Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ26 މީހަކު ކޮވިޑަށް ޕޮޒިޓިވްވުން

ރާއްޖޭގެ ކޮވިޑުގެ ހާލަތު: ޕޮޒިޓިވްވީ 26 މީހަކު، ރިކަވަރވީ 7 މީހަކު

ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ އިތުރުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖޫން 2020 | ބުދަ 17:33
އާރުއާރުޓީގެ މެންބަރެއް ކޮވިޑަށް ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ

އާރުއާރުޓީގެ މެންބަރެއް ކޮވިޑަށް ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ

އިތުރު 26 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި، ބަންގުލަދޭޝްގެ 16 މީހަކާއި، ނޭޕާލުގެ 3 މީހެއްގެ އިތުރުން އިންޑިއާގެ 3 މީހެއް އަދި ލަންކާ މީހެއް ކަމަށެވެ.

މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 2120ށް އަރާފައެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާ ދެމުން އަންނަނީ 433 މީހުންނެވެ. މިހާތަނަށް 1677 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ހިނގަމުންދާ 24 ގަޑި އިރު ތެރޭގައި ބަލިން ރަނގަޅުވީ އިތުރު 7 މީހެކެވެ.

ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ 1048 ސާމްޕަލްގެ ނަތީޖާ ބުދަ ދުވަހު ލިބިފައިވާ ކަމަށާއި، ސާމްޕަލް ނެގުނު މީހުންނަށް އެ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި 467 މީހަކަށް ނަތީޖާ މިހާތަނަށް އަންގާފައިވާ އިރު، ގުޅުމުން ފޯނަށް ޖަވަބު ނުދީ 44 މީހަކު އެބަތިބި ކަމަށެވެ. އަދި ދީފައިވަ ނަންބަރަށް ނުގުޅޭ 2 މީހަކާއި، ފޯނު ކަނޑާލާފައިވާ 4 މީހެއް އެބަތިބި ކަމަށެވެ. މަބްރޫކް ވިދާޅުވީ ބާކީ މީހުންނަށް ގުޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަަސައްކަތް ކުރިއަށްދާ އިރު، ކޭސްތަކާއި ގުޅިގެން މިހާތަނަށް 754 ތަނެއް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހާއްސަ ސަމާލުކަމެއް ދިނުމަށް 13 މީހަކު ތިބިކަން ފާހަގަ ކުރެވޭ ކަމަށާއި، އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލު ވަރޑުގައި 4 މީހަކާއިި، އައިސީޔޫގައި 1 މީހަކު އެބަތިބި ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 8 މީހަކު އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމަތުތައް ދައްކާގޮތުން އައިސޮލޭޝަންގައި 281 މީހަކު އެބަތިއްބެވެ. އަދި ޓްރާންސިޓް ކަރަންޓީންގައި 517 މީހަކާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފަހަގަ ކުރެވުނު މީހުންގެ ތެރެއިން 318 މީހަކު ކަރަންޓީންގައި އެބަތިބި ކަމަށެވެ.

މީގެ އިތުރުން 132 މީހަކު ކަރަންޓީންގެ މުއްދަތު ހަމަވުމުން ދޫކޮށްލަފައިވާ ކަމަށެވެ. އަދި އިތުރު 172 މީހަކު ކަރަންޓީނުން ދޫކޮށްލުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު