Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު އަލުން ފެށުން

ސަޕޯޓަރުން ދުރުގައި ތިބުމަށް ޕްރިމިއާ ލީގުގެ ޗީފް އިލްތިމާސް ކުރައްވައިފި

ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ޖޫން 2020 | އަންގާރަ 16:13
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމް ބޭރު: ސަޕޯޓަރުން ދަނޑުތަކާ ދުރުގައި ތިބުމަށް ވަނީ އިލްތިމާސް ކޮށްފައި

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމް ބޭރު: ސަޕޯޓަރުން ދަނޑުތަކާ ދުރުގައި ތިބުމަށް ވަނީ އިލްތިމާސް ކޮށްފައި

އިނގިރޭސި ޕްރިމިއާ ލީގު އަލުން ފަށާއިރު، ސަޕޯޓަރުން ދަނޑުތަކާ ދުރުގައި ތިބުމަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް އިލްތިމާސް ކުރައްވައިފިއެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މާޗު މަހު މެދުކަނޑާލި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެރޭއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ދެ މެޗެއް ކުޅެން ތާވަލުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑެވެ. އަދި އެރޭ ކުޅޭ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.

ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅޭ ގޮތަށް ޕްރިމިއާ ލީގު އަލުން ފަށަން ނިންމި ނަމަވެސް، ދަނޑު ބޭރުގައި ސަޕޯޓަރުން އެއްވެ، އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކާ ޚިލާފުވާ ގިނަ ކަންތައްތަކެއް ހިނގައިފާނެ ކަމަށް ފެންނާތީ އިނގިރޭސިވިލާތުގެ ފުލުހުން ވަނީ ފަސް މެޗެއް "ނިއުޓްރަލް" ދަނޑެއްގައި ކުޅެން ލަފާދީފައެވެ.

އެ ފަސް މެޗަކީ އެވަޓަން އާއި ލިވަޕޫލް ކުޅޭ މެޗާއި، މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކުޅޭ މެޗާއި، މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ކުޅޭ މެޗާއި، މެންޗެސްޓާ ޔުނައިޓެޑާއި ޝެފީލްޑް ޔުނައިޓެޑް ކުޅޭ މެޗުގެ އިތުރުން ނިއުކާސަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ދާދި ފަހުން ލިވަޕޫލްގެ ސޭފްޓީ އެޑްވައިޒަރީ ގްރޫޕުންނާއި ފުލުހުން އަދި ޕްރިމިއާ ލީގުން ބޭއްވި މަޝްވަރާތަކަށް ފަހު ވަނީ ލިވަޕޫލް ޑާބީ މެޗު އެވަޓަންގެ ދަނޑުގައި ކުޅެން ނިންމާފައެވެ.

ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗަޑް މާސްޓާސް ވިދާޅުވީ ލީގު އަލުން ފަށާއިރު، ސަޕޯޓަރުން ދަނޑުތަކާ ދުރުގައި ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުވެއްޖެނަމަ، ހުރިހާ އެންމެން ނުރައްކަލުގެ ތެރެއަށް ލުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސީޒަނުގައި ދަނޑުތައް ސަޕޯޓަރުންނަށް ހުޅުވާނުލި ނަމަވެސް، އަންނަ ސީޒަނުގައި ފިޔަވަހި ތަކަކަށް ބަހާލައިގެން ނަމަވެސް ސަޕޯޓަރުން ވެއްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ޕްރިމިއާ ލީގު އަލުން ފަށާއިރު، މިހާތަނަށް ޕްރިމިއާ ލީގުން ޖުމްލަ 16 މީހަކު ވަނީ ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު