Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަތޮޅު ތެރޭގައި ކޮވިޑް-19ށް ޓެސްޓު ކުރުން

އަތޮޅު ތެރޭގެ އިތުރު 6 ހޮސްޕިޓަލެއްގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

ޔޫއެންޑީޕީ އަދި ޑަބްލިއުއެޗްއޯ އަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 30 ޖޫން 2020 | އަންގާރަ 01:56
ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ ޖީން ކާޓްރިޖް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންވާ ޖީން ކާޓްރިޖް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19 ޓެސްޓު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ހަ ރަށެއްގައި ޖީން ކާޓްރިޖް ބޭނުންކޮށްގެން ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ހޯމަ ދުވަހުގެރޭ ޑަބްލިއުއެޗްއޯއާ ޔޫއެންޑީޕީ ގުޅިގެން ޖީން ކާޓްރިޖް ވަނީ ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެ ކާޓްރިޖްތައް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބް ޑރ. އަރްވިންދް މާތުރްއެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި މިހާރު ޕީސީއާރް ޓެސްޓު ކުރެވޭނީ އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގައި ޕީސީއާރް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަތޮޅުތަކުގައި ކޮވިޑް-19ށް ޓެސްޓު ކުރެވޭ ހޮސްޕިޓަލްތައް:

އެ ހޮސްޕިޓަލު ތަކުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ތާރީހެއް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅެއް ނުވެއެވެ.

ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ހެލްތް ހެލްތް މިނިސްޓަރު ވިދާޅުވީ، އަތޮޅު ތެރޭގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމުން ބަލި މީހުންގެ ސާމްޕަލްތައް އެންމެ ކައިރީގައި ހުންނަ ޓެސްޓު ސެންޓަރަކަށް ގެންދެވި ނަތީޖާ ލިބުން އަވަސް ވެގެންދާނެ ކަމަށެވެ. ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޑަބްލިއުއެޗްއޯއިން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައްޔަށް ޓެސްޓު ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކި ކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމިއްޔާތަކުގެ އެހީ ރާއްޖެއަށް ހޯދުމަށް ޑަބްލިއުއެޗްއޯއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު