Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވިލުފުށި ޓާފް ދަނޑުގެ މަސައްކަތް

ވިލުފުށި ޓާފް ދަނޑުގެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލެވޭނެ: މަހުލޫފް

އެންމެ ފުރަތަމަ އެ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ޖޫން 2020 | އަންގާރަ 08:30
ތ. ވިލުފުށި ފުޓްބޯޅަ ދަނޑު:  ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައި

ތ. ވިލުފުށި ފުޓްބޯޅަ ދަނޑު: ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް މަހުލޫފް ވަނީ ވިދާޅުވެފައި

ތ. ވިލުފުށީގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ދެ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ވިލުފުށީ ޓާފް ދަނޑުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެ ރަށުގެ ގިނަ ޒުވާނުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެންމެ ފުރަތަމަ އެ ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ. އެމްޓީސީސީއާ މަސައްކަތް ހަވާލުކުރީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީން ހަވާލުވެ، އިތުރު ފަރާތަކަށް ސަބް ކޮންޓްރެކްޓަށް ދޫކުރެވިގެން ކުރެވުނު ވިލުފުށީގެ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެމްޓީސީސީން ވަނީ އަންގާފައެވެ.

އެކަމަކު މަސައްކަތް ކޮށްފައި ހުރިގޮތުން އެ ދަނޑާ މެދު ރަށުގެ ޒުވާނުން ހިތްހަމަނުޖެހި، ނުރުހުން ފާޅުކުރުމުން، ދާދި ފަހުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވަނީ ވިލުފުށީ ޓާފް ދަނޑުގެ ބިން އެއްވަރުކުރުމުގައި ނުނިމު ހުރި މަސައްކަތް ނިންމުމަށް އެމްޓީސީސީން އަންގާރަ ދުވަހު އެ ރަށަށް އަރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ދަނޑުގައި ޓާފް އަޅުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، އިތުރު ހުރަހެއް ދިމާނުވާނަމަ 2 މަސް ދުވަސް ތެރޭގައި ދަނުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ވިލުފުށީ ޓާފް ދަނޑުގެ އަމަލީ މަސައްކަތް ފެށިގެންދާއިރު، މީގެ ކުރިން އެރަށަށް ޓާފް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން ޅ. ހިންނަވަރުގައި އެޅުމަށް ހަމަޖެހިފައިވާ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރުމަށްވެސް ވަނީ އެހެން ބަޔަކާއި ހަވާލު ކޮށްފައެވެ. މި ދަނޑުގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ހަވާލުކޮށްފައިވަނީ އައިޑެޓިން ޕްރައިވެޓް ލިމިޓެޑާއެވެ.

މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް ހަވާލުކުރި ފުރަތަމަ ކުންފުންޏަށް އެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ، އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރުމަށްފަހު އެހެން ކުންފުންޏަކާއި އެ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ ވައުދުފުޅުތަކުގެ ތެރެއިން މިހާރުވެސް 39 ދަނޑެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ނިންމާލެވުނީ ފ. ނިލަންދޫ ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތެވެ.

ސަރުކާރުން ދަނޑުތައް އެޅުމަކީ، ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވާފައިވާ ރޭވުމަށް ލިބުނު ކުރިއެރުމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

އިސްކޯ ހޯދުމަށް ބާސާ އިން މަސައްކަތް ފަށައިފި

01 މާރިޗު 2017
މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

މަސައްކަތްކޮށްފި ނަމަ ކިތަންމެ ބޮޑު ޓީމެއްވެސް ބަލިކުރެވިދާނެކަން ސާބިތުކޮށްދެވިއްޖެ: ސޮބާ

26 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު