Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލްގައި އޮބަމަޔަންގެ ކުރިމަގު

އަހަރެންނަކީ އޮބަމަޔަން ނަމަ އާސެނަލް ދޫކޮށްލާނަން: އެމަނުއަލް ޕެޓީ

އޮބަމަޔަންގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 12:22
އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން: އޭނާ އާސެނަލްގެ އެއްބަސްވުން އާކޮށްފައެއް ނުވޭ

އާސެނަލްގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން: އޭނާ އާސެނަލްގެ އެއްބަސްވުން އާކޮށްފައެއް ނުވޭ

އެންމެ ކަޅު ދުވަސްވަރު އާސެނަލްގައި މަޑު ކުރުން އެއީ މޮޔަ ކަމެއް ކަމަށާއި، އޭނާއަކީ ޕިއޭ-އެމެރިކް އޮބަމަޔަން ނަމަ އާސެނަލްގައި އިތުރަށް މަޑު ނުކުރާނެ ކަމަށް އާސެނަލްގެ ކުރީގެ މިޑްފީލްޑަރު އެމަނުއަލް ޕެޓީ ބުނެފިއެވެ.

އާސެނަލްގެ ކެޕްޓަން އޮބަމަޔަންއަކީ އެ ކްލަބުގެ ތާރީޚުގައި ގަތް އެންމެ އަގު ބޮޑު ކުޅުންތެރިޔާއެވެ. ޖަރުމަންގެ ބްރޫޝިއާ ޑޯޓުމުންޑަށް ކުރިން ކުޅުނު ފޯވާޑުގެ ސޮއި އާސެނަލުން ހޯދީ 56 މިލިއަން ޕައުންޑަށެވެ.

އާސެނަލްގެ ކުރިމަގާއި ބެހޭ ގޮތުން ޕެޓީ ބުނީ އޭނާއަށް ފެންނަ ގޮތުގައި އާސެނަލްގެ ކުރިމަގު ބަނަ ކަމަށާއި، މިހާރު މި ދާވަރުން ދާކަމަށްވަނީ ނަމަ މުސްތަގުބަލުގައި އާސެނަލް ވާނީ އާދައިގެ ކްލަބަކަށް ކަމަށެވެ.

އާސެނަލްގެ ކުރިމަގާއި ބެހޭ ގޮތުން ސުވާލު އުފެދެނީ އެ ކްލަބަށް ކުޅޭ ކުޅުންތެރިންގެ ސަބަބުން ކަމަށް ބުނަމުން ޕެޓީ ބުނީ އެ ކްލަބުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން 75 އިންސައްތަ ކުޅުންތެރިންނަކީ ކްލަބު ލޯބި ނެތް ކުޅުންތެރިންތަކެއް ކަމަށާއި، އެ ކުޅުންތެރިންނަށް އާސެނަލްގެ ޖާޒީ ލުން ހައްގު ނޫން ކަމަށެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގުޅިގެން ސީޒަން މެދުކެނޑުމުގެ ކުރިން އުންމީދުކުރީ ކްލަބުގެ ހާލަތު ރަނގަޅުވާނެ ކަމަށް ކަމަށާއި، އެކަމަކު އަލުން ކުޅުނު ދެ މެޗުން ބަލިވުމުގެ ފަހަތުގައި ވަނީ ކުޅުންތެރިން ކަމަށް ޕެޓީ ބުންޏެވެ. އެ ދެ މެޗުން ބަލިވުމުގެ ޒިންމާ ފުރިހަމައަށް ކުޅުންތެރިން ނަގަންޖެހޭ ކަމަށް ބުނަމުން ޕެޓީ ބުނީ ކުޅުންތެރިންގެ ފަރާތުން މޮޅުވުމަށް ލާންޖެހޭ ހިތްވަރު ދެ މެޗުގައިވެސް ނުފެންނަ ކަމަށެވެ.

އޮބަމަޔަންގެ ކުރިމަގާ މެދު ޕެޓީ ސުވާލު އުފެއްދިއިރު، ދާދި ފަހުން އޮބަމަޔަން ވަނީ އާސެނަލްގައި މަޑުކުރުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށް ބުނެފައެވެ. އަދި އެ ނިންމުން ވެގެންދާނީ އޭނާގެ ކެރިއަރުގެ އެންމެ މުހިންމު ނިންމުމަށް ކަމަށްވެސް ބުންޏެވެ. އޮބަމަޔަން މި ވަގުތު އާސެނަލްގެ އެއްބަސްވުމުގައި ހުރީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ.

މީގެ ކުރިން ގެބެނީސް ފުޓްބޯލް ފެޑެރޭޝަނުގެ ރައީސް ޕިއޭ އެލައިން މޯންގުއެންގިއުވެސް ވަނީ އާސެނަލްގައި އޮބަމަޔަން ފެއިލްވަމުންދާތީ ކްލަބު ބަދަލުކުރަން ގޮވާލައްވާފައެވެ.

އޮބަމަޔަން ހޯދަން ޗެލްސީއާއި ބާސެލޯނާއިންވެސް މަސައްކަތް ކުރަމުން އަންނައިރު، މިފަހަރުގެ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އޮބަމަޔަން ހޯދަން ބާސާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އޮބަމަޔަންއަށް ބާސާއިން އަދިވެސް ޝައުގުވެރިވާ ކަމަށާއި، މި ސީޒަން ނިމުމުން އޮބާމަޔަން ހޯދަން 50 މިލިއަން ޔޫރޯގެ ބިޑެއް ކުރަން ބާސާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް 63 މިލިއަން ޔޫރޯއަށް އާސެނަލަށް ސޮއިކުރި އޮބަމަޔަން ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 99 މެޗުގައި 61 ލަނޑު ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު