Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ދަނޑުތައް ހުޅުވާލުން

ކުޅިވަރު ދަނޑުތައް އަލުން ހުޅުވާލައިފި

ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރީ މާޗު މަހުގެ 15 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 ޖުލައި 2020 | ބުދަ 08:26
ގައުމީ ފުޓްބޯޅަ ދަނޑު: ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރީ މާޗު މަހުގެ 15 ވަނަ ދުވަހު

ގައުމީ ފުޓްބޯޅަ ދަނޑު: ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރީ މާޗު މަހުގެ 15 ވަނަ ދުވަހު

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބަންދުކުރި ކުޅިވަރު ކުޅޭ ތަންތަން އަލުން ހުޅުވާލައިފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާއިން މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރީ މާޗު މަހުގެ 15 ވަނަ ދުވަހެވެ.

ބުދަ ދުވަހު އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލުމަށްފަހު، އައު އާންމު ހާލަތުގެ މަރުހަލާގައި ބުދަ ދުވަހުން ފެށިގެން ކުޅިވަރު ކުޅުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ން ދީފައިވާ ކަމަށެވެ. އެހެންކަމުން، ކުޅިވަރު ކުޅުމުގެ ފުރުސަތު ލިބުމާއިއެކު، ބުދަ ދުވަހުން ފެށިގެން ކުޅިވަރު ކުޅޭ ތަންތަން ހުޅުވިފައި ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

އަދި މި ބަޔާނުގައި ވަނީ ކުޅިވަރު ކުޅުމުގައި އަމަލުކުރުމަށް، އެ ވުޒާރާ އާއި އެޗްޕީއޭއިން އެކުލަވާލާފައިވާ، "ކުޅިވަރު ކުޅުމުގައިއަމަލުކުރާނެ އާންމު އުސޫލު" ށް އަމަލުކުރުމަށް އަންގާފައެވެ. އަދި ކުޅިވަރު ކުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވީ ނަމަވެސް، ކޮވިޑް-19 ގެ ހާލަތަށް ބަލައި ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަންޖެހުމުގެ ފުރުސަތު އޮތްކަން ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ބުދަ ދުވަހުން ފެށިގެން ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމާއެކު، ބައެއް ކުޅިވަރުތަކުގެ ގައުމީ ޓީމުތަކުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ބުދަ ދުވަހުގެ ވަގުތެއްގައި ގައުމީ ބެޑްމިންޓަން ޓީމުން ފަރިތަކުރުންތައް ފެށިއިރު، މީގެ ކުރިން ޓޭބަލް ޓެނިހާއި ކްރިކެޓްގެ ގައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ފަށާފައެވެ.

މި މަހުން ފެށިގެން ރާއްޖެއިން ލޮކްޑައުނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިންއިރު، މިހާތަނަށް ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނުވަ މީހަކު ވަނީ މަރުވެފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
12 މާރިޗު 2017

ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި

12 މާރިޗު 2017
ކުޅިވަރު އެތުލީޓުންނަށް ސިލްސިލާ ސެމިނާއެއް އެމްއޯސީން ފަށައިފި
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު