރުމުގެ މަޤްސަދަކީ ޕާޓީގެ ޚަބަރާއި މައުލޫމާތު ރަސްމީކޮށް އާންމު ކުރުމެވެ.

މި މަޖައްލާގައި ޕާޓީގެ ގުނަންތަކުން ކުރާ މަސައްކަތުގެ މައުލޫމާތު ހާމަކުރެއެވެ. އަދި އެކި ކަންކަމުގައި އާންމު މެންބަރުން ދެކޭ ގޮތް ފާޅުކުރުމަށް ފުރުސަތު ވަނީ ދީފައެވެ.

މީގެ އިތުރުން ސަރުކަރާއި ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމުގެ މައުލޫމާތާއި ޕާޓީގެ ސެކްރެޓެރިއޭޓުންނާއި ވަޒީރުންނާއި، މަޖިލިސް މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، ކައުންސިލަރުންނާއި، ޕާޓީގެ އަންހެނުންގެ ރޫޚާއި، ޒުވާނުންގެ ހިތްވަރާއި، ކޮމިޓީތަކާއި، ކޮންގްރެސްގެ މެންބަރުން އެކި މައުޟޫއުތަކަށް ލިޔުއްވާ އިލްމީ، ތާރީޚީ އަދި ސިޔާސީ ލިޔުންތައް ޝާއިއު ކުރެވޭނެއެވެ.

އަދި ސޯޝަލް މީޑިއާއިން ފާހަގަކުރެވޭ ޚިޔާލްތަކާއި ފާޑުކިއުންތަކާއި ލިޔުންތައްވެސް ހިމެނިގެންދެއެވެ. މި މަސައްކަތް ކުރިއަށްދަނީ އެމްޑީޕީގެ "ޒުވާނުންގެ ހިތްވަރު" ގެ ޚާއްސަ އެހީތެރިކަމާއި އެކުގައެވެ.

"ޚަބަރު ސިޓީ" ގެ ނަމުގައި އެމްޑީޕީގެ ޚަބަރާއި މައުލޫމާތު ފެތުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ 1 ޑިސެމްބަރު 2003 ގައެވެ. އެގޮތުން އެއީ ރާއްޖޭގައި އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ކުރި ގިނަ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އަޅައި އެމަސައްކަތް ކުރާނެ އެއްވެސް ފުރުސަތެއް ނުދިނުމުން 10 ނޮވެމްބަރު 2003 ގައި ސްރީލަންކާގެ ކޮލޮމްބޯގައި ޕާޓީ އިއުލާން ކުރުމަށް ފަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު