Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީން ކާންޓޭ ވިއްކާނުލުން

ކާންޓޭ ވިއްކާލަން ނުޖެހޭނެ: ލަމްޕާޑް

މި ސީޒަނުގެ އަނިޔާގެ ސަބަބުން ކާންޓޭއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 ޖޫން 2020 | ހޮނިހިރު 10:14
ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ: އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައި

ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ: އަނިޔާގެ ސަބަބުން އޭނާއަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފައި

ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވިއްކާލަން ނުޖެހޭނެ ކަމަށް އެ ކްލަބުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފިއެވެ.

ގަވާއިދާ ޚިލާފާށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ޗެލްސީން ފީފާ ގަވާއިދުގެ 150 ކަމަކާ ޚިލާފުވެފައިވާތީ ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ނުގެނެވޭ ގޮތަށް ދިން އަދަބު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސީއޭއެސްއިން ލުއިކޮށްދިންއިރު، ޗެލްސީން ވަނީ އަންނަ ސީޒަނަށް ދެ ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ އާރުބީ ލެއިޕްޒީގަށް ކުޅެމުން އަންނަ ޖަރުމަންގެ ފޯވާޑް ޓިމޯ ވާނަރ އާއި އަޔަކްސްއަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެކްއެވެ.

މި ސީޒަނުގައި އަނިޔާގެ ސަބަބުން ކާންޓޭއަށް 14 މެޗެއް ގެއްލިފައިވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށާފައިވާއިރު، މީގެ ކުރިން ޗެލްސީން ވަނީ ކާންޓޭއަށް އެ ޓީމުގެ ފަރިތަކުރުންތަކުންވެސް ލުއި ދީފައެވެ. އޭނާއަށް ލުއި ދޭން ނިންމީ މާހައުލު އޮތްގޮތުން ސްކޮޑާ އެކުގައި ފަރިތަކުރަން ކާންޓޭ ޖެހިލުން ވާތީއެވެ. އެކަމަކު ފަހުން ކާންޓޭ ވަނީ ޗެލްސީގެ ފަރިތަކުރުންތަކަށް ނުކުމެފައެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ލަމްޕާޑް ބުނީ މި ސީޒަނުގައި އަނިޔާގެ ސަބަބުން ކާންޓޭއަށް ގިނަ މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާއަކީ އަދިވެސް ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ކާންޓޭ ޗެލްސީގައި ދިގު މުއްދަތަކަށް މަޑުކުރުވަން ބޭނުން ކަމަށާއި، އަންނަ ސީޒަނަށް އައު ދެ ކުޅުންތެރިން ހޯދި ނަމަވެސް، ކާންޓޭ ވިއްކާލަން ނުޖެހޭނެ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

ލެސްޓާ ސިޓީން ވިދާލި ކާންޓޭ ޗެލްސީއަށް ބަދަލުވީ 2016 ވަނަ އަހަރެވެ. މިހާތަނަށް ޗެލްސީއަށް ކުޅެދިން 164 މެޗުގައި 11 ލަނޑު ޖަހާފައިވާ ކާންޓޭ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގާއި، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމާއެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކާންޓޭ ވަނީ ޕީއެފްއޭއިން ހޮވާ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި

29 އޯގަސްޓު 2017
މެސީ އަދި އިނިއެސްޓާ ވިއްކާލަން އުޅޭކަމަށް ފެތުރޭ އަޑުތައް ބާސާ އިން ދޮގުކޮށްފި
08 އޯގަސްޓު 2017

ކުޓީނިއޯ ވިއްކާލަން ލިވަޕޫލް އިން އަދިވެސް އެއްބަހެއް ނުވޭ!

08 އޯގަސްޓު 2017
ކުޓީނިއޯ ވިއްކާލަން ލިވަޕޫލް އިން އަދިވެސް އެއްބަހެއް ނުވޭ!
22 ޖުލައި 2017

މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ

22 ޖުލައި 2017
މިދިޔަ ޖެނުއަރީގައި ކޯސްޓާ ވިއްކާލަން ނިންމިން: ކޮންޓޭ
11 ޖުލައި 2017

އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ

11 ޖުލައި 2017
އާސެނަލް އިން ސަންޗޭޒް ވިއްކާލަން ނޫޅޭ: ވެންގާ
10 ޖުލައި 2017

ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް

10 ޖުލައި 2017
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު