Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮބެން އަލުން ކުޅުމުގެ ތެރެއަށް އައުން

އެނބުރި ބަޔާނަށް ދިޔުމަކީ ނުވާނެ ކަމެއް: ރޮބެން

13 ޖޫން 2020 | ހޮނިހިރު 14:57

19 އަހަރަށް ފަހު ރޮބެން ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ޖޫން 2020 | ހޮނިހިރު 14:57
ބަޔާން މިއުނިކްގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން: 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު ވަނީ ކުޅުން ހުއްޓާލާފައި

ބަޔާން މިއުނިކްގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން: 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު ވަނީ ކުޅުން ހުއްޓާލާފައި

އަލުން އެނބުރި ބަޔާން މިއުނިކަށް ދިޔުމަކީ ނުވާނެ ކަމެއް ކަމަށް ނެދަލެންޑްސްގެ ކުރީގެ ކުޅުންތެރިޔާ އާރްޔެން ރޮބެން ބުނެފިއެވެ.

ރޮބެން ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނަށް ފަހު، ބަޔާން އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމުން ކުޅުން ހުއްޓާލާފައެވެ.

އެކަމަކު އޭޕްރީލް މަހުގެ ތެރޭގައި ދިން އިންޓަވިއުއެއްގައި ރޮބެން ބުނީ ކުޅުން ހުއްޓަލިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަލުން ކުޅުމުގެ ތެރެއަށް އަންނަން ވިސްނި ކަމަށާއި މިހާރުވެސް އެ ޚިޔާލު ގެންގުޅޭ ކަމަށެވެ. އަދި ކޮރޯނާވައިރަހުގެ ހާލަތު ރަނގަޅުވެ ފުޓްބޯޅަ އަލުން ފަށާއިރު، ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރޮބެން ވަނީ އަލުން ކުޅުމުގެ ތެރެއަށް އައި ނަމަވެސް، އެނބުރި ބަޔާނަށް ދިޔުމަކީ 100 އިންސައްތަ ނުވާނެ ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް، ބަޔާންއާ އަބަދު ވެސް ގުޅުން އޮންނާނެ ކަމަށް ރޮބެން ވަނީ ބުނެފައެވެ.

ރޮބެން، ފުޓްބޯޅަ ކެރިއަރު ފެށީ 2000 ވަނަ އަހަރު ނެދަލެންޑްސްގެ ގްރޮނިންގެން އިންނެވެ. ނެދަލެންޑްސްގެ ހުރިހާ އުމުރުފުރައެއްގެ ގައުމީ ޓީމަށް ކުޅެ ސީނިއާ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ރޮބެން ވަނީ ޗެލްސީގައި ތިން އަހަރު ހޭދަކޮށްފައެވެ. އޭގެ ފަހުން ރެއާލް މެޑްރިޑަށްވެސް ކުޅުނު ރޮބެން އެންމެ ބޮޑަށް ވިދާލީ ބަޔާން މިއުނިކުންނެވެ. އެގޮތުން 2013 ވަނަ އަހަރު ބަޔާނުން ސީޒަނުގެ ތިން ތަށި ކާމިޔާބުކުރިއިރު، ރޮބެން ވަނީ ބަޔާންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ރޮބެން ވަނީ އޭނާގެ ކްލަބު ކެރިއަރުގައި 28 ތަށި އުފުލާލާފައެވެ. ނެދަލެންޑްސް ގައުމީ ޓީމަށް 2003ން 2017ށް ކުޅެދިން ރޮބެން ވަނީ އެ ޓީމަށް 96 މެޗުން 37 ލަނޑު ޖަހާދީފައެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް

28 ޖެނުއަރީ 2017
ދިގު މުއްދަތަކަށްފަހު ފެސްކޯ އެނބުރި ވެލެންސިއާ އަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް