Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތައް

ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައެއް ނުވާނެ: މަރު ކޮމިޝަން

މަރު ކޮމިޝަނުން ދެކޭގޮތުގައި މިހާރު އެކުލަވާލާފައިވާ ޑްރާފްޓަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ޖޫން 2020 | ހޯމަ 09:53
އަވަހާރަކޮށްލާފައިވާ ޑރ އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން

އަވަހާރަކޮށްލާފައިވާ ޑރ އަފްރާޝީމް އަލީ އާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާން

ގޮތްނޭނގޭ މަރުތަކާއި, ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ މަރު ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް ބުނެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ގޮތްނޭނގޭ މަރުތަކާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަޙުޤީޤުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނުން ދެކޭގޮތުގައި މިހާރު އެކުލަވާލާފައިވާ ޑްރާފްޓަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަމަށެވެ. ކޮމިޝަނުން ބޭނުންވަނީ ހަމައެކަނި ވަޅި ޖެހި މީހާއަށް ދައުވާކުރަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖަލްސާ ނިންމަވާލައްވަމުން މިމައްސަލަ އިތުރަށް ދެން ކުރިއަށް ގެންދަވާނެ ގޮތަކާމެދު މެމްބަރުންނަށް ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ހުޅުވާލުމުން، މިމައްސަލައަށް މެމްބަރުން ވަނީ ބަހުސްވެސް ކުރައްވާފައެވެ. ޖަލްސާ ނިންމަވާލައްވަމުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަން ނުވިކަމަށް ބަލާ މިކަން ހުއްޓާލުމަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ނުކުރައްވާނެ ކަމެއް ކަމަށެވެ. އަދި މިކަމަށް ގޮތެއް ހޯއްދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާގައި މިމައްސަލައަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައި ވަނިކޮށް އެކޮމިޝަނުން ވަނީ ކޮމިޝަނުގެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް ބުނެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދީފައިވާ ޚަބަރާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ގޮސްފައިވާ ހިސާބު ލިޔުމުން އެންގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާތީ، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތަޙުޤީޤު މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހެކި ހޯދުމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވާފައިވާނެ ކަމަށެވެ.

އަދި ކޮމިޝަނުން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތަޙުޤީޤު ކުރިއަށް ނުގެންދިޔުމަށް ނިންމާފައި ނުވާކަމަށާއި، ކޮމިޝަނުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށްވެސް އެކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މަރު ކޮމިޝަނުން ބަލަމުން އައި މައްސަލަތަކުގެ ތެރެއިން، ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާ ބެހޭ ޑްރާފްޓް ރިޕޯޓަކާއި ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲ ގެއްލުވައިލި މައްސަލައާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ވަނީ ފޮނުވާފައެވެ. އަދި ކޮމިޝަނުން އަމިއްލައަށް ވެސް އޭގެ ބައެއް މައުލޫމާތު އާއްމުކޮށްފައިވެއެވެ. ނަމަވެސް މުޅި ރިޕޯޓު އާންމުކުރީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މަޖިލީހުގައި އެ ރިޕޯޓުތަކާއި ގުޅިގެން ބަހުސްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގޮތްނޭނގޭ ގޮތްގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފުހޯދައި ދިނުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މަރު ކޮމިޝަން އުފެއްދެވިއިރު، އެ ކޮމިޝަނަށް ވަނީ ޤާނޫނީ ގޮތުން ބާރުތަކެއްވެސް ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު