Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޙްމަދު ރަދީ މަރުވުން

ކޮރޯނާވައިރަސް ޖެހިގެން އިރާގުގެ ފުޓްބޯޅަ ލެޖެންޑެއް މަރުވެއްޖެ

ރަދީ މަރުވިއިރު އޭނާގެ އުމުރަކީ 53 އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 21 ޖޫން 2020 | އާދީއްތަ 09:53
އިރާގުގެ ފުޓްބޯޅަ ލެޖެންޑު އަޙްމަދު ރަދީ: އޭނާ މަރުވީ އުމުރުން 53 އަހަރުގައި

އިރާގުގެ ފުޓްބޯޅަ ލެޖެންޑު އަޙްމަދު ރަދީ: އޭނާ މަރުވީ އުމުރުން 53 އަހަރުގައި

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިރާގުގެ ފުޓްބޯޅަ ލެޖެންޑެއް ކަމަށްވާ އަޙްމަދު ރަދީ މަރުވެއްޖެއެވެ.

އުމުރުން 56 އަހަރުގެ ރަދީ މަރުވިކަން އިރާގުގެ ހެލްތު މިނިސްޓްރީން ވަނީ ޔަގީންކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ކޮވިޑް-19 ޖެހިގެން ރަދީ ވަނީ މިދިޔަ ހަފުތާގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ. އަދި މި ބަލީގައި އޭނާ މަރުވީ އިތުރު ފަރުވާއަށް އުރުދުންއަށް ފުރުވާލަން ތައްޔާރުވަމުން ދަނިކޮށް އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.

އިރާގު ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ރަދީ އަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އިރާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުން އިރާގު ބަލިވީ 2-1 ންނެވެ. އެފަހަރުގެ މުބާރާތުން އިރާގު ކަޓާފައިވަނީ ޕޮއިންޓެއް ނުލިބިއެވެ.

މީގެ އިތުރުން ރަދީ ވަނީ އިރާގު ގައުމީ ޓީމާއެކު 1984 ވަނަ އަހަރާއި 1988 ވަނަ އަހަރުގެ ގަލްފް ކަޕް ކާމިޔާބުކޮށްފައެވެ. އަދި އިރާގަށް އޭޝިއަން ގޭމްސް އާއި، އަރަބް ގޭމްސްގެ އިތުރުން އަރަބް ކަޕް ކާމިޔާބުކޮށްދިނުމުގައި ރަދީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އިރާގުގެ ފޯވާޑް ވަނީ 1988 ވަނަ އަހަރުގެ އޭޝިއާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ކޮވިޑް-19 ޖެހިގެން އިރާގުގެ ފުޓްބޯޅަ ލެޖެންޑެއް މަރުވިއިރު، މި ވައިރަސް އަންނަނީ އެ ގައުމުގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އިރާގުން 29،200ށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނުއިރު، ވައިރަސް ޖެހިގެން އެ ގައުމުން 1،000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު