Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑްގެ މާލީ އެހީތެރިކަން

އިކޮނަމިކް ރެސްޕޯންސްގެ ގޮތުގައި 360 މިލިއަން ރުފިޔާ ދޫކޮށްފި

ބޭންކުތަކުން ދޫކުރާ މާލީ އެހީތަކަށް އިތުރު 50 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ޖުލައި 2020 | ހޮނިހިރު 04:40
ކޮވިޑް-19 އާއި ގުޅިގެން ރިސޯޓް މުވައްޒަފުންގެ މުސާރަ ކުޑަކުރި މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓް މުވައްޒަފުންގެ މުސާރަ ކުޑަކުރި މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން

އިކޮނަމިކް ރެސްޕޯނސްގެ ގޮތުގައި މިހާތަނަށް 360.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކަށް ބަލާ އިރު، މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޖުމްލަ 360.1 މިލިއަށް ރުފިޔާ ހަރަދުކޮށްފައިވާ އިރު މިއީ އޭގެ ކުރީގެ ހަފްތާއާއި އަޅާ ބަލާއިރު 18.7 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން އެންސްޕާއަށް ކުރި ހަރަދު ވެސް ވަނީ 6.8 މިލިއަނަށް އިތުރުވެފައެވެ. އަދި މީގެ އިތުރުން ބޭންކުތަކުން ދޫކުރާ މާލީ އެހީތަކަށް އިތުރު 50 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ކޮވިޑް-19 އާއި ގުޅިގެން އިކޮނަމިކް ރެސްޕޯންސް ގޮތުގައި 360.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު މީގެ ތެރެއިން 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މީގެ އިތުރު ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ރިކަވަރީ ލޯން ސްކީމްގެ ދަށުން 350 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް 271 ފަރާތަކަށް 339.1 މިލިއަން ރުފިޔާ އަދި އެސްޑީއެފްސީ މެދުވެރިކޮށް 957 ފަރާތަކަށް 108.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު