Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން ހޯދައިފި

16 ޖޫން 2020 | އަންގާރަ 20:33

ވާޑާ ބްރޭމަން އަތުން ބަޔާން މޮޅުވީ 1-0 ން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 ޖޫން 2020 | އަންގާރަ 20:33
ވާޑާ ބްރެމެން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން

ވާޑާ ބްރެމެން އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކް ހޯދައިފިއެވެ.

ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ވާޑާ ބްރެމެން އަތުން 1-0 ން މޮޅުވެގެންނެވެ. ލީގު ޗެމްޕިއަންކަން ބަޔާނުން ކަށަވަރު ކުރިއިރު، ލީގުގައި ބާކީ އެޓީމަށް އަދި ދެ މެޗު އެބައޮތެވެ.

ލީގު ތާވަލުގެ އެއްވަނައިގައި ބަޔާން އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ. ކުޅުނު 32 މެޗުން 76 ޕޮއިންޓު ބަޔާނަށް ލިބިފައިވާއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ.

ބްރެމެންގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޖެރޯމް ބޯޓެންގެ އެހީއާއެކު ބަޔާނަށް ލީޑު ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 31 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބަޔާންގެ ޑިފެންޑަރު އެލްފޮންސޯ ޑޭވީސްއަށް ރެފްރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ދެ ރީނދޫ ކާޑު ހަމަވުމުންނެވެ.

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ބަޔާން ހޯދިއިރު، އެޓީމުން މިހާރު ވަނީ ލީގު ޗެމްޕިއަންކަން ޖުމްލަ 29 ފަހަރު ހޯދާފައެވެ. ބަޔާނަކީ ޖަރުމަން ލީގުގެ އެންމެ ކާމިޔާބު ޓީމެވެ.

މީގެ އިތުރުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށްވަނަ ފަހަރަށް ހޯދައި ބަޔާނުން ވަނީ އިޓަލީގެ ޔުވެންޓަސްއިން ގާއިމުކޮށްފައިވާ ޔޫރަޕްގެ ރެކޯޑަކާ ހަމަކޮށްފައެވެ. ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އަށް ފަަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑް އޮތީ މީގެ ކުރިން ޔުވެންޓަސް އަތުގައި އެކަންޏެވެ. ބަޔާނަކީ އެ ރެކޯޑް ގާއިމްކުރި ދެވަނަ ޓީމެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

3

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

4

ރައީސް މުއިއްޒުގެ ސިޓީފުޅާ އެކު، އިނގިރޭސިވިލާތުން ބުނީ ފޯޅަވަހީގެ މައްސަލަ އަކީ ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން ކަމަށް

5

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި

14 މާރިޗު 2017
ވިދިވިދިގެން ދެވަނަ ފަހަރަށް ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދައިފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް