Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްހީ ކުއްލި ނުރައްކަލުގެ ބިލު

ސިއްހީ ކުއްލި ނުރައްކަލުގެ ބިލުން އެއްހަމައެއްގައި ސިއްހީ ހިދުމަތްތައް ކަށަވަރުކޮށް ނުދޭ: ޓްރާންސްޕޭރެންސީ

22 ޖޫން 2020 | ހޯމަ 14:39

ސިއްހީ ހިދުމަތްތަކަށް ވާސިލުވުމުގެ ހައްގުން، އެއްވެސް އިރެއްގައި ހާއްސަކޮށް މިފަދަ ސިއްހީ ބަލިމަޑުކަމެއްގެ ދުވަސްވަރު، އެކަކުވެސް މަހުރޫމުކޮށްގެން ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 ޖޫން 2020 | ހޯމަ 14:39
ކަރަންޓީން ފެސިލިޓީތަކަށް ގެންދިޔަ ބިދޭސީންތަކެއް ބަހަށް އަރުވަނީ؛ މަޖިލީހުގައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ބިލުން އެންމެނަށް ހަމަހަމައަށް ހިދުމަތް ނުދެވޭނެކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީން ވ

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020ން ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު އެއްހަމައެއްގައި ސިއްހީ ހިދުމަތްތައް ކަށަވަރުކޮށް ނުދެވޭނެ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ޓްރާންސްޕޭރެންސީން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޖަމިއްޔާއިން ގަބޫލުކުރާގޮތުގައި، އެކަށީގެންވާ އަދި އަތްފޯރާ ފަށުގައި ސިއްހީ ހިދުމަތްތަކަށް ވާސިލުވުމުގެ ހައްގުން، އެއްވެސް އިރެއްގައި ހާއްސަކޮށް މިފަދަ ސިއްހީ ބަލިމަޑުކަމެއްގެ ދުވަސްވަރު، އެކަކުވެސް މަހުރޫމުކޮށްގެން ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިހާރު މަޖިލީހުގެ ތަޅުމުގައި ބަހުސްކުރެވެމުންދާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގެ 12 ވަނަ މާއްދާ މިހާރު އޮތްގޮތުން، ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި އުޅޭ ބިދޭސީންނަށް ލިބިދެވޭ ސިއްހީ ވަސީލަތްތައް ލިބޭނެ ގޮތާއި ހަރަދު ހަމަޖެހޭނެ ގޮތް ބަޔާންވެފައި ނުވާތީ ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގެ 12 ވަނަ މާއްދާގެ (ނ) މިހާރު އޮތްގޮތުން ލިޔެކިޔުންނެތް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަބަޔަކު ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކަށޭނެ ސިއްހީ ހިދުމަތް ލިބޭނެގޮތުން މަހުރޫމު ކުރެވިފައިކަމުން ޓްރާންސްޕޭރެންސީން ބަޔާނުގައި ވެއެވެ. އަދި އެންމެނަށްވެސް އިނގޭ އެއް ހަގީގަތަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ނިސްބަތުން ވަރަށް މަދު ބައެއް ކަމަށެވެ. ލިޔެކިޔުން ނެތް އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް ވެސް ސިއްހީ ފަރުވާ ލިބޭނެގޮތަށް މިބިލް ބަދަލުކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020 ގެ 12 ވަނަ މާއްދާގެ (ނ) އަށް ބައެއް އިތުރުކުރުމަށްވެސް ޓްރާންސްޕޭރެންސީން ވަނީ ހުށަހަޅާފައިވެއެވެ. އެއީ ކުންފުނިތަކުގައާއި، ވަކި ވަކި މީހުންގެ ހަވާލުގައި ރެޖިސްޓަރ ވެފައިވާ އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް އެކަށީގެންވާ ސިއްހީ ހިދުމަތްތައް ލިބޭނެގޮތް ކަށަވަރުވެފައިވޭތޯ، ސަރުކާރުން އިސްނަގައިގެން ބަލާ އެކަން ރަނގަޅަށް ވިލަރެސްކުރުމެވެ. އަދި ރާއްޖޭގައި އުޅޭ އެންމެނަށް އެކަށީގެންވާ ސިއްހީ ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
25 މާރިޗު 2017

ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!

25 މާރިޗު 2017
ރޯގާއާ ގުޅިގެން އިއުލާނު ކުރި ކުއްލި ހާލަތު އަދިވެސް އޮތީ ލެވެލް ތިނެއްގައި!
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
21 މާރިޗު 2017

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި

21 މާރިޗު 2017
ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް