Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މަޔޯކާ ބަލިކޮށް ރެއާލް އަނެއްކާވެސް އެއްވަނައަށް

މަޔޯކާ އަތުން ރެއާލް މޮޅުވީ 2-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ޖޫން 2020 | ބުރާސްފަތި 07:35
ރެއާލް އާއި މަޔޯކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން

ރެއާލް އާއި މަޔޯކާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ރެއާލް މޮޅުވީ 2-0 ން

ސްޕެނިޝް ލީގުގައި ފަސޭހަކަމާއެކު މަޔޯކާ ބަލިކޮށް، ރެއާލް މެޑްރިޑް އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރެއާލް މެޑްރިޑްގެ ދަނޑުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ރެއާލުން މަޔޯކާގެ ހާފަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ރެއާލްގެ އެންމެ ކުރިއަށް ކުޅުނު ތިން ކުޅުންތެރިން ކަމަށްވާ ގެރެތު ބޭލް އާއި، އެޑެން ހަޒާޑް އަދި ކަރިމް ބެންޒެމާގެ އިތުރުން ވިނީޝިއަސް ޖޫނިއާއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ވިނީޝިއަސްއެވެ.

މި ލަނޑާއެކު މެޔޯކާއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ވަނީ ނުރައްކާ ކޮށްފައެވެ. އެގޮތުން އެޓީމުގެ ޒުވާން ފޯވާޑް ޓޭކް ކޫބޯއަށް ވަނީ ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ދެ ހަމަލާވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މެޗުގައި ރެއާލުން ލީޑު ފުޅާކުރީ ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ހިލޭ ޖެހުމަކުންނެވެ. މި ލަނޑާއެކު ސާޖިއޯ ރާމޯސް ވަނީ މި ސީޒަނުގައި ރެއާލަށް ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މި ނަތީޖާއާއެކު ރެއާލުން ތާވަލުގެ އެއްވަނައަށް އަލުން އެރީ ކުޅުނު 31 މެޗުން ކާމިޔާބުކުރި 68 ޕޮއިންޓާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ބާސެލޯނާއަށްވެސް 31 މެޗުން 68 ޕޮއިންޓު ވަނީ ލިބިފައެވެ. ރެއާލަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑުން ކުރި ލިބޭތީއެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 31 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު