Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ލޯބި ހުށަހެޅުމުން ރުޅިއައިސްގެން ސްރީދޭވީ 8 މަސް ވަންދެން ބޮނީ ކަޕޫރާއި ވާހަކަނުދައްކާހުރި

13 ޖޫން 2020 | ހޮނިހިރު 17:36

ސްރީއަށް ލޯބި ހުށަހެޅިއިރު ބޮނީ އަކީ މީހެއްގެ ފިރިއެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 13 ޖޫން 2020 | ހޮނިހިރު 17:36
ބޮނީ ކަޕޫރާއި ސްރީދޭވީ

ބޮނީ ކަޕޫރާއި ސްރީދޭވީ

ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަރސްޓަރ ސްރީދޭވީއާއި ފިލްމް ޕްރޮޑިއުސަރ ބޮނީ ކަޕޫރުގެ ލޯބީގެ ވާހަކައަކީ ފިލްމެއްގެ ވާހަކައަކަށް ވުރެ ފޭނުން މާޝައުގުވެރިވެގެންދިޔަ ވާހަކައެކެވެ.

2018 ވަނަ އަހަރު ކުއްލި ގޮތަކަށް ސްރީދޭވީ މަރުވި ނަމަވެސް އޭނާގެ ހަނދާންތައް ބޮނީ ދަނީ އަދިވެސް ހިތާމައާއިއެކު ފާހަގަ ކުރަމުންނެވެ. މި ޖޯޑުގެ ލޯބީގެ ވާހަކައިގެ ތެރެއިން އެއްވެސް މީހަކަށް ނޭނގޭ ވާހަކަތަކެއް ބޮނީ ވަނީ ދާދި ފަހުން ހިއްސާކޮށްފައެވެ.

ސްރީދޭވީ ކުޅެފައިވާ މަޝްހޫރު ފިލްމް "މިސްޓަރ އިންޑިއާ"ގެ ޕްރޮޑިއުސަރ ބޮނީ ސްރީދޭވީއަށް ލޯބި ހުށަހެޅުމުން އެކަމާއި ރުޅިގަދަވެ އޭނާއާއި ވާހަކަ ނުދައްކާހުރި ވާހަކަ ބޮނީ ވަނީ ދާދިފަހުން ކިޔައިދީފައެވެ. ބޮނީއަށް ސްރީދޭވީ ދެކެ ލޯބި ވެވުނުއިރު ބޮނީއަކީ އެހެން މީހަކާއި ކައިވެނިކޮށްގެން ހުރި ދެކުދިންގެ ބައްޕައެކެވެ.

ބޮނީ ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އޭނާ ސްރީދޭވީ ދެކެ ވަރަށް ކުރިން ފެށިގެން ވެސް ލޯބިވާ ކަމަށާއި، ނަމަވެސް އެއީ "ވަން-ސައިޑެޑް" ލޯތްބެއް ކަމަށެވެ.

ބޮނީ ބުނެފައިވަނީ އޭނާގެ ރަހުމަތްތެރިންނާއިއެކު ސްރީދޭވީއާއި ސްރީދޭވީގެ މަންމައަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިން ކަމަށާއި ނަމަވެސް ސްރީދޭވީގެ މަންމަ ކުއްލިގޮތަކަށް ބަލިވުމުގެ ސަބަބުން ކެއުމަށް ދިޔައީ ސްރީދޭވީ އެކަނި ކަމަށެވެ. އަދި ކެއުން ނިމުމުން ސްރީދޭވީ ގެއަށް ލާން ދިޔަ މަގުމަތީގައި އޭނާއަށް ޕްރޮޕޯސް ކުރި ކަމަށް ބޮނީ ވަނީ ބުނެފައެވެ.

ޖަވާބުގައި ސްރީދޭވީ ވަނީ އެގޮތަށް ވާހަކަތައް ނުދެއްކުމަށް ބޮނީގެ ކިބައިން އެދިފައެވެ. އަދި އޭގެ ފަހުން އަށް މަސް ވަންދެން ބޮނީ އާ ވާހަކަ ނުދައްކާ ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ފަހުން ސްރީދޭވީ ވަނީ ބޮނީއާއި ރައްޓެހިވެ އެ ދެމީހުން ކައިވެނިކޮށް ސްރީގެ މަރުދުވަހާއި ހަމައަށް ބޮނީއާއެކު އުޅެފައެވެ. އަދި އެދެމީހުންނަށް ވަނީ ދެކުދިން ވެސް ލިބިފައެވެ.

ސްރީދޭވީ މަރުވެފައިވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ދުބާއީގައެވެ. ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ބާތް ޓަބް ތެރޭގައި ގެނބިގެން މަރުވެފައި އޮއްވާ ފެނުން ވެގެން ގޮސްފައިވަނީ ފިލްމް އިންޑަސްޓްރީއާއި މުޅި ދުނިޔެއަށް ލިބިގެންދިޔަ ކުއްލި ހައިރާން ކަމަކަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
23 ފެބުރުއަރީ 2017

"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި

23 ފެބުރުއަރީ 2017
"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި
22 ފެބުރުއަރީ 2017

ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި

22 ފެބުރުއަރީ 2017
ކުޑައިއްބެގެ "ލޯބިވާކަން ލަވައަކުން ބުނެލާ" ދެ ދުވަސް ތެރޭ 25،000 އަށް ވުރެ ގިނަ މީހުން ބަލައިފި
15 ފެބުރުއަރީ 2017

ލޯބިވާކަން ލަވައަކުން ބުނެލާ!

15 ފެބުރުއަރީ 2017
ލޯބިވާކަން ލަވައަކުން ބުނެލާ!
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
26 ޖެނުއަރީ 2017

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް

26 ޖެނުއަރީ 2017
ދުންފަތުގެ އިސްތިޢުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ސީންތަކެއް ނުދެއްކޭނެ: ސެންސަރު ބޯޑް
16 ޖެނުއަރީ 2017

ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ

16 ޖެނުއަރީ 2017
ވިހެއިތާ އެއް މަސް ނުވޭ، އަނެއްކާވެސް އެނބުރި މަސައްކަތަށް ރުޖޫޢަ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް