އެމްއެންޔޫއިން މިއަހަރުގެ ދެވަނަ ޓާމުގެ ކޯސްތައް އިއުލާން ކޮށްފި
16 ޖޫން 2020 | އަންގާރަ 07:03ފޯމު ހުށަހެޅުމުގެ ފުރުސަތު 25 ޖޫން އިން 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި


ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، އެކި ދާއިރާތަކުން ގިނަ ކޯސްތައް ހިންގަމުންދޭ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މިއަހަރުގެ ދެވަނަ ޓާމުގެ ކޯސްތައް އިއުލާން ކޮށްފިއެވެ.
އެމްއެންޔޫއިން ބުނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މިކޯސްތަކާ ބެހޭ މަޢުލޫމާތުcourses.mnu.edu.mv/އިން ލިބެން ހުންނާނެ ކަމަށާއި، ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށްmnu.edu.mv/apply/ގައިވާ ޕޯރޓަލް މެދުވެރިކޮށް ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި އިތުރު މަޢުލޫމާތު studentservices@mnu.edu.mv އަށް މެއިލް ކުރުމުން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރިސިޓީން އެކި ދާއިރާތަކުން ދަރިވަރުން ބިނާ ކުރުމަށް ގިނަ ކޯސްތައް ހިންގައެވެ. އަދި އަހަރަކު ދެފަހަރު ކޯސްތަކަށް ވަނުމަށް ފުރުސަތު ހުޅުވާލާއިރު ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ދަރިވަރުން ކޯސްތަކަށް ކުރިމަތިލައެވެ. އަދި ޔުނިވަރސިޓީގައި ސަރުކާރުން ދޭ ސްކޮލަރޝިޕްގެ ދަށުން ވެސް ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދެއެވެ.








