Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

އެވަޓަނުން ލިވަޕޫލް ހިފެހެއްޓިއިރު، ޗެލްސީން މުހިންމު މޮޅެއް ހޯދައިފި

އެވަޓަން އާއި ލިވަޕޫލް އެއްވަރުވީ 0-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ޖޫން 2020 | ހޯމަ 07:40
އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: ދެ ޓީމު އެއްވަރުވީ 0-0 ން

އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: ދެ ޓީމު އެއްވަރުވީ 0-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އެވަޓަން އާއި ލިވަޕޫލް ބައްދަލުކުރި ޑާބީ މެޗު އެއްވަރުވެއްޖެއެވެ.

30 އަހަރަށްފަހު ލީގު ޗެމްޕިއަން ކަމަށް އަމާޒުހިފާފައިވާ ލިވަޕޫލުން ރޭ އެވަޓަންއާ އެއްވަރުވެ، ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފައެވެ. ލީގު ޗެމްޕިއަންކަން ހޯދަން ލިވަޕޫލަށް އަދި ފަސް ޕޮއިންޓު ބޭނުންވެއެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 23 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެއީ 30 މެޗުން 83 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

އެވަޓަންގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރީކޮޅުގައި އެވަޓަންގެ ރިޗާލިސަންއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިކައިރިން ބޭރުންނެވެ. މި ހާފުގައި ލިވަޕޫލަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑިފެންޑަރު ޖޮއެލް މަޓިޕްއަށެވެ. އެކަމަކު ބޮލުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ނިމެން ގާތްވެފައި ވަނިކޮށް އެވަޓަންއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް އެވަޓަންގެ ޓޮމް ޑޭވިސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ފަހަތުން އަރައި އެސްޓަން ވިލާ އަތުން 2-1 އިން މޮޅުވެ ޗެލްސީން ވަނީ ހަތަރުވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އެސްޓަން ވިލާއަށް ލީޑު ނަގައިދިނީ ކޯޓްނީ ހޯސްއެވެ.

ދެވަނަ ހާފުގައި ޗެލްސީން ކުޅުން ރަނގަޅުކުރިއިރު، އެޓީމުން ނަތީޖާ އަނބުރާލީ ދެ މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ސެޒާ އަޒްޕިލިކުއޭޓާގެ އެހީއާއެކު ކްރިސްޓިއަން ޕުލިސިޗް ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ދެ މިނެޓު ފަހުން ސެޒާ އަޒްޕިލިކުއޭޓާގެ އެހީއާއެކު ޗެލްސީއަށް ލީޑު ނަގައިދިނީ އޮލިވިއޭ ޖިރޫޑެވެ.

މި ނަތީޖާއާއެކު ޗެލްސީ ހަތަރުވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.

ރެލިގޭޝަންގެ ބިރު ބޮޑުވެފައިވާ އެސްޓަން ވިލާ އޮތީ ލީގުގެ 19 ވަނައިގައެވެ. އެ ޓީމަށް 30 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

ކޯސްޓާ އަށް ޗެލްސީން އާ އެއްބަސްވުމެއް ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު