Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރީ ޓޮޕްގައި ފަރުވާދެމުން ދިޔަ މީހުން

ޓްރީ ޓޮޕްގައި ފަރުވާދެމުން ދިޔަ ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފި

މި 3 މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރަށް ލައިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ޖޫން 2020 | ހޯމަ 14:18
މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލް؛ އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި 3 މީހަކު ވަނީ ޑީއެޗް-11ށް ބަދަލުކޮށްފައި

މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ ހުޅުމާލެ ހޮސްޕިޓަލް؛ އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އައި 3 މީހަކު ވަނީ ޑީއެޗް-11ށް ބަދަލުކޮށްފައި

ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 3 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މި ތިން މީހުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19 ގެ ހާލަތު ބޮޑު މީހުންނަށް ފަރުވާ ދެމުން އަންނަ ޑީއެޗް-11ށް ހޯމަ ދުވަހު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުންނަކީ ވެސް ހާލު ބޮޑު ބަލި މީހުން ކަމަށާއި، މީގެ ތެރެއިން 2 މީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

މި ތިން މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ 2 މީހުންނާއި ޒުވާނެކެވެ. އަދި މި 3 މީހުންނަށް ވެސް ގާތުން ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން 12 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ރާއްޖޭގައި 2324 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި މީގެ ތެރެއިން 1911 މީހަކު ބަލިން ފަސޭހަވެފައިވާ އިރު ފަރުވާ ދެމުން އަންނަނީ 400 މީހުންނަށެވެ. ކޮވިޑް-19 ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވެފައިވަނީ 8 މީހެކެވެ. މީގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އާދީއްތަ ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްވީ 14 މީހުންނެވެ. އަދި 35 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ބަލިން ފަސޭހަވި މީހުންގެ ނިސްބަތް ވަނީ 82.26 އިންސައްތައަށް މަތިވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުނުތާ ހޯމަ ދުވަހަށް 114 ދުވަސް ވެފައިވާ އިރު މާލެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނުތާ މިއަށް 76 ދުވަސް ވަނީ ވެފައެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19ށް 48،603 ސާމްޕަލްވަނީ ނަގާ ޓެސްޓް ކޮށްފައެވެ. އައިސޮލޭޝަންގައި މިވަގުތު 311 މީހަކު ތިބި އިރު ކަރަންޓީން ފެސިލިޓީގައި 226 މީހަކު އެބަތިއްބެވެ.

ރާއްޖޭގެ ޕްރައިމަރީ ކޮވިޑް ޓްރީޓްމަންޓް ސެންޓަރުގެ ގޮތުގައި ބޭނުން ކުރަމުން އައި ޓްރީ ޓޮޕް ހޮސްޕިޓަލް، އަންނަ ޖުލައި މަހުން ފެށިގެން އާންމު ހާލަތަށް ގެނައުމަށް ވަނީ ނިންމާފައެވެ. އަދި އެ ހޮސްޕިޓަލާއެކު މެއި މަހުގެ ތެރޭގައި ހެދުނު ތިން މަހުގެ އެއްބަސްވުން އުވާލަން ނިންމި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެވެ ނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު