Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މިނިވަން ޗެމްޕިއަންޝިޕް

ދެ ލެގުވެސް ކާމިޔާބުކޮށް ބ.އަތޮޅުގެ ޗެމްޕިއަންކަން އޭދަފުއްޓަށް

އޭދަފުއްޓަކީ ފާއިތުވި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމު

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 19:35
އޭދަފުށި އަދި ދަރަވަންދޫ ކުޅުނު ފައިނަލް މެޗުގެ ތެރެއިން

އޭދަފުށި އަދި ދަރަވަންދޫ ކުޅުނު ފައިނަލް މެޗުގެ ތެރެއިން

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ބ.އަތޮޅުގެ ޗެންޕިއަންކަން އޭދަފުށި ފުޓްބޯޅަ ޓީމު ހޯދައިފި އެވެ.

އޭދަފުށި ފުޓްބޯޅަ ދަނޑުގައި އާދީއްތަ ދުވަހު ހަވީރު ދަރަވަންދޫ އާއި އޭދަފުށި ބައްދަލުކުރި ދެވަނަ ލެގުގެ މެޗު އޭދަފުށިން ފަސޭހަކަމާއެކު ކާމިޔާބުކުރީ 1-5 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗް އޭދަފުށިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އޭދަފުށިންނެވެ. މެޗުގެ 10 ވަނަ މިނެޓްގައި މި ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ ހުސައިން ޝިފާހް އެވެ. އޭގެ 12 މިނިޓްފަހުން އަނެއްކާވެސް އޭދަފުށި ޓީމުގެ އަލީ ޒުބައިރު ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފަ އެވެ. އޭދަފުށިން 2 ލަނޑު ޖެހުމުން ދަރަވަންދޫ ޓީމުންވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް މެޗްގެ 32 ވަނަ މިނިޓްގައި ގޯލެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު ދަރަވަންދޫއަށް ކާމިޔާބުކޮށްދިނީ އާދިލް ރަޝީދު އެވެ. ދެ ޓީމުގެ ފަރާތުންވެސް ރަގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފް ނިމެން 5 މިނިޓްއަށް ވެފައިވަނިކޮށް އިޝާން އިބްރާހިމް (ސައްޓު) ވަނީ އޭދަފުށީގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-3 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.

އޭދަފުށި ޓީމުން ޖެހި ފަހު ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ 2 ވަނަ ހާފުގައެވެ. މި ލަނޑުތަށް އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް އަހުމަދު އަޝްރަފް ޔޫސުފް އަދި ހަސަން ސުޖާއު އެވެ. މި މެޗްގައި އޭދަފުށި ޓީމުގެ ކެޕްޓަން އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އާއި ދަރަވަންދޫ ޓީމުގެ ސާމިހް އަލީ ޝަރީފް އަށް ވަނީ ރީނދޫ ކާޑް ދައްކާފަ އެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޭދަފުށި ފުޓްބޯޅަ ޓީމުގެ ޖާޒީ ނަންބަރ 30 އަލީ ޒުބައިރެވެ.

މިނިވަން ޗެންޕިއަންޝިޕްގައި އޭދަފުށިން ދެން ވާދަ ކުރާނީ ޒޯން 3 ގެ އަތޮޅުތަކުގެ ޗެންޕިއަނުންނާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު