Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަލިން ރަނގަޅުވި މީހުންގެ އަދަދު 1769ށް

ކޮވިޑް ޖެހުނު މީހުންގެ 82 އިންސައްތަ މީހުން ރަނގަޅުވެއްޖެ

1769 މީހުން ވަނީ ބަލިން ރަނގަޅުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 ޖޫން 2020 | ހޮނިހިރު 07:10
ކޮވިޑަށް ސާމްޕަލް ނަގައިގެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަނީ؛ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ 82 އިންސައްތަ މީހުން ވަނީ ރަނގަޅުވެފައި

ކޮވިޑަށް ސާމްޕަލް ނަގައިގެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަނީ؛ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ 82 އިންސައްތަ މީހުން ވަނީ ރަނގަޅުވެފައި

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 82 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިހާތަނަށް އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 1769 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ 82.28 އިންސައްތައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 2150 އެވެ. ހުކުރު ދުވަހު ކޮވިޑް-19ށް ޕޮޒިޓިވްފައިވަނީ 13 މީހެކެވެ.

Advertisement - newsAdvertisement

ރާއްޖޭގައި 1769 މީހަކު ބަލިން ފަސޭހަވެފައިވާ އިރު، މިހާރު ފަރުވާ ދެމުން އަންނަނީ 371 މީހުންނަށެވެ. މިއީ ބަލިޖެހުނު މީހުންގެ 17.26 އިންސައްތައެވެ. މީގެ ތެރެއިން 5 މީހަކަށް އަންނަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެއީ ބަލި ޖެހުނު މީހުންގެ 1.35 އިންސައްތައެވެ.

ވަކިވަކި ގައުމުތަކުގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ބަލިޖެހިފައިވަނީ ބަންގުލަދޭޝް މީހުންނަށެވެ. އެއީ 1134 މީހުންނެވެ. މިއީ ބަލި ޖެހުނު މީހުންގެ 52.74 އިންސައްތައެވެ. ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 740ށް އަރާފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 34.42 އިންސައްތައެވެ.

އިންޑިއާގެ 200 މީހަކު ވަނީ ކޮވިޑް-19 ޖެހިފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 9.30 އިންސައްތައެވެ. މީގެ އިތުރުން ނޭޕާލްގެ 42 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މިއީ ބަލި ޖެހުނު މީހުންގެ 1.95 އިންސައްތައެވެ. ސްރީލަންކާގެ 12 މީހަކަށް އަދި އިޓަލީގެ 11 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު ޕާކިސްތާނުގެ 3 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން އެހެނިހެން ގައުމުތަކަށް ނިސްބަތްވާ 8 މީހަކު ކޮވިޑް-19 ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ، ތުރުކީ، ސައުތް އެފްރިކާ، ޖަރުމަންވިލާތް، އިނގިރޭސީވިލާތް އަދި ފިލިޕީންސްގެ މީހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ 8 މީހެކެވެ. އެއީ ބަލި ޖެހުނު މީހުންގެ 0.37 އިންސައްތައެވެ. މި 8 މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 4 ބިދޭސީންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތަފްސީލުތަކަށް ބަލާއިރު، ބަލިޖެހިގެން ނިޔާވި 4 ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި، 88 އަހަރުގެ ފިރިހެނަކާއި، 80 އަހަރުގެ ފިރިހެނެއްގެ އިތުރުން 89 އަހަރުގެ އަންހެނެކެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 46 އަހަރުގެ ފިރިހެނަކާއި، 38 އަހަރުގެ ފިރިހެނަކާއި، 22 އަހަރުގެ ފިރިހެނެކެވެ. އަދި އުމުރު ކަށަވަރު ނުވާ ބިދޭސީ މީހަކު މީގެ ތެރޭގައި ހިމެނެއެވެ.

މިހާތަނަށް 39،665 ސާމްޕަލް ވަނީ ނަގާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 302 މީހަކު ތިބި އިރު، ކަރަންޓީން ފެސިލިޓީތަކުގައި 156 މީހަކު އެބަތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު