Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮބެން އެނބުރި ކުޅުމުގެ ތެރެއަށް

ކުޅުން ހުއްޓާލަން ނިންމި ރޮބެން ގްރޮނިންގެންގެ ޖާޒީގައި

ރޮބެން މީގެ ކުރިން ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު ކުޅުން ހުއްޓާލަން ނިންމާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 ޖޫން 2020 | އާދީއްތަ 09:32
ނެދަލެންޑްސް ފޯވާޑް އާޔެން ރޮބެން ގްރޮނިންގެންގެ ޖާޒީގައި

ނެދަލެންޑްސް ފޯވާޑް އާޔެން ރޮބެން ގްރޮނިންގެންގެ ޖާޒީގައި

މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލި ނެދަލެންޑްސް ފޯވާޑް އާޔެން ރޮބެން، އޭނާ ކެރިއަރު ފެށި ކްލަބު ކަމަށްވާ ނެދަލެންޑްސްގެ ގްރޮނިންގެންއަށް ސޮއިކޮށްފިއެވެ.

ރޮބެން ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، އޭނާގެ އެންމެ ފަހުގެ ކްލަބު ބަޔާން މިއުނިކާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކުޅުން ހުއްޓާލާފައެވެ.

އެކަމަކު އޭޕްރީލް މަހުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ރޮބެން ވަނީ ކުޅުން ހުއްޓަލިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަލުން ކުޅުމުގެ ތެރެއަށް އަންނަން ވިސްނި ކަމަށާއި މިހާރުވެސް އެ ޚިޔާލު ގެންގުޅޭ ކަމަށް ބުނެފައެވެ.

އެއާއެކު ދާދި ފަހުން ނެދަލެންޑްސްގެ ގްރޮނިންގެންއިން ވަނީ އުމުރުން 36 އަހަރުގެ ރޮބެން އެޓީމަށް ސޮއިކުރިކަން ހާމަކޮށްފައެވެ.

ރޮބެން، ފުޓްބޯޅަ ކެރިއަރު ފެށީ 2000 ވަނަ އަހަރު ގްރޮނިންގެންއިންނެވެ. ގްރޮނިންގެންގެ އެކަޑަމީން ތަމްރީނުވި ރޮބެން ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ދެ އަހަރު ކުޅެދީފައެވެ. މި މުއްދަތުގައި ރޮބެން ވަނީ އެޓީމަށް ކުޅެދިން 52 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްފައެވެ.

އޭގެ ފަހުން ނެދަލެންޑްސްގެ ޕީއެސްވީ އާއި އިންގްލެންޑުގެ ޗެލްސީ އާއި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ޖަރުމަންގެ ބަޔާން މިއުނިކުގައެވެ. އެގޮތުން 2013 ވަނަ އަހަރު ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރިއިރު، ރޮބެން ވަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރޮބެން ވަނީ އޭނާގެ ކްލަބު ކެރިއަރުގައި 28 ތަށި އުފުލާލާފައެވެ. އަދި ނެދަލެންޑްސްގެ ހުރިހާ އުމުރުފުރައެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ރޮބެން ވަނީ ނެދަލެންޑްސް ސީނިއާ ގައުމީ ޓީމަށް 2003ން 2017ށް ކުޅެ، 96 މެޗުގައި 37 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު