Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުވޯލްޑް ޓްރެވަލް އެވޯޑްސް

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ 10 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ

30 ޖޫން 2020 | އަންގާރަ 10:52

ވޯޓް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 ޖޫން 2020 | އަންގާރަ 10:52
ދިވެހިރާއްޖޭގެ ރިސޯޓެއް: ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ނަންވިދާލާ ވަރުގެ ކާމިޔާބީތަކެއް ހޯދާފައި

ދިވެހިރާއްޖޭގެ ރިސޯޓެއް: ރާއްޖެއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ނަންވިދާލާ ވަރުގެ ކާމިޔާބީތަކެއް ހޯދާފައި

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓެގަރީގެ ދިހަ އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.

އިންޑިއަން އޯޝަން ލީޑިން ކެޓަގަރީގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ ކެންޔާގެ ކެންޔާޓާ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރގައި އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

ދިވެހިރާއްޖެ ނޮމިނޭޓް ވެފައިވާ ދިހަ ކެޓަގަރީއަކީ:

· އިންޑިއަން އޯޝަން ލީޑިން އެޑްވެންޗަރ ޓޫރިޒަމް ޑޭސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ސަސްޓެއިނަބަލް ޓޫރިޒަމް ޑެސްޓިނޭޝަން 2020

· އިންޑިއަން އޯޝަން ލީޑިން ޓުއަރިސްޓް ބޯޑް 2020

· އިންޑިއަން އޯޝަން ލީޑިން ވެޑިން ޑެސްޓިނޭޝަން 2020

ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ އިތުރުން ރާއްޖެއަކީ ފަތުރުވެރިންނަށް ޚާއްސަ މެހެމާންދާރީއެއް އަބަދުވެސް އަދާކުރަމުންދާ ޤައުމެކެވެ. މިފަދަ އެވޯޑްތައް ލިބުމަކީ ދިވެހިރާއްޖެއާ ދޭތެރޭ ފަތުރުވެރިންގެ މެދުގައި އޮންނަ ލޯތްބާއި މަގުބޫލުކަން އަންގުވައިދޭ ކަމެކެވެ.

އެގޮތުން ދިވެހިރާއްޖެއަށް ވޯޓް ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ވޯޓް ދިނުމުގެ އެންމެ ފަހު ތާރީޚަކީ އޮގަސްޓް 22 އެވެ.

މިދިޔަ އަހަރުވެސް ދިވެހިރާއްޖެއިން ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ލީޑިން ކެޓަގަރީން ވަނީ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން، އިންޑީއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓީނޭޝަން، އަދި ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން ހިމެނެއެވެ.

1993 ވަނަ އަހަރުން ފެށިގެން ދެމުންދާ މި އެވޯޑްގެ މަގްސަދަކީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ޚާއްސަ ކާމިޔާބީތައް ހާސިލްކުރާ ފަރާތްތައް ފާހަގަކުރުމެވެ. އެގޮތުން ވޯލްޑް ޓްރެވަލްސް އެވޯޑް ވެގެން ގޮސްފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ދެވޭ އެވޯޑްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބަލައިގަންނަ އެވޯޑަށެވެ.

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި

06 ނޮވެމްބަރު 2017
މަޓާޓޯއިން ޓްރެވެލް އެވޯޑްސްގެ ހާއްސަ ކެމްޕެއިނެއް ލަންޑަންގައި ފަށައިފި
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
19 އޯގަސްޓު 2017

ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!

19 އޯގަސްޓު 2017
ސާޓާ އެވޯޑްސްގެ ހަފްލާ އައްޑޫގައި!
08 އޯގަސްޓު 2017

ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!

08 އޯގަސްޓު 2017
ބީއެމްއެލްގެ މިއަހަރުގެ ބޯޑުގައި ޗެއާރޕާސަން ފަރީހާގެ އިތުރުން ދެ ޑައިރެކްޓަކު ނުހިމެނޭ!
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
26 ޖެނުއަރީ 2017

ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި

26 ޖެނުއަރީ 2017
ކަސްޓަމްސް އިން "އަސިކުޑާ ވޯލްޑް" އިފްތިތާހު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް