Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯޝަލް ހައުންސިންގެ އަގު

ކުރީގެ ސަރުކާރުގެ އިސްވެރިން ހައްދަވަނީ އިތުރުފުޅެއް، 11،000ރ އަށްވުރެ ކުޑަކޮށް ފްލެޓެއް ނުދެވޭނެ: އެޗްޑީސީ

24 ޖޫން 2020 | ބުދަ 19:22

މުއިއްޒު ވިދާޅުވަނީ 5600ރ ދިނުމަށް ރައީސް ޔާމީން ނިންމެވި ކަމަށް، އަދި އެގޮތަށް ނިންމެވީ 17 އޮކްޓޯބަރު 2018 ގައި ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 ޖޫން 2020 | ބުދަ 19:22
ހިޔާ މަޝްރޫއުގެ ޓަވަރުތަކެއް

ހިޔާ މަޝްރޫއުގެ ޓަވަރުތަކެއް

ފްލެޓްތަކުގެ އަގާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރިން، ހާއްސަކޮށް، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ފެށި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އެކިގޮތްގޮތަށް ވާހަަކަ ފެތުރެމުންދާތީ، މީޑިއާތަކަށް ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވ 25 ބުރީގެ 16 ޓަވަރާއި، އަދި އެޓަވަރުތަކުގައި ހަދާފައިވާ ޔުނިޓްތައް ނުވަތަ ފްލެޓްތައް ދައްކާލުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ފްލެޓްތަކުގެ އަގާ ގުޅޭ ސިޓީއެއް މީގެކުރިން ސޯސަލް މީޑިއާގައި ދައުރުވި ކަމަށެވެ. އަދި ސިޓީއަކީ އެޗްޑީސީއަށް އައިސްފައިވާ ސިޓީއެއް ނޫން ކަމަށާއި އެއީ ރައީސް އޮފީހުން ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީއެއް ކަމަށެވެ. އެސިޓީގައި އަގުގެ ގޮތުގައި އޮތް އަދަދަކީ ފްލެޓްތައް ދެވޭނެ އަދަދު ނޫން ކަމަށްވެސް ސުހައިލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު މިދިއަ އަހަރުގެ ޖޫން 25ގައި ކުރައްވާފައިވާ ޓްވީޓެއްގައި ބައެއް ލިޔެކިޔުންތަކާއެކު ވިދާޅުވެފައިވަނީ، ކޮންމެ މަހަކު 5600ރ އަށް، 20 އަހަރު ދުވަހުގެ ތެރޭގައި ދެއްކާ ހަލާސް ކުރާގޮތަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ރައީސް ޔާމީން ނިންމަވާފައިވަނީ، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ. އެތާރީހަށް ބަލާއިރު، އެއީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނާކާމިޔާބުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިފަހުން ރައީސް ޔާމީން އިއުލާންކުރެއްވި ކުރެއްވުމެއް ކަމަށް ވެއެވެ. ރިޔާސީ އިންތިހާބު ބާއްވާފައިވަނީ 23 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް ވިދާޅުވީ، ކުރީގެ ސަރުކާރުން އެވިދާޅުވާ އަގަށް ފްލެޓްގެ މަހު ކުއްޔެއްގެ ގޮތުގައި ދިނުމަކީ ވާނެކަމެއް ނޫންކަމަށެވެ. އަދި 20 އަހަރަށް ބަހާލައިގެން ފްލެޓްގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު 11،000ރ އަށްވުރެ ކުޑަ އަދަދެއް ނަގައިގެން، ފްލެޓްތައް އަޅަން ނެގި ލޯނު ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވި ގޮތުގައި 25 ބުރީގެ 16 ޓަވަރުގައި 7000 ފްލެޓް އެޅުމަށް ކުރީގެ ސަރުކާރުން ނިންމިއިރު، ބޮޑަށް ވިސްނާފައިވަނީ ފްލެޓްތަކުގެ އަދަދު އިތުރުކުރުން ކަމަށެވެ. އެގޮތުން ފްލެޓްތަކުގައި ހުރި ކޮޓަރިތައް ކުޑަކަން ސުހައިލް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮންމެ ޓަވަރެއްގައި 2000 މީހުން ދިރިއުޅޭނެ ކަމަށް ގަބޫލްކުރެވޭއިރު، ކޮންމެ ޓަވަރެއްގައި ގިނަ ވެގެން އެއްފަހަރާ 14 މީހުންނަށް އަރާފޭބޭ، 3 ލިފްޓް ހުރިނަމަވެސް، މިކަމުގައި ވެސް ކުރިއަށް އޮތްތާނގައި ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. އެއީ އެއިން އެންމެ ލިފްޓެއްގައި މައްސަލަޖެހި، ނުވަތަ މަރާމާތު ކުރަން ޖެހިއްޖެ ހާލަތެއްގައި މީހުން އަރާ ފޭބުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާނެ ކަމަށްވެސް ސުހައިލް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް