Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިތުރު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އިތުރު 21 މީހަކު ޕޮޒިޓިވްވެ 10 މީހަކު ބަލިން ރަނގަޅުވެއްޖެ

21 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 17 މީހުންނާއި ލަންކާ މީހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 1 ޖުލައި 2020 | ބުދަ 17:50
މާލޭގައި ކުރިއަށް ގެންދާ އެކްޓިވް ސަރވައިލެންސްގެ ތެރެއިން މީހެއްގެ ސާމްޕަލް ނަގަނީ

މާލޭގައި ކުރިއަށް ގެންދާ އެކްޓިވް ސަރވައިލެންސްގެ ތެރެއިން މީހެއްގެ ސާމްޕަލް ނަގަނީ

ކޮވޑް-19ށް އިތުރު 21 މީހަކު ޕޮޒިޓިވްވެ 10 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

ޕޮޒިޓިވްވި 21 މީހުންނާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2382ށް އަރާފައެވެ. އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ޕޮޒިޓިވްވި 21 މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 17 މީހުންނާއި ލަންކާ މީހެއް ހިމެނެއެވެ.

10 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ރާއްޖޭގައި މިވަގުތު ކޮވިޑް-19ށް ފަރުވާދެމުން އަންނަނީ 414 މީހުންނަށެވެ. ރާއްޖޭގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1954ށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން 15 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު މީގެ ތެރެއިން 2 މީހަކަށް އަންނަނީ ޑީއެޗް-11 ގެ ކްރިޓިކަލް ކެއަރގައި ފަރުވާ ދެމުންނެވެ. އެއީ ދެ ދިވެހިންނެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ޖެހިގެން 9 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 5 ބިދޭސީންނެވެ.

ބުދަ ދުވަހު ޕޮޒިޓިވްވި 21 މީހުންގެ ތެރެއިން 19 މީހުންނަކީ ކުރީގެ ކޭސްތަކާއި ކޮންޓެކްޓް ވެފައިވާ މީހުން ކަމަށާއި، މި 21 މީހުންގެ ތެރެއިން 2 މިހުން ފާހަގަވެފައިވަނީ އެކްޓިވް ސަރވައިލެންސްގެ ތެރެއިން ކަމަށް ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރ، ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު