Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝަރޫ ލޯންޗުން އެމްސީބީއާ ދެކޮޅަށް ކުރި ދައުވާ

އެމްސީބީއާ ދެކޮޅަށް ޝަރޫ ލޯންޗް ސަރވިސަސްއަށް ދެން ދައުވާއެއް ނުކުރެވޭނެ: ހައި ކޯޓު

ޝަރޫ ކުންފުނިން ބުނީ، އެމްސީބީން އަމަލުކޮށްފައިވާ ގޮތުން އެކުންފުންޏަށް ގެއްލުންވެފައިވާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖޫން 2020 | ހޮނިހިރު 06:05
ހައިކޯޓުގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމެއްގައި މި މައްސަލައިގެ ޙުކުމް ކޮށްފައިވޭ

ހައިކޯޓުގައި ބުރާސްފަތި ދުވަހު އޮތް އަޑުއެހުމެއްގައި މި މައްސަލައިގެ ޙުކުމް ކޮށްފައިވޭ

ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކާއެކު ޝަރޫ ލޯންޗް ސަރވިސަސްއިން ހިންގި މުއާމަލާތްތަކުން އެކުންފުންޏަށް ގެލުންވެފައި ވަނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލުކުރި ގޮތުން ކަމަށް ބުނެ ކުރި ދައުވާ އަލުން ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

ޝަރޫ ކުންފުނިން އެމްސީބީއާ ދެކޮޅަށް ދައުވާ ކޮށްފައި ވަނީ ޑޮލަރުގެ މުއާމަލާތް ހިންގިއިރު އެމްސީބީން އަމަލުކޮށްފައިވާ ގޮތުން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ ސިވިލް ކޯޓުގައި އެ މައްސަލައިގެ ޙުކުމުގެ މަރުހަލާގައި އޮއްވައެވެ. އަދި އޭރު މައްސަލަ އަނބުރާ ގެންގޮސްފައި ވަނީވެސް ދައުވާ ފޯމު އަލުން އިސްލާޙު ކޮށްގެން ހުށައަޅައިފިނަމަ މައްސަލަ އަނބުރާ ބެލޭ ގޮތަށެވެ.

މި ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި އެމްސީބީން ހައިކޯޓަށް ހުށައެޅި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމާފައިވާއިރު، ހައިކޯޓުގެ ޙުކުމުގައި ބުނެފައިވަނީ މި މައްސަލައިގެ ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު، ދައުވާ ފޯމު އަލުން ހުށައަޅައިފިނަމަ މައްސަލަ އަލުން ބެލޭގޮތަށް އޮތް އޮތުމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ދަޢުވާކުރާ ޝަރޫ ލޯންޗް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މައްސަލައިގެ ދަޢުވާފޯމް ބާތިލު ކުރުމަށް ކޯޓުގައި އެދުނީ މައްސަލައިގެ އަޑުއެހުންތައްވެސް ނިމިފައި ވަނިކޮށް ކަމަށެވެ. އަދި އޭރު މައްސަލަ ބާތިލުކުރުމަށް އެދެނީ ދަޢުވާ އިސްލާޙުކޮށް އަލުން ހުށަހެޅުމުގެ ބޭނުމުގައި ކަމަށް ޝަރޫ ލޯންޗުގެ ފަރާތުން ބުނެފައި ވީނަމަވެސް، ދައުވާފޯމުން އިސްލާޙު ކުރަން ބޭނުންވަނީ ކޮންކަމެއްކަން އަދި އެއީކޮން ސަބަބެއް މެދުވެރިގެން އިސްލާޙުކުރަން ބޭނުންވާ ކަމެއްކަންވެސް މި މައްސަލަ ދަށު ކޯޓުގައި ބެއްލެވި ފަނޑިޔާރުގެ ސަމާލުކަމަށް އެއްވެސް މަރުޙަލާއެއްގައި ޝަރޫ ލޯންޗުގެ ފަރާތުން ގެނެސްފައިވާކަން އެނގެން ނެތްކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.

އެއާއެކު ދަޢުވާފޯމް އިސްލާޙުކޮށް އަލުން ކޯޓަށް ހުށަހެޅުމުގެ ހުއްދަ ޝަރޫ ލޯންޗަށް ދިނުމަކީ ނަހަމަގޮތުގައި ކޯޓުގެ ބޭނުން ހިފުމަށް ފުރުސަތު ދިނުންކަމަށް ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައިވެއެވެ.

ކޯޓަށް ހުށައެޅިފައިވާ ދައުވާއެއް ނުވަތަ މައްސަލައެއް އަނބުރާ ގެންދިއުމުގައި ބަލާ 3 ޙާލަތެއްވެއެވެ. އެއް ގޮތަކީ ދައުވާ އަނބުރާ ދޫކޮށްލީ ކަމަށް ބުނެ ދައުވާ ނެގުމެވެ. ދެވަނަ ޙާލަތަކީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ ފޯމު ބާތިލު ކޮށްދިނުމަށް އެދުމެވެ. އަދި 3 ވަނަ ގޮތަކީ ކޯޓަށް ހުށައެޅިފައިވާ ދައުވާއާމެދު ވިސްނައި، ދައުވާ މުރާޖައާކޮށް އަލުން އިސްލާޙު ކުރުމަށް ފަހު ހުށައެޅުމަށް ދައުވާ އަނބުރާ ގެންދިއުމެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން ޝަރޫ ލޯންޗުގެ ފަރާތުން އެދިގެން އިތުރު އަޑުއެހުމެއް ބޭއްވުނު އިރުވެސް، ދައުވާފޯމުގެ އިސްލާޙާގުޅޭ ގޮތުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނެތްކަން ހައިކޯޓުންވެސް ފާހަގަކުރިއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ރައީސް މައުމޫނާ ދެކޮޅަށް ބަޔާން ދިނުމަށް ޒައިދުއަށް މަޖުބޫރިކުރި މައްސަލަ ބަލަނީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު